މާލޭ ސިޓީގެ މޭޔަރު ޑރ މުއިއްޒު/ ފޮޓޯ: ސިޓީ ކައުންސިލް
ހަބަރު
01 Apr 2023 | 11:26
މާލޭ ފެންބޮޑުވިއިރު ފެން ހިންދާ ޕަންޕުތައް ހުރީ އޮން ނުކޮށް: ޑރ މުއިއްޒު

މިއަދު ހެނދުނު ވެހުނު ވިއްސާރައިގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާއިރު، މަގުތަކުގައި ފެން ހިންދާ ޕަންޕުތައް ހުރީ އޮން ނުކޮށްކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ހެނދުނު 6:30 ހާއިރު މާލެއަށް ގުގުރުމާއެކު ބޯކޮށް ވާރެވެހުމުގެ ސަަބަބުން މާފަންނާއި ހެންވޭރުގެ ބައެއް ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އަދި މަގުމަތީގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށްވެސް ވަނީ ފެން ވަދެފައެވެ. މީގެއިތުރުން ބައެއް ސަރަހައްދުތަކުގައި ވެހިކަލްތައް ދުއްވުމަށް ދަތިވާވަރަށް ވަނީ ފެންބޮޑުވެފައެވެ.

އެކަމާއި ގުޅޭގޮތުން މާލޭ ސީޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގައި ފެން ބޮޑުވިއިރު ސްޓޯމް ވޯޓާ ސިސްޓަމް ބަލަހައްޓާ ފަރާތްތަކުން ހުރީ ޕަންޕުތަކުގެ ސްވިޗް އޮން ނުކޮށް ކަމަށެވެ. އަދި ފެން ބޮޑުވެގެން ދިޔައިރު ޕަންޕުތައް ނުޖައްސާ ގިނަ އިރުވެެގެން ދިއުމަކީ ވަރަށް ދެރަކަމެއްކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. 

މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައި

"ސްޓޯމް ވޯޓާ ސިސްޓަމް ބަލަހައްޓާ ފަރާތްތަކުން ޕަންޕުތައް ސްވިޗް އޮން ނުކޮށް ގިނައިރުތަކެއް ވެގެން ދިއުމަކީ ދެރަކަމެއް. އަދި ކިރިއާ ޕަންޕުތައް ޖެއްސުނީ"

މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު 

ޑރ މުއިއްޒު އިތުރަށް ވިދާޅުވީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް މާލޭ ސިޓީ ކައުންސިލުން ފެށި މަޝްރޫއުވެސް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަގުތައް ވެސް ނުހެދި ހުރިކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. 

މާލޭ ސިޓީ ކައުންސިލުން އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ޕްލޭނިން މިނިސްޓްރީ މެދުވެރިވެގެން އެ މަސައްކަތް ވަނީ އާރުޑީސީއާއި ހަވާލުކޮށްފައެވެ. ސިޓީ ކައުންސުލުން ޕްލޭނުކޮށްފައި އޮތީ އަމީނީ މަގުގެ އިތުރުން މާލޭގެ ގިނަ މަގުތަކެއް އެ މަޝްރޫއުގެ ތެރެއިން މަރާމާތުކުރުމަށްވެ. 

އެހެންކަމުން ސިޓީ ކައުންސިލުން އެ މަސައްކަތް ކުރާ އަގުގެ ތިން ގުނަ އަގު ބޮޑުކޮށް އާރުޑީސީއާއި އަމީނީ މަގުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އަދި މިހާތަނަށް ނިންމާލެވިފައިވަނީ އެންމެ ސެގްމަންޓެއްކަން ފާހަގަކޮށްލެވެ އެވެ. 

ކޮމެންޓް
އިއްބެ
ތިޔައިންއެނގެނީކަންކަންނުކުރެވޭކަންއޮޓޯއެއްޗަކައްނުވާނަމައެޕަންޕުޖައްސަންނޭގޭވަރުމީޙުނައްވެރިކަންކުރެވޭނީތިޔަހެން
01 Apr 2023
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ