ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރަޝާދު--
ހަބަރު
10 Apr 2023 | 10:19
ފެނަކައިގެ ހުރިހާ އެސެޓެއް ވިއްކިޔަސް ދަރަނި ނުދެއްކޭވަރަށް ވަނީ ދަރާފަ: އަމްރު

ފެނަކައިގެ ހުރިހާ ހަރު މުދަލެއް ވިއްކިޔަސް ދަރަނި ނުދެއްކޭވަރަށް އެ ކުންފުނި ދަރާފައިވާ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ. 

ޑީސަލް ހުސްވެގެން ލ. ގަމުން ކަރަންޓް ކެނޑިފައިވާ ކަމަށް ބުނެ އޮންލައިން ނޫހަކުން ރިޕޯޓް ކުރުމާއި ގުޅިގެން އެ ޚަބަރު ހިއްސާ ކުރައްވައި އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފަދަ ކަމެއް މީގެ ކުރިން ރާއްޖޭގައި ވެފައި ނުވާ ކަމަށެވެ.

"ފެނަކައިގެ ހިންގުން ދޯދިޔާވެ ވަނީ ބޮއްސުންލާފަ. ފެނަކައިގެ ހުރިހާ އެސެޓެއް ވިއްކިޔަސް ދަރަނި ނުދެއްކޭވަރަށް ވަނީ ދަރާފަ." އަމްރު ވިދާޅުވިއެވެ. 

މިއާއެކު އަމްރު ވިދާޅުވީ ފެނަކައިގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ މައްސަލައަށް އެއްވެސް ހައްލެއް އެސްވެސް މުއައްސަސާއަކުން ލިބިފައި ނުވާ ކަމަށެވެ. 

ލ.އަތޮޅު ގަމުގައި ހުންނަނީ ފެކަނަ ކޯޕަރޭޝަންގެ އިންޖީނުގެއެކެވެ. އެ ރަށުގެ ހުރިހާ އަވަށަކަށް ވެސް ކަރަންޓް ދެމުން އަންނަނީ އެ އިންޖީނުގެއިންނެވެ. އެހެންވެ އެއިންޖީނުގެ ހުއްޓުމުން މުޅި ރަށުން ކަރަންޓް ކެނޑިގެން ވަނީ ގޮސްފައެވެ. 

ފަހަކަށް އައިސް ފެނަކަ އަށް ވަނީ މާލީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ.
ތެޔޮ ގަތުމަށްފަހު އެކުންފުނިން އެސްޓީއޯ އަށް ދައްކަން ޖެހިފައިވާ ފައިސާގެ އަދަދު ވެސް 1.8 ބިލިއަން ރުފިޔާއަށް އަރައެވެ. އޭގެ އިތުރުން އެކުންފުނީގެ މަސައްކަތްތައް ކޮށްފައިވާ އެތައް އަމިއްލަ ކުންފުނިތަކަކަށް ފައިސާ ނުދީގެން ވެސް ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

ކޮމެންޓް
މުޖުތާޒު
ތެދެއް އަމުރު އަހަރެންމާކުރިންވެސް އެވާހަކަ ދައްކައިފިން ތިސައީދު ގަޔަތަނެއްވެއްޖެއްޔާ ހަލާކުކޮއްފަނޫނީ އޭނަނުދާނެ ލާރިވަރަށްހިތިމީހެއްއެއީ ސައުތު ޔުޓިލީޓީވެސް ފެންފޮދެއްނުލާ ދިރުވާލީ ފެނަކަ 4 އަހަރާ ބައިންދިރުވާލައިފި
10 Apr 2023
ޒައިޒް
ތީ ހިންގުންތެރި މޮޅު މީހެއްނޫން..އެހެންނަމަ އެސްޓީއޯ ހުޅުމާލޭ ހޮޓާ ނަގާ ކޮޅަށް ޖެެހުނީސް.. އެސްޓީއޯއަކީ އެތަށް އަހަރުވީ ބިލިޔަން ރުފިޔާގެެ ފައިދާ އޮތް އެސެޓްގިނަ ކުންފުންޏެއް ކަަލޭ ހަވާލުވިއިރުވެސް.
10 Apr 2023
ހާދީ އިސްލާމް
ލ. އަތޮޅުގައި ހިންގާ ޕްރޮޖެކްޓްތަކުގައި ކޮރަޕްޝަން ތިހާޔަށް އެބައޮތް، ރޯމާ ދުވާލު ލަދެއް ބިރެއް މެޔެެއް ނެތް
10 Apr 2023
ހާލަތު ދެރަ
ސަޢީދު ކޮރަޕްޓް ވާހަކަ ބުނެގެން ލ. އަތޮޅު ޕްރޮޖެއްޓެއްގައި މަސައްކަތް ކުރާ އެމް.ޑީ.ޕީ އިސް އެކްޓްވިސްޓެއް ގެއަށް ފޮނުވާލި،
10 Apr 2023
ކީއްކުރަން
ސައިދު ބަހާލީ ތިނަދޫގަ ވެސް ޖެހިގެން ހުރި ޕަބުލިކް ވޯކުސް އިމާރާތަން ފެނެކައިން ހުރިހާ ސާމާނެއް ނަގަނީ އެތަންތަނަން ނަގާއިރު އަމިއްލަޔަށް ކިހާސާމާނެއް ނަގާނެތާ
10 Apr 2023
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.