ގެއަކުން ނެރެފައި ހުރި ކުނި ވެމްކ ޯޯއިން ނުނަގާ: ފޮޓޯ/ މާލެސިޓީ ކައުންސިލް
ހަބަރު
10 Apr 2023 | 14:58
ކުނި މެނޭޖްކުރުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދަން އީޕީއޭއިން އިލްތިމާސްކޮށްފި

ކުނި މެނޭޖްކުރުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދަން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މާލެ ސަރަހައްދުގެ މަގުތަކަށް ކުނި އެޅުމާއި ކުނިނެރިފައި މަގުތަކުގައި ބެހެއްޓުމާ ގުޅޭގޮތުން އީޕީއޭއުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިހާރަކަށް އަހިސް މާލެ ސަރަހައްދުގެ މަގުތަކަށާއި ގޭދޮރުމައްޗަށާއި ކަންކަންމައްޗަށް ކުނި ނެރެފައި ބެހެއްޓުން އަދި ކުނި ޖަމާކުރުން ވަރަށް ބޮޑަށް އިތުރުވެފައި ވާކަމަށެވެ.

އޭގެ ސަބަބުން ތަފާތު އެކި އުނދަގޫތައް ކުރިމަތިވަމުން ދާކަން ފާހަގަކޮށް އީޕީއޭއިން ބުނީ މަގުތަކުގެ ސާފުތާހިރުކަން ގެއްލި މަގުތައް ގޮނޑުވަމުންދާ ކަމަށެވެ.

އީޕީއޭއިން ބުނީ، ކުނި ގެންދާނެ ކަމަށް ބަލައި ގޭގެ ދޮރުން ބޭރު، ދުވާރުގައި ނުވަތަ ކަންކަންމަތީގައި ކުނި ބަހައްޓާކަމަށާއި ކުނި ގެންދާ މީހުން އަންގައިގެން ކަމަށް ބުނެ މަގުމައްޗަށް ނު ނެރޭކަން ފާހަގަ ކުރެވިފައި ވާކަމަށެވެ. އަދި ވަކި ގަޑިއެއް ނުބަލާ ކުނި ނެރޭ ކަމަށް އީޕީއޭއިން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން، ކުނި އުކާލާ މީހުން ކުނި ބަލާ ގެއަށް ވަނަ ނުދިނުމަށްޓަކައި ކުނި ކޮތަޅު ގެއިން ބޭރުގައި ބަހައްޓާކަމަށް އީޕީއޭއިން ބުންޏެވެ.

އޭގެ އިތުރުން އީޕީއޭއިން ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:-

* އެކި މަސައްކަތް ކުރާ ތަންތަނުން ޕިކަޕެއް ފުރެންދެން މަގުމަތީގައި ކުނި ބަހައްޓަމުން ދިއުން

* ފަރުނީޗަރު، ގޮދަޑި، މެޝިން ފަދަ ބަލްކް ކުނި އުކާލުން އަގުބޮޑުކަމަށް ބުނެ މަގުތަކަށް ނެރެފައި ބެހެއްޓުން

* ކުނި ނަގާ ފަރާތްތަކުން ވެހިކަލްތަކަށް ކުނި އެޅުމުގެ ބޭނުމުގައި މަގުތަކުގެ އެކި ތަންތަނަށް ކުނި އަލާފައި ބެހެއްޓުން ހިމެނެެވެ.

އެފަދަ ކަންކަމަކީ ކުނި މެނޭޖް ކުުރުމުގެ ގާނޫނާއި ގަވާއިދު ހުއްދަކުރާ ކަންކަމަށް ނުވާތީ، އެކަންކަން ނުކުރުމަށް އީޕީއޭއިން ވަނީ ނަސޭހަތްތެރި ވެފައެވެ.

"އެއްވެސް ސަބަބަކާ ހުރެ ކުނިވާ ޒާތުގެ ކުނިކޮތަޅުތަކާއި އެހެނިހެން ކުނި މަގުތަކަށާއި ދުވާރުމަތީގައާއި ކަންކަންމަތީގައާއި ހުސްތަންތަނަށް ނެރެފައި ބެހެއްޓުމަކީ ގަވާއިދާ ޚިލާފު ކަމެއް" އީޕީއޭއިން ބުންޏެވެ.

ކުނި އުކާލުމުގެ ހިދުމަތްދޭ މުވައްޒަފަކު، ކުނި ނެރުމަށް ބުނެގެން ނުވާނެ ކަމަށާއި އެފަދައިން ބުނި ނަމަވެސް އެއަށް އަމަލު ކޮށްގެން ނުވާނެ ކަމަށް އީޕީއޭއިން ބުންޏެވެ.

ކޮމެންޓް
Abdulla Shan
ކޮބާތޯ ގެންގުޅުން މަނާކަމަށް ވަކާލާތުކުރާ ޕްލާސްޓިކް ކޮތަޅުގެ ވާހަކަ. ޕްލާސްޓިކު ކޮތަޅަށް އަޅާފަ ނެރުނިއްޔާ ނޫނީ ނުގެންދޭ. ކޮތަޅު އަގުބޮޑުވުން ކަމެއް ހާސިލެއް ނުވޭ. ޝުކުރިއްޔާ މަޖުލީސް.
10 Apr 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.