ކުޅުދުއްފުށީ އެއާޕޯޓު ރަންވޭ/ ފޮޓޯ: އިންޓަނެޓް
ހަބަރު
03 Apr 2023 | 22:30
ކުޅުދުއްފުށީ އެއާޕޯޓު ރަންވޭގައި ލައިޓު ހަރުކޮށް ނިންމައިފި

ކުޅުދުއްފުށި ސިޓީ އެއާޕޯޓު ރަންވޭގައި ލައިޓު ހަރުކުރުމުގެ މަސައްކަތް ނިންމައިފި އެވެ. 

އެ މަސައްކަތާއި ގުޅޭގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޒްވީ "ވޮއިސް" އަށް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭގައި ލައިޓު ހަރުކުރުމުގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މި ހަފްތާގައި ސިވިލް އޭވިއޭޝަނާއި ގުޅިގެން އެ ރަންވޭގައި ޓެސްޓު ފްލައިޓު ޖައްސާނެކަމަށް ރިޒްވީ ވިދާޅުވި އެވެ. 

"ލައިޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ. މިހާރު ކުރިއަށް މި ގެންދަނީ އޮަރޭޝަން ފެއްޓުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް. މި ހަފްތާގެ ތެރޭގައި ސިވިލް އޭސިވއޭޝަނާއި ގުޅިގެން ޓެސްޓު ފްލައިޓު ޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. އެފަހުން ދަތުރުތައް ކުރިއަށް ގެންދެވޭނެ"

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޒްވީ

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭގައި ލައިޓު ހަރުކުރުމުގެ މަސައްކަތް މީގެ ކުރިން ހަވާލުކުރި އެމްޓިސީސީއަށް, މަސައްކަތް ނިންމަން ދިން މުއްދަތުގައި އެ މަސައްކަތް ނިންމާފައިވާފައި ނުވާތީ އެ ކޮންޓްރެކްޓު ވަނީ ބާތިލުކޮށްފަ އެވެ.

އެފަހުން އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާނުކޮށްފައިވެއެވެ. އަދި ލައިޓު ހަރުކުރުމަށް ދިން 3 މަސް ދުވަހުގެ ތެރޭގައި އެ ކުންފުނިން މަސައްކަތް ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ. 

ކުޅުދުއްފުށީ އެއާޕޯޓު ރަސްމީކޮށް އޮޕަރޭޓުކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގައެވެ. އެއާޕޯޓުގެ ރަންވޭގައި ލައިޓު ހަރުކުރުމަށްފަހު ޓެސްޓު ފްލައިޓު ޖައްސާ، އެކަށީގެންވާ ގޮތެއްގައި ޚިދުމަތްތައް ދެވެން ފެށޭނެކަމަށް ރިޒްވީ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
އިސްރާއީލުން ހުޅަނގު އައްސޭރީގައި ވަޒަންވެރިވުން ހުއްޓާލަންޖެހޭ
ކެނެޑާއިން ބުނީ މިފަދަ އާބާދީތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ތަންތަން ކަމަށާއި، މީގެ ސަބަބުން ސަރަހައްދުގެ ސުލްހައާއި، ސަލާމަތާއި އަދި ހަމަޖެހުމަށް އޮތް ފުރުސަތުތަކަށް ބުރޫއަރާ ކަމަށެވެ
29 Jul 2026
ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ޚާއްޞަ ލޯނު ސްކީމެއް ތައާރަފުކޮށްފި
ފައިސާ އަނބުރައި ދެއްކުމަށް ހަތް އަހަރުގެ ދިގު މުހުލަތެއް ލިބޭ މި ލޯނުގެ ފައިސާ ދައްކަން ޖެހެނީ ޑޮލަރުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ ވަކި ތާވަލެއް ކަނޑައެޅުމުގެ ބަދަލުގައި ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ރިޢާޔަތްކޮށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފައިވާ ކަމެވެ.
29 Jul 2026
ގަމުން ގެއްލުނު ޒުވާނާ ފެނިއްޖެ
29 Jul 2026
30،000 ޑޮލަރު ހަލާކުވި މައްސަލައެއްގައި ފުލުހުންގެ އޮފިސަރަކު ވަކިކުރަނީ
އެއީ 30،000 ޑޮލަރެވެ. އެ ޑޮލަރުތައް އަތުލައިގަނެފައިވަނީ، 2019 ވަނަ އަހަރު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.
29 Jul 2026
މިފްކޯއިން ފަސްމީރު ބްރޭންޑުގެ 12 ދަޅު ހިމެނޭ ހަދިޔާ ޕެކެއް
މިފްކޯއިން ބުނީ ކޮންމެ ރަހައަކުން ތިން ދަޅު ހިމެނޭ މި ޕެކް 221 ރުފިޔާއަށް ލިބޭ އިރު ވަކިވަކީން ދަޅު ގަތުމަށް ވުރެ ހެޔޮ ވާނޭކަމަށެވެ
29 Jul 2026
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފްފައިދާ އިތުރުވެއްޖެ
އެސްޓީއޯގެ ޓްރޭޑިން އެކައުންޓަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުރީ ކުއާޓަރުތަކަށްވުރެ އިދާރީ ހަރަދުތައް ކުޑަކޮށްފައި ވުމެވެ
29 Jul 2026
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
29 Jul 2026
ސައުދީން ދިން ހަމަލާއާ ގުޅިގެން އިރާގުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
އިރާގުގެ 'ޕޮޕިއުލާ މޮބިލައިޒޭޝަން ޔުނިޓްސް' އިން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގެ އެކި ޕްރޮވިންސްތަކުގައި ހުރި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ 20 މެންބަރަކު ވަނީ މަރުވެފައެވެ. އަދި އިތުރު 32 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.