ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ވާދަކުރި އިނގުރައިދޫގެ ޓީމު
ކުޅިވަރު
26 Mar 2023 | 15:56
އިނގުރައިދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާ މިރޭ ފަށަނީ!

އިނގުރައިދޫ ކައުންސިލުން އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކައުންސިލް ފުޓްސަލް ފިއެސްޓާ 2023 މިރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ. 

މި މުބާރާތުގައި ބައިވެރިވި 8 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާރިޗު 26 ން 31 ގެ ނިޔަލަށެވެ. ކޮންމެ ރެއަކުވެސް މުބާރާތުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވާއިރު މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ދެ ގުރޫޕުން ވެސް އެއްވަނަ އަދި ދެވަނައަށް ދާ ދެ ޓީމެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރިލް މަހުގެ އެއްވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު އޮންނާނީ އެޕްރިލް މަހުގެ ތިންވަނަ ދުވަހުގެ ރޭ 21:30 ގައެވެ.

އިނގުރައިދޫ އަކީ މިވަގުތު ރާއްޖޭގައި ފުޓްސަލް އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ރަށެވެ. މިގޮތުން ނިމިގެންދިޔަ ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި އެޓީމުން ހޯދި ކާމިޔާބީ ފާހަގަކޮށްލަންޖެހެއެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް ޗެލެންޖްގައި މި އަހަރު އިނގުރައިދޫ އިން ވަނީ ރ. އަތޮޅު ޗެމްޕިއަން ހޯދުމުގެ އިތުރުން ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި އެޓީމުން ވަނީ ފުރަތަމަ ފަހަރަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދާފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އިނގުރައިދޫ ޓީމުގައި ކުޅުނު ހުރިހާ ކުޅުންތެރިން މިއަހަރުގެ ކައުންސިލް މުބާރާތުގައި ފެނިގެންދާނެކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ވޮއިސް އެމްވީ އަށް ވަނީ މައުލޫމާތު ދީފައެވެ.

މީގެއިތުރުން މުބާރާތުގެ ހުރިހާ މެޗެއް އިނގުރައިދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. 

މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް

ހަލަފް އެފްސީ

ޕްރޯ ފުޓްސަލް ކުލަބް

ސްޓްރީޓް ބްރަދާސް

ލަނޑާ

އެފްސީ ހެސަވާދަ

ޔޯ ބުރު އެފްސީ

ދަ ސްކޯޕިއަން

އެފްސީ ބްރަދާސް

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.