އިވަހަންދޫ ދާއިރާގެ މެމްބަރު ޝިފާއު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
26 Mar 2023 | 21:04
ރައީސުލްޖުމްޙޫރިއްޔާގެ ސިޔާސަތު ކަމުނުދާ ބަޔަކަށް އެ ސިޔާސަތެއް ނުހިންގޭނެ: ޝިފާއު

ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސިޔާސަތު ކަމުނުދާ ބޭފުޅުން މަގާމުތަކުގައި ތިއްބަވައިގެން އެ ސިޔާސަތުތައް ތަންފީޒު ނުކުރެއްވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ. 

ޝިފާޢު މިފަދައިން ވިދާޅުވެފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމްގައި ހުންނެވި ހުސައިން އަމްރު ރަޝާދު މަގާމުން ވަކިކުރުމަށް ސަރުކާރުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ) އަށް ފޮނުވުމާއި ގުޅިގެން ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތައް ދިފާއުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

އަމްރު މަޤާމުން ވަކިކުރަން ނިންމީ ރައީސް މުހަައްމަދު ނަޝީދަށް ތާއީދުކުރައްވާތީކަމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. އަދި އެއީ ވަޒީފާގެ ބިރު ދެއްކުމުގެ ގޮތުގައި އެ ފަރާތްތައް ސިފަކުރައްވައެވެ. 

އެހެން ނަމަވެސް ޝިފާއު ވިދާޅުވީ އަމްރު އެ މަޤާމުން ވަކިކުރަން ނިންމީ ރައީސުލްޖުމްޙޫރިއްޔާގެ ސިޔާސަތުތައް ޤަބޫލުފުޅު ނުކުރައްވާ ބޭފުޅަކަށް ވުމުން ކަމަށެވެ. އެމަނިކުފާނުގެ ސިޔާސަތުތައް ޤަބޫލުނުކުރައްވާ ބޭފުޅަކަށް އެ ސިޔާސަތުތައް ތަންފީޒު ނުކުރެވޭނެ ކަމަށާއި، އެކަމުގެ ސަބަބުން ގެއްލުން ލިބިގެންދާނީ ރައްޔިތުންނަށްކަމަށް ޝިފާޢު ވިދާޅުވި އެވެ. 

"ރައީސުލްޖުމްޙޫރިއްޔާގެ ސިޔާސަތު ކަމުނުދާ ބަޔަކު ރައީސުލްޖުމްޙޫރިއްޔާގެ ސިޔާސަތު ހިންގަން ބައިތިއްބައިގެން އެ ސިޔާސަތު ހިންގޭނެ ގޮތެއް ވިދާޅުވެދެއްވަ ބައްލަވާ"

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު

އަމްރުއަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ގޮފި އުފައްދާ ފުޅާކުރުމުގައި އިސް ރޯލެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 

ނަޝީދުގެ ފިކުރެއްގެ ދިރުމުގެ މެމްބަރުން ގެންދަވަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް، ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްވެސް ކުރައްވަމުންނެވެ. 

އަމްރު މަޤާމުން ވަކިކުރުމަށް ނިންމާފައިވާއިރު، ޢަމްރު ބައިވެރިވެވަޑައިގަންނަވަން އޮތް ޕީއެސްއެމްގެ ޕްރޮގްރާމުވެސް ވަނީ ފަހު ވަގުތު ކެންސަލްކުރައްވާފަ އެވެ.

ނަޝީދުގެ ފިކުރެއްގެ ދިރުމުގެ އިސް ބޭފުޅެއްކަމަށްވާ އަލީ އާޒިމް ވަނީ އެ ޕްރޮގްރާމު ހުއްޓުވީ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި ޕްރޮގްރާމު ހުއްޓުވުމަށްޓަކައި މިއުވާން ޕީއެސްއެމަށް ވަޑައިގެންނިކަމަށްވެސް އާޒިމް ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.