ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ގުދަނެއް ހުސްކުރަނީ/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
01 Apr 2023 | 23:01
ހުސްކުރީ ކައުންސިލްގެ ބިމުގައި ހަދާފައިވާ ވެރިއަކު ނެތް ގުދަނެއް: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ރޭ ހުސްކުރަން ފެށީ ޔޫތު މިނިސްޓްރީގެ ގުދަނެއް ނޫން ކަމަށާއި، އެއީ މާލޭ ސިޓީގެ ބިމެއްގައި ހަދާފައިވާ ވެރިފަރާތާއި ބެހޭ އެއްވެސް މައުލޫމާތެއް ސިޓީ ކައުންސިލާއި ހިއްސާކޮށްފައި ނުވާ ގުދަނެއްކަމަށް އެ ކައުންސިލުން ހާމަކޮށްފި އެވެ. 

އެކަން ސިޓީ ކައުންސިލުން ހާމަކޮށްފައިވަނީ މާލޭގެ 353 ނަންބަރު ކޮށީގެ ދެކުނުފަރާތު ކުރީގެ ރުމާލު ޖަގަހަ އާއި ޓޯޔާޑު އާއި ދެމެދު ހަދާފައިވާ ގުދަން ހުސްކުރުމާ ގުޅޭގޮތުން ކަންހިންގާފައިވާގޮތް ވާހަކަތައް ދެކެވެމުންދާކަން ފާހަގަކޮށް، އެކަން ސާފުކޮށްދިނުމަށް ނެރުނު ނޫސް ބަޔާނެއްގަ އެވެ. 

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިންތަކަކީ މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިމަކަށްވެފައި އެ ބިމުގެ ދެކުނަށް ހުރި ކުރީގެ ރުމާލު ޖަގަހަ އާއި ޓޯޔާޑާ ދެމެދު ހަދާފައިވާ ގުދަނަކީ ވެސް މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ހަދާފައިވާ ބިމެއްގައި ހަދާފައިވާ ގުދަނެއް ކަމަށެވެ. އަދި އެގުދަން ހަދާފައިވަނީ މާލޭ ސިޓީ ކައުންސިލުން ހުއްދަ ދީގެން ނޫން ކަމަށެވެ.

އަދި މާލޭ ސިޓީ ކައުންސިލުން އެ ބިމުގައި ގުދަނެއް ހެދުމަށް ނުވަތަ އެ ބިމުގެ ބައެއް ކުއްޔަށް ދިނުމަށް އެއްވެސް ފަރާތަކާ އެއްބަސްވުމެއް ހަދާފައި އޮތްކަން މާލޭ ސިޓީ ކައުންސިލްގައި ހުރި ލިޔުންތަކުން އެނގެން ނެތްކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. 

އެ ގުދަނަކީ ޤަވާއިދާ ޚިލާފަށް މާލޭ ސިޓީ ކައުންސލުގެ ހުއްދަ ނެތި ބޭނުންކުރަމުންދާ ތަނަކަށްވާތީ، އެ ގުދަނުގައި ބަހައްޓާފައި ހުރި ތަކެތީގެ ވެރިފަރާތެއް ހޯދުމަށް 2022 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 04 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް އިއުލާނުކޮށް އަދި  ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ގުދަނުގައި ތަކެތި ބަހައްޓާފައިވާ ފަރާތަކުން އެކަން މާލޭ ސިޓީ ކައުންސިލަށް ނާންގާނަމަ ނުވަތަ އެ ގުދަން ކުއްޔަށް ހިފައިގެން ބޭނުންކުރާ ކަމުގެ ލިޔުންތައް ހުށަހަނާޅާނަމަ އެ ގުދަން ރޫޅާލައި އެ ގުދަނުގައި ހުރި ތަކެތި މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެކަން އާންމުކޮށް އަންގައި އިއުލާނު ކުރިކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް 2023 ވަނަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށްވެސް މާލޭ ސިޓީ ކައުންސިލަށް އެއްވެސް ފަރާތަކުން އެ ގުދަން ބޭނުންކުރާ ކަމުގެ ލިޔުމެއް ހުށަހަޅާފައި ނުވާތީ، އެގުދަނަކީ ވެރިފަރާތެއް ނެތްތަނެއްގެ ގޮތުގައި ބަލައި އެ ގުދަން ހުސްކުރުމަށް ބެލިއިރު އެ ގުދަނުގައި މުދާތަކެއް ހުރިކަން އެނގުމާއެކު  އެ ގުދަނުގައި ހުރި ތަކެތި ރައްކާތެރިކަމާއެކު މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ  ދަށުގައި ހުރި ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ، އެގުދަން  ހުރި ތަނަކީ މިހާރު ކައުންސިލަށް އެއްވެސް މަންފާއެއް ނުލިބޭ ތަނަކަށް ވާތީ އެ ބިމުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމުގެ ބޭނުމުގައި ކަމަށް މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. 

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހި ރާއްޖޭގައި ހަދާފައިވާ އެންމެހައި ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށާއި، އެގޮތުން މި ގުދަންވެސް ހުސްކުރުމުގެ މަސައްކަތް ކުރަމުންދަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކަަމަށެވެ. 

ގުދަން ނެގުމުގެ މަސައްކަތްވެސް ކޮށްފައިވަނީ އެ އުސޫލުގެ ތެރެއިންކަމަށާއި، އެތަން ހުސްކުރުމުގައި ގަވައިދާއި ޚިލާފުކަމެއް ކޮށްފައި ނުވާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.