ވިލިމާލޭގައި ބަގީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ސިޓީ ކައުންސިލް
ހަބަރު
04 Apr 2023 | 10:26
މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ. 

ބަގީގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ރޭ ވިލިމާލޭގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު އެވެ.

އެ ރަސްމިއްޔާތުގައި ޑރ މުއިއްޒުގެ އަރިހުގައި މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީއާއި ސިޓީ ކައުންސިލްގެ މެމްބަރުން ބައިވެރިވެފައިވެއެވެ. އަދި ވިލިމާލޭގެ ރައްޔިތުންވެސް ވަނީ އެ ހަލްފާގައި ބައިވެރިވެފައެވެ. 

ރޭ ރަސްމީކޮށް ބަގީގެ ޚިދުމަތް ފެށިގެން ދިޔަ ނަމަވެސް މާވުމަހުގެ 16 ވަނަ ދުވަހުން ފެށިގެން ވިލިމާލޭގައި ބަގީގެ ޚިދުމަތް މާލޭ ސިޓީ ކައުންސިލުން ދަނީ ފޯރުކޮށްދެމުން ނެވެ. 

ބަގީގެ ޚިދުމަތް މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކަކަށްފަހު އެ ޚިދުމަތް މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ފައްޓާފައިވާއިރު، މާލޭ ސިޓީ ކައުންސިލުން ވަނީ މުދާ އުފުލާ ބަގީއާއި، ކުއްލި ހާލަތުގައި އެމަޖެންސީކޮށް ބަލިމީހުންނަށް ދަތުރުކުރެވޭނެ ބަގީގެ ޚިދުމަތްތައްވެސް ފަށާފައެވެ. 

އެގޮތުން 4 ސީޓުގެ ބަގީއާއި، 6 ސީޓުގެ ބަގީ އަދި 12 ސީޓުގެ ބަގީ ވިލިމާލޭގައި މިހާރު ދުއްވާނެއެވެ. 

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ދުއްވަމުންދަނީ ވިލިމާލޭގެ މާހައުލާއި ގުޅޭގޮތަށް ތިމާވެއްޓާއި ރައްޓެހި ބަގީއެވެ. 

ބަގީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދިނުމަށް ބޭއްވި ހަފްލާގައި މޭޔަރު މުއިއްޒު ވިދާޅުވީ ދަތުރުފަތުކުރުމަށް ވިލިމާލޭގ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ފެށި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. 

އެހެންކަމުން ކުރިއަށް އޮތްތަނުގައި ވިލިމާލޭގެ ރައްޔިތުންނަށް މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.