މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ހަބަރު
04 Apr 2023 | 10:39
މާލެ ސަރަހައްދުގެ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިމުގައި ތަފާތެއް ނުކުރާނަން: މޭޔަރު

މާލޭ ސިޓީ ކައުންސިލްގެ އިހުތިޞާސް ހިމެނޭ ގްރޭޓާ މާލޭ ސަރަހައްދުގެ ރައްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެ ކައުންސިލުން ތަފާތުކުރުން ނުގެންގުޅޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ވިލިމާލޭގައި ބަގީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދިނުމަށް ބޭއްވި ހަފްލާއެއްގައި ވިލިމާލޭގ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުން ނެވެ. 

ޑރ މުއިއްޒު ވިދާޅުވީ ތަފާތުކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލަށް ބޮޑެތި ގޮންޖެހުންތަކެއްވެސް ހުރިކަމަށެވެ. އެގޮތުން އެ ކައުންސިލަށް ވިލިމާލޭގައި ބަގީގެ ޚިދުމަތް ފެށިގެން ދިޔައީވެސް އެފަދަ އެތައް ގޮންޖެހުންތަކެއްގެ ތެރެއިންކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. 

"މާލޭ ސިޓީގެ ކޮންމެ ރައްޔިތެއް ހަމަހަމަ. އެގޮތުން ވިލިމާލޭގެ ރައްޔިތުންނަށް މާލޭގެ އެހެން އަވަށްތަކުގެ ރައްޔިތުންނާއި މާލޭ ސިޓީ ކައުންސިލްގެ ކުރިމަތީގައި އެއީ އެއް ހަމައެއްގެ ބައެއް. އެހެންވީމާ މި ދާއިރާއަށް ލިބެންޖެހޭ ޚިދުމަތްތައް ގެނެސްދިނުމުގައި އަޅުގަނޑުމެން ތަފާތެއް ނުކުރާނަން. އަޅުގަނޑުމެންނަށް ކުރިމަތިވަނީ ގޮންޖެހުންތަކެއް. އެ ގޮންޖެހުންތައް ގިރާކުރުމުގައި އަޅުގަނޑުމެން މި މަސައްކަތް ކުރަން ޖެހެނީ"

މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު

އެކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ހުރަސްތައް ހުރި ނަމަވެސް، އެ ހުރަސްތައް ގިރާކޮށް މާލޭ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށްދިނުމަށް ކަމަށެވެ. 

އެ މަސައްކަތް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާނެކަމަށާއި، ކުރިއަށް އޮތީ ވިލިމާލޭ ދާއިރާގެ ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ރޭ ރަސްމީކޮށް މާލޭ ސިޓީ ކައުންސިލުން ވަނީ ވިލިމާލޭގައި ބަގީގެ ޚިދުމަތް ފަށައިފައެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިާޅުވީ ބަގީގެ ޚިދުމަތް ފަށައިގަންނައިރު ދަތިތަކެއް ހުރި ނަމަވެސް، އެކަން ޙައްލުކޮށް، ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވިލިމާލޭ ރައްޔިތުންގެ އެހީތެރިކަން ބޭނުންވެލައްވާ ކަމަށެވެ. އަދި ސިޓީ ކައުންސިލާއި ރައްޔިތުންނާއި ގުޅިގެން ބަގީގެ ޚިދުމަތުން ލުއި ފަސޭހަކަން ހޯދޭނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ