ގުޅި/ ފޮޓޯ: އިންޓަނެޓު
ހަބަރު
08 Apr 2023 | 21:02
އިންތިޚާބަށް 6 ދުވަސް: ގުޅީ ބިން ހިއްކަން ސާމާނު ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް 6 ދުވަހަށް ވެފައިވަނިކޮށް އެ ދާއިރާގައި ހިމެނޭ ކ. ގުޅީ ބިން ހިއްކުމަށް ސާމާނު ގެންގޮސްފި އެވެ. 

ކ. ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު 89.6 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވަނީ މިދިޔަ މާޗުމަހުގެ ތެރޭގައެވެ. 

ސަރުކާރުގެ މަޝްރޫއުތަކާއި ބެހޭ މައުލޫމާތު އާންމުކޮށްފައިވާ ވެބްސައިޓުގައި ބުނާގޮތުން އެ މަޝްރޫއު ފެށުމަށް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގައެވެ. 

އެހެން ނަމަވެސް ބިން ހިއްކުމުގެ މަޝްރޫއު އަވަސްކޮށްފައިވަނީ ގުރައިދޫ ދާއިރާގެ އިންތިޚާބާއި ދިމާކޮށްކަން ފާހަގަކޮށްލެވެއެވެ. އެ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީންވެސް ވަނީ ވާދަކުރަން ނިންމާފައެވެ. 

ބިން ހިއްކުމާއި ގުޅޭގޮތުން ގުޅި ކައުންސިލްގެ ރައީސް މޫސާ ސަލީފު ވިދާޅުވީ ބިން ހިއްކުމަށް ބޭނުންވާ ސާމާނު މިހާރު އެ ރަށަށް ގެނެސްފައިވާ ކަމަށެވެ. އެހެން ނަމަވެސް މަސައްކަތް ފަށާނެ ވަކި ތާރީހެއް ހާމަކުރައްވާފައެއް ނުވެއެވެ. ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ މަސައްކަތް ފެށުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. 

އިންތިޚާބާއި ދިމާކޮށް ގުރައިދޫ ދާއިރާގައި ސަރުކާރުން އެ ނޫންވެސް މަޝްރޫއުތައް ހިންގަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިންތިޚާބަށް އިއުލާނުކޮށްފައި ވަނިކޮށް މާފުށިން 300 ގޯތި ދޫކުރުމަށް ވަނީ އިއުލާނުކޮށްފަ އެވެ. 

މި އިންތިޚާބުގައި ވާދަކުރާ ސަރުކާރާއި ވާދަވެރި ސިޔާސީ ޕާޓީ ޕީޕީއެމުން މި ކަންކަން ސިފަކުރަމުންދަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާ ކަންކަމުގެ ގޮތުގައެވެ. އިންތިޚާބާއި ދިމާކޮށް ގުރައިދޫ ދާއިރާގައި މަޝްރޫއުތައް ހިންގުމަށް އިއުލާނު ކުރުމަކީ އިއްތިފާގެއް ނޫންކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. 

ގުރައިދޫ ބައި-އިލެކްޝަނާއި ދިމާކޮށް ސަރުކާރުން އަމަލުކުރަމުންދަނީ މީގެ ކުރިން ކޮމަންޑޫ ދާއިރާގެ އިންތިޚާބަށްވެސް ނުފޫޒުފޯރުވުމަށް އަމަލުކުރަމުން ދިޔަ ގޮތަށްކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެއެވެ. 

އޭގެ އިތުރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ ކަންކަން ފާހަގަކޮށް އެ މައްސަލަތައް އިދިކޮޅުން ވަނީ އޭސީސީއަށް ހުށައެޅުމަށް ނިންމާފަ އެވެ. 

ކޮމެންޓް
މަގޭ ރަށޯ
މިޔޮއް ހުރިހާ ދުވަހު ޕީ ޕީ އެމް އިން ގޮނޑި ނަގާގެން މަގޭ ރަށަށް ކޮށްދިނީ ކޮންކަމެއް؟؟؟ މީ އިންޝާﷲ ޝާޒް 2 ✅ ގެ ފަހަރު ތަފާތު ދައްކަދޭނެ!!
08 Apr 2023
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.