ރައީސް ސޯލިހު މިއަދު އާ ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރައްވަނީ - ފޮޓޯ: އަދަދު
ހަބަރު
01 Apr 2023 | 13:06
ކޯލިޝަން ޑީލު ހަދާއިރު ބަލަނީ ޕާޓީއަށް އޮތް ޕަސެންޓު، ރައްޔިތަކަށް ނުބަލާ: މުޙައްމަދު އިސްމާއިލް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ގިނަ ސިޔާސީ ޕާޓީތައް ކޯލިޝަން ހަދަނީ އެމީހުންނަށް ސަރުކާރުން ލިބެން އޮތް ޕަސެންޓުގެ ކުޑަ ބޮޑުމިނަށް ބަލާފައި ކަމަށާއި، އެއިން އެއްވެސް ލީޑަރަކު ރައްޔިތަކާއި ދޭތެރޭ ނުވިސްނަވާކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

މުޙައްމަދު އިސްމާއިލް މިފަދައިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް ނިކުންނަ ފަރާތްތައް ކޯލިޝަން ހެދުމަށް އެކި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާތައް ކުރަމުންދާ ދަނޑިވަޅުގައި ކުރެއްވި ޓްވީޓެއްގައެވެ. 

އެގޮތުން މުޙައްމަދު އިސްމާއިލް ވިދާޅުވީ ރިޔާސީ ރޭހަށް ނިކުމެވަޑައިގެން ތިއްބެވި ގިނަ ސިޔާސީ ފަރާތްތައް ބައްލަވަނީ ކޯލިޝަން ހަދައިގެން އެމީހުންނަށް ސަރުކާރުން ލިބެން އޮތީ ކިތައް އިންސައްތަ ތޯ ނުވަތަ ކިތައް މަގާމުތޯ ކަމަށެވެ. ކޯލިޝަން ހަދަނީ ސަރުކާރުން އެންމެ ބޮޑު ޕަސެންޓެއް ދޭނެކަމަށް ބުނާ ފަރާތަކާއި އެކުގައިކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޑީލް ހެދުމުގައި ދީނީ މީހެއް ސިޔާސީ މީހެއް ތަފާތު ނުވާކަމަށް އޭނާ ވިދާޅުވި އެވެ. 

މިއިން އެއްވެސް ސިޔާސީ ފަރާތެއް ރައްޔިތަކަށް އޮތީ ކޮން އެއްޗެއްތޯ ނުބައްލަވާ ކަމަށާއިި އެފަދަ ސިޔާސީ ލީޑަރުންގެ ފަރާތުން ޤައުމާއި ރައްޔިތުންނަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެކަމަށް މުޙައްމަދު އިސްމާއިލް ވިދާޅުވި އެވެ. 

އޭނާގެ އެ ޓްވީޓުގައި ވަނީ 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް އެމްޑީޕީއާއެކު ކޯލިޝަން ހެދި ހުރިހާ ސިޔާސީ ލީޑަރުންނާއި އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ހޯދާދިނުމަށް ކޯލިޝަން ހެއްދެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.

ޕީޕީއެމް ޕީއެންސީ ނޫން އެހެން ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެ ފޮޓޯގައި ތިއްބެވިކަން ފާހަގަކޮށްލެވެ އެވެ. 

އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުޙައްމަދު އިސްމާއިލް 

"މި މީހުންގެ (2018 ވަރަ އަހަރު ހެދި ކޯލިޝަންގެ ލީޑަރުންގެ) ފަރާތުން ގައުމަށް ރައްޔިތަކަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތެވެ. ސިޔާސީ މީހުން ބަލަނީ %10 ނޫނީ %30 ދޭނެ މީހަކަށް ހަށި ވިއްކާލާށެވެ. ދީނީ މީހެއް ސިޔާސީ މީހެއް މިއަދަކު ނެތެވެ"

އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުޙައްމަދު އިސްމާއިލް 

މުޙައްމަދު އިސްމާއިލްގެ އެ ޓްވީޓާއި ގުޅޭގޮތުން "ވޮއިސް" އަށް އިތުރަށް ވިދާޅުވީ މިއަދު ބައެއް ސިޔާސީ ލީޑަރުންނާއި ޕާޓީތައް ސަރުކާރާއި ފެޔަށް ޖެހުނީ އިޚްލާސްތެރިކަމެއް އޮވެގެން ނޫން ކަމަށެވެ. 

އެގޮތުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަކީ ސަރުކާރުން މިހާތަނަށް ހިންގި ހުރިހާ ޖަރީމާއެއްގެ ހިއްސާދާރުންކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިޚާބު ބޯމަތިވުމުން ސަރުކާރުން ނިކުންނަން މަސައްކަތް ކުރި ނަމަވެސް ސަރުކާރުން ހިންގި ޖަރީމާތަކުގެ ޒިންމާ އެ ބޭފުޅުންވެސް ނަންގަވަން ޖެހޭނެކަމަށް މުޙައްމަދު އިސްމާއިލް ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ ރައްޔިތުންނާއި މި ޤައުމުގެ ހައްޤުގައި ކެނޑިނޭޅި މަސައްކަތްޕުޅު ކުރެއްވި ހަމައެކަނި ސިޔާސީ ލީޑަރަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށެވެ.

އެމަނިކުފާނަށް ނުހައްގުން ޖަލުގައި އަނިޔާދެމުންދާއިރު ވެސް ކެތްތެރިކަމާއެކު ހުންނެވީ ރައްޔިތުންގެ ހައްގުގައި ކަމަށާއި އެކަން މިއަދު ރައްޔިތުން ބަލައިގަންނަކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.