މާލެ އަތޮޅު ކައުންސިލްގެ ރައީސް ނިމާލު/ ފޮޓޯ: ވޮއިސް
ހަބަރު
11 Apr 2023 | 12:26
އަމްރު ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދައްކާތީ ނިމާލު ފާޑުވިދާޅުވެއްޖެ!

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ހުސެއިން އަމްރު ވަކިކުރިފަހުން ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަތައް އޭނާ ދައްކަމުންދާތީ މާލެ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލު ފާޑުވިދާޅުވެއްޖެ އެވެ. 

ހުސެއިން އަމުުރު މަޤާމުން ވަކިކުރުމާއި ހަމަޔަށް ސަރުކާރުގެ ކުންފުނިތަކުގައި ކޮރަޕްޝަން އޮތް މިންވަރާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެހެން ނަމަވެސް، އެފަހުން އޭނާ ގެންދަވަނީ ކުންފުނިތަކުގައި ކޮޕަރްޝަން އޮތް މިންވަރާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. 

އެގޮތުން ފެނަކަ އަށް ފާޑުކިޔުންތައް އަމާޒުކުރައްވާ އަމުރުު ވިދާޅުވީ ފެނަކައިގެ ހުރިހާ އެސެޓެއް ވިއްކައިގެންވެސް ދަރަނި ދެއްކޭވަރަށްވުރެ ބޮޑަށް ކުންފުނި އޮތީ ދަރާފައި ކަމަށެވެ. 

ދައުރުނިމެން ކުޑަތަން ވަންދެން ކޮރަޕްޝަންގެ ވާހަކަ ނުދައްކަވާ ހަނު ހުންނެވުމަށްފަހު މަޤާމުން ވަކިކުރުމާއި ގުޅިގެން އަމްރު ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދައްކަވަން ފެއްތެވުމާއި ގުޅިގެން ނިމާލު ކުރެއްވި ޓްވީޓެއްގައިވަނީ އަމްރުގެ ވާހަކަތައް ރަނގަޅު ނަމަވެސް އޭނާގެ އިޚްލާސްތެރިކަމެއް ނެތްކަން ސިފަކުރައްވާފަ އެވެ. 

އެގޮތުން މަޒާޖީގޮތަކަށް ނިމާލު ވިދާޅުވީ ދައުރު ނިމެންދެން އެވާހަކަ ނުދައްކަވާ ހުންނެވި ނަމަ ރަނގަޅުވީސް ކަމަށެވެ. 

މިއަދު ކޮރަޕްޝަނުގެ ވާހަކަ އަޑަށް ބާރުލާފައި އަމްރު ދައްކަމުންދާއިރު، ޚުދު އަމްރުވެސް ޖަވާބުދާރީވާން ޖެހޭ ކަންކަން ހުރިކަން ނިމާލު ހަނދާން ކޮށްދެއްވި އެވެ.

އެގޮތުން މީގެ ކުރިން ހުސެއިން އަމްރު ހަވާލުވެވަޑައިގެން ހުންނެވި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް) އިން ފެނަކައިން ފައިސާ ނުދެނީސް ޑީސަލް ދޫކުރި ޑީސަލް ކޮބައިތޯ އޭނާ ވަނީ ސުވާލުކޮށްފަ އެވެ. އަދި އެވާހަކަ ނުދައްކަވާ ސަބަބުވެސް ވަނީ އައްސަވާފައެވެ. 

އޭގެއިތުރުން އީ-ބިލުތައް އަތްނުފޯރާ ފަށަށް ދިރައިރު ހަނު ހުންނެވުމުގެ ބަދަލުގައި އަމްރު އެވާހަކަތައް ދެއްކެވިނަމަ، މިހާރު އަމްރު ދައްކަވަމުންދާ ވާހަކަތައް އަޑުއައްސަވަން ވަރަށް ފަސޭހަފުޅުވާނެ ކަމަށް ނިމާލު ވަނީ ވިދާޅުވެފަ އެވެ. 

ނިމާލުގެ ފާޑުކިޔުން އަމްރުއަށް އަމާޒުކުރައްވާފައިވަނީ މިހާ ދުވަސް ވަންދެން އަމްރު މަޤާމުގއި ހުންނަވާ ކުންފުނިތަކުން ހިންގަމުންދާ ކޮރަޕްޝަންގެ ކަންކަން އެނގިވަޑައިގެން ހުންނަވާ އެއްޗެއް ވިދާޅުވެފައި ނުވާތީއެވެ. އަދި މަޤާމު ގެއްލުމުން އަނގަ ހުޅުވުމަކީ އިޚްލާސްތެރިންގެ ގޮތެއް ނޫންކަމަށް ނިމާލު ވަނީ ސިފަކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.