ނެޝަނަލް މެންޓަލް ހެލްތު ސެންޓަރު ހުޅުވާދެއްވުން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 Mar 2023 | 08:51
ނެޝަނަލް މެންޓަލް ހެލްތު ސެންޓަރުން 4 އަހަރު ތެރޭ 30000 މީހުންނަށް ފަރުވާދިފި

އައި.ޖީ.އެމް.އެޗްގައި ޤާއިމްކުރެވިފައިވާ ނެޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތު (މެންޓަލް ހެލްތު ސެންޓަރުން) 2019 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ފެބުރުއަރީމަހުގެ ނިޔަލަށް 30000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެވިފައިވާކަމަށް އެ ސެންޓަރުން ހާމަކޮށްފިއެވެ. 

ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތް، އައި.ޖީ.އެމް.އެޗް އަށް 4 އަހަރު ފުރުންު ފާހަގަ ކުރާއިރު ބަލިމީހުންނާއި އާއިލާތަކަށް ޓާރޝަރީ ފެންވަރެއްގައި ދަނީ ހިދުމަތް ދެވެމުންނެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި އެން.ސީ.އެމް.އެޗް އިން ވަރަށް ގިނަ އަދަދެއްގެ ފަރާތްތަކަށް އެވިޑެންސް ބޭސްޑް ކޮލިޓީ ކެއަރ އާއި މަލްޓިޑިސިޕްލިނަރީ ސާރވިސްތައް ފޯރު ކޮށްދެވިފައިވެއެވެ.

25 މާރިޗް 2019 ވަނަ ދުވަހު ހުޅުވުނު މި ސެންޓަރަކީ ޓާރޝަރީ ފެންވަރުގައި ވަށާޖެހޭ ހިދުމަތްތައް ފޯރުކޮށްދެވޭ ނަފްސާނީ ބަލިތަކުގެ ފަރުވާއަށް ހާއްސަ ކުރެވިގެން ރާއްޖޭގައި ހުޅުވުނު ހަމައެކަނި ސެންޓަރެވެ.

މަދު އަދަދެއްގެ ސިއްހީ މާހިރުންނާއިއެކު ފެށި އެ ސެންޓަރުގައި އައި.ޖީ.އެމް.އެޗް އަށް ވަޑައިގަންނަވާ ބަލި މީހުންގެ އިތުރަށް ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުންނާއި އަތޮޅު ހޮސްޕިޓަލްތަކުން ރިފަރ ކުރާ ކޭސްތައްވެސް ބައްލަވަމުންދެއެވެ.

އެން.ސީ.އެމް.އެޗް އިން ފުރަތަމަ އަހަރު (2019) ގައި މުޅި ޖުމްލަ 7246 ކޮންސަލްޓޭޝަން ކުރިއަށް ދިއައެވެ. ފާއިތުވި 3 އަހަރު ޓީމް އިތުރަށް ވަރުގަދަވެ އިތުރު ޑިމާންޑާއި އެއްވަރަށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން އަހަރަކު ގާތްގަނޑަކަށް 86117 ކޮންސަލްޓޭޝަން ކުރިއަށްދާކަން ފާހަގަކުރަމެވެ. 2019 ވަނަ އަހަރުން ފެށިގެން މިހިނގާ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް މުޅިޖުމްލަ 38963 ކޮންސަލްޓޭޝަން ކުރެވިފައިވާކަން ފާހަގަކުރަމެވެ. 

މެންޓަލް ހެލްތު ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑް-19 އާއި ގުޅިގެން ނަފްސާނީ ބަލީގެ ހާލަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ވަނީ ދެނެގަނެވިފައެވެ. އަދި އެ އައި ބަދަލުތަކާއެކު ހިދުމަތްހޯއްދަވާ ފަރާތްތައް އިތުރުވުމާއި ގުޅިގެން ސެންޓަރުގެ ހިންގުމާއި ހިދުމަތްތަކަށްވެސް ބަދަލުތަކެއް ގެނެވުނެވެ.

އެގޮތުން ޓެލެ-މެންޓަލް ސާރވިސަސް ގާއިމުކުރުން، ޓްރައޭޖް އަދި ސްކްރީން ކުރާނެ މަރުހަލާ ތަކެއް ކަނޑައެޅުން، ފަންނީ މުވައްޒަފުން އިތުރުކުރުން އަދި ޓްރެއިނިންގ ތަކާއި ކްލިނިކަލް ސުޕަވިޒަން ކުރުން ފަދަ ކަންކަމުން އެ ސެންޓަރުން ދެވޭ ހިދުމަތްތައް އިތުރަށް ފުޅާވެގެންދިޔައެވެ.

އެކަމުގެ ސަބަބުން ނަފްސާނީ ބަލިމީހުންނަށް ހިދުމަތްނުލިބި ކިއުގައި މަޑުކުރަން ޖެހޭ މުއްދަތު ކުޑަވެގެން ދެއެވެ. 2021 ވަނަ އަހަރު 16-18 މަހާއި ދެމެދުގެ މުއްދަތަކަށް ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް މަޑުކުރަން ޖެހުނު ނަމަވެސް މިހާރު އެ މުއްދަތު 3-2 މަހަށް ކުޑަކުރެވިފައިވާކަން އެ ސެންޓަރުން ވަނީ ފާހަގަކޮށްފަ އެވެ. 

އޭގެ އިތުރުން އެންޒައިޓީ އަދި ޑިޕްރެޝަން ހުންނަ ބަލިމީހުންނަށް ގްރޫޕް ތެރަޕީ ފޯރުކޮށްދިނުމާއި، ނަފްސާނީ ބަލި ތަހައްމަލުކުރާ ފަރާތްތަކުގެ އާއިލާތަކަށް އަމާޒުކޮށްގެން ހިނގާ ކެއާރާ ސަޕޯޓް ގުރޫޕް ، އެޗް.ޕީ.އެސް.އެން އަށް ޒިޔާރަތްކޮށްގެން ހިނގާ އައުޓް ރީޗް ޕްރޮގްރާމް، އަދި ކަމާގުޅުންހުރި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކަށް ޓްރެއިނިން ދިނުން ފަދަ ކަންކަމީ އެ ސެންޓަރުން އިސްކަން ދީގެން ކުރަމުން އަންނަކަންކަމެވެ.

ނަފްސާނީ ދުޅަހެޔޮކަން ތަރައްގީކުރުމުގެ މަސައްކަތް ކުރާތާ 4 އަހަރުވުން ފާހަގަކުރަމުން އެ ސެންޓަރުން ބުނީ ނަފްސާނީ ބަލި ތަހައްމަލުކުރާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން، އެން.ސީ.އެމް.އެޗް ގެ އިތުރުން ނަފްސާނީ ހިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތައް ސަރަހައްދީ ފެންވަރުގައި ގގާއިމުކޮށް، ޕްރްއިމެރީ ހެލްތް ކެއާގެ ހިދުމަތްތަކުގެ ތެރޭގައި ނަފްސާނީ ހިދުމަތްތައް އެކުލަވާލުމަކީ ޚާއްސަ އަހަންމިއްޔަތުތަމެއް ދީގެން ކުރުން މުހިންމު ކަމެއް ކަމަށެވެ. 

ކޮމެންޓް
ގައުމުދެކެ ލޯބިވާ
ސިޔާސީ ލީޑަރުނަނަށް ރައްޔިތުންނަށް އޮޅުވާލެވޭލެއް މަދީ ތިހާވަރަށް ބަލިމީހުން ގިނަވާނީ
28 Mar 2023
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.