މާލެ ސިޓީ ކައުންސިލް ޑިޖިޓަލް ކުރުމުގެ މަސައްކަތުގެ ތެރެއިން އުފެއްދި "މާވެހި" ޕޯޓަލް.
ހަބަރު
30 Mar 2023 | 20:52
މާލެ ސިޓީ ކައުންސިލްގެ "ޑިޖިޓަލް މާލެ" މަޝްރޫޢުގެ ބޮޑުބައެއް ނިންމާލައިފި

މާލެ ސިޓީގެ ހުރިހާ މަސައްކަތެއް އެއް ޕްލެޓްފޯމަކުން ފަސޭހައިން ހޯދާލެވޭގޮތަށް މުޅި މާލެ ސިޓީގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ގޭގައި ތިބެގެން ޚިދުމަތްތައް ހޯދުމަށް މަގު ފަހިކޮށްދިނުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ފަށާފައިވާ "ޑިޖިޓަލް މާލެ" މަޝްރޫޢުގެ ބޮޑުބައެއް ނިންމާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީ ކައުންސިލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން ޑޮކިއުމެންޓްތައް ސްކޭން ކުރުމުގެ މަސައްކަތުގެ ވަރަށް ބޮޑު ބައެއް މިހާރު ނިންމާލެވިފައިވާ ކަމަށެވެ.

އެގޮތުން "ޑިޖިޓަލް މާލެ" ޝިއާރުގެ ދަށުން ވައިޓަލް ރަޖިސްޓްރޭޝަން ޑިޕާޓްމެންޓް، ލޭންޑް ޑިޕާޓްމެންޓް، ޕްރޮކިއުމެންޓް ޑިޕާޓްމެންޓް އަދި ހިއުމަން ރިސޯސް ( އެޗްއާރް ) ޑިޕާޓްމެންޓު އަދި އާންމު ޚިދުމަތާއި ބެހޭ ޑިޕާޓްމެންޓުން ސްކޭން ކުރުމުގެ ބޮޑު ބައެއް ނިންމާލާފައިވާ ކަން އެ ކައުންސިލުން ފާހަގަކުރެއެވެ.

އޭގެ ތެރެއިން ވައިޓަލް ރެޖިސްޓްރޭޝަނުން ވަނީ 2 ވައްތަރެއްގެ ޑޮކިއުމެންޓެއް ސްކޭންކޮށްފައިވާ ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ. އެއީ މާލޭގެ ރަށްވެއްސަކަށް ވުމުގެ ސެޓްފިކެޓާއި އަލަށް އުފަންވާ ކުދިންގެ ނަން ރަޖިސްޓްރީއެވެ. އެގޮތުން މާލޭގެ ރަށްވެއްސަކަށް ވުމުގެ ސެޓްފިކެޓް ވަނީ 2016 އިން ފެށިގެން 2022 ވަނަ އަހަރާއި ހަމައަށް އެއްކޮށް ނިންމާލާފައިވާއިރު 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަލަށް އުފަންވާ ކުދިންގެ ނަން ރަޖިސްޓްރީ ކުރި ހުރިހާ ލިޔެކިއުމެއްވެސް ސްކޭންކޮށް ނިމިފައިވާ ކަމަށް މާލެސިޓީ ކައުންސިލުން ބުނެއެވެ.

"މާވެހި" ޕޯޓަލް.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލުން ބުނީ، ލޭންޑް ޑިޕާޓްމެންޓުން 3 ވައްތަރެއްގެ ލިޔެކިއުންތަކެއް ސްކޭންކޮށްފައިވާ ކަމަށެވެ. އެގޮތުން ވަކިކަމަކަށް އިމާރާތް ބޭނުން ކުރުމުގެ ހުއްދަ 2016 އިން ފެށިގެން 2022 ހަމައަށް ސްކޭންކޮށް ނިންމާފައިވާއިރު، 2019 ވަނަ އަހަރުގެ ވެހިކަލް ގަރާޖް ރަޖިސްޓްރޭޝަން އެއްކޮށް އަދި މާލެ ސިޓީގައި އިމާރާތް ކުރުމުގެ ހުއްދަވެސް ސްކޭންކޮށް ނިންމާފައިވާ ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ.

އާންމު ޚިދުމަތާއި ބެހޭ ޑިޕާޓްމެންޓުން 4 ވައްތަރެއްގެ ލިޔެކިއުމެއް ސްކޭންކޮށް ނިންމާފައިވާއިރު އޭގެ ތެރެއިން 2016 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް މަގުމަތީގައި މަސައްކަތް ކުރުމުގެ ހުއްދައާއި ބޯޑު ދޫކުރި ކަމުގެ ލިޔުންތައް އެއްކޮށް ސްކޭންކޮށް ނިންމާފައިވާއިރު ހަމަ އެ މުއްދަތުގައި ބިލް ކުރާ ގޮތައް ދޫކުރާ ފޯމްތަކުގެ 95 އިންސައްތަ ސްކޭންކޮށް ނިންމާލެވިފައިވާ ކަން މާލެ ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން، އެ ޑިޕާޓްމެންޓުން 2016 ވަނަ އަހަރުން 2023 ވަނަ އަހަރަށް މަގުމަތީގައި މަސައްކަތް ކުރުމުގެ ފައިސާގެ ރަސީދުގެ %70 އަދި ބިތްގަނޑު ފޯމުގެ 80 ސްކޭންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

މާލެސިޓީ ކައުންސިލް ޑިޖިޓަލް ކުރުމުގެ މަސައްކަތުގެ ތެރެއިން އުފެއްދި "މާވެހި" ޕޯޓަލް މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވުން.

މީގެ އިތުރުން، ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ ލިޔެކިޔުންތަކުގެ %85 އަދި އެޗްއާރް ޑިޕާޓްމެންޓްގެ ހުރިހާ ލިޔެކިޔުންތައް ސްކޭންކޮށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. 

"ޑިޖިޓަލް މާލެ" ޝިއާރުގެ ދަށުން މިހާތަނަށް 82900 ލިޔެކުން ސްކޭން ކުރެވިފައިވާ އިރު އެއީ 981000 ސަފްހާ ކަންވެސް އެ ކައުންސިލުން ފާހަގަކޮށްފައިވެއެވެ. 

"ޑިޖިޓަލް މާލެ" މަޝްރޫޢުއަކީ މާލެސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އެކުލަވާލި ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއް އަމާޒެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.