ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله--ފޮޓޯ/ ހޯމް މިނިސްޓްރީ
ހަބަރު
03 Apr 2023 | 11:34
"ޚިޔާލީ ދުނިޔޭގައި ކަންކަން އިސްލާހު ކުރުމާއި އަމަލީ ދުނިޔޭގައި އެކަން ކުރުމަކީ ވަރަށް ތަފާތު ދެކަމެއް"

ޚިޔާލީ ދުނިޔޭގައި ކަންކަން އިސްލާހު ކުރުމާއި އަމަލީ ދުނިޔޭގައި ކަންކަން އިސްލާހު ކުރުމަކީ ވަރަށް ތަފާތު ދެކަމެއް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ. 

ރިޔާސީ އިންތިހާބުގެ ވަގުތު ކުޑަތަން ވަމުންދާ ވަރަށް ޢިމްރާން ކުރައްވަމުންދާ މާނަފުން އަދި މާނަ ތިލަ ޓުވީޓްތައް އަންނަނީ އިތުރު ވަމުންނެވެ. 

އެގޮތުން މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ޚިޔާލީ ދުނިޔެއާއި ޢަމަލީ ދުނިޔޭގެ ތަފާތު ހާމަކޮށްދެއްވާފައެވެ.

"ޚިޔާލީ ދުނިޔެ ކޮންމެ މީހަކަށްމެ އިސްލާހު ކުރެވިދާނެ. ނަމަވެސް ޢަމަލީ ދުނިޔެ އިސްލާހު ކުރެވޭނީ، ޢިލްމާއި، ޙިލްމު އެއްކޮށް، ޢަޒުމާއި، ހިތްވަރާއި ހިކުމަތާއި އަމަލު އެއްކޮށް ކެތްތެރިވެގެން." ޢިމްރާން ވިދާޅުވި އެވެ. 

ޢިމްރާން ކުރައްވާ މިފަދަ ޓުވީޓް ތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަބަދުވެސް އޭނާއަށް އަމާޒުވެއެވެ. 

އެގޮތުން މިފަހަރުގެ ޓުވީޓަށް ފާޑުކިޔައި މީހަކު ކުރެއްވި ޓްވީޓެއްގައި ވަނީ "ހިޔާލީ ދުނިޔޭގައި މީހުންގެ ބޮލުގައި މަރުގެ ތުހުމަތު އެޅުވުމާއި ކިތާބީ ހެކި އުފެއްދުމާއި ކަންކަން ހާސިލުކުރުމަށް ތަންތަނަށް މީހުން އެއްކޮށްގެން ތިމާގެ ހިޔާލަށް އަންނަ ހިޔާލީ ވާހަކަ ދައްކައިގެން މީހުން ކެއްކުމާއި އާރާއި ބާރު ލިބުނީމަ ހަނު ހުރުން މިއީ ބޮޑެތި މުނާފިޤުންގެ ސިފައެއް" ކަމަށް ވިދާޅުވެފައެވެ. 

އަދި މީގެ އިތުރުން ވެސް ޢިމްރާން އަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށްބުނެ ގިނަ ބަޔަކު އަބަދުވެސް އޭނާއަށް ފާޑުކިޔައެވެ.  

ކޮމެންޓް
ވ
ތިބާކީވެބަ ހިޔާލީ ދުނިޔެ އިސްލާހު ކުރުމަށް ތިނެއްގެވީ
03 Apr 2023
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ