ރީކޯ މޫސާ މަނިކު --
ހަބަރު
11 Apr 2023 | 14:00
ރީކޯގެ ކޮޅުވެއްޓި ނަަލަންދޫ ފަރަށް އެރިތާ ދެއަހަރު، ނަގަން އެންގުމުންވެސް ނުނަގާ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގެ ކުންފުނި ހެވީ ލޯޑުގެ ކޮޅުވެއްޓިއެއް ށ. ނަލަންދޫ ފަރަށް އެރިތާ ދެ އަހަރު ފާއިތުވެގެން ދިޔައިރުވެސް އެ ކޮޅުވެއްޓި ނަގާފައި ނުވާ ކަމަށާއި، ނެގުމަށް އެތަކެއް ފަހަރު އަންގާފައި ވާކަމަށް އީޕީއޭއިން ބުނެފިއެވެ.

ދެހާސް ވިހި ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު މާލެއިން ފުރި އެ ކޮޅުވެއްޓި ނަލަންދޫ ފަރަށް އަރާފައި ވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ކޮޅުވެއްޓި ފަރަށް އެރީ ފެނަކައިގެ ޖަނަރޭޓަރަކާއި އިތުރު މުދާތަކެއް ހިފައިގެން ދަތުރު ކުރަމުން ދަނިކޮށެވެ

މިކަމާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނަޢީމް "ވޮއިސް" އަށް ވިދާޅުވީ، އެ ކޮޅުވެއްޓި ނެގުމަށް ވަރަށް ގިނަ ފަހަރު އަންގާފައިވާނެ ކަމަށާއި، ނުނެގި ނަމަވެސް އީޕީއޭއަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި އީޕީއޭގެ މަސައްކަތަކީ، ފަރަށް އަރާ އުޅަނދެއް ނެގުމުން، ފަރަށް ލިބޭ ގެއްލުން ބެލން ކަމަށެވެ.

"ވަރަށް ގިނަ ފަހަރު ނަގަން އެންގީމަވެސް ނުއެއް ނަގާ،" ނަޢީމް ވިދާޅުވިއެވެ.

ޖޫރިމަނާއެއް ކުރެވެން އޮންނާނީ ފަރަށް އެޅި އުޅަނދެއް ނެގުމުންކަން ފާހަގަ ކުރައްވައި ނައީމް ވިދާޅުވީ އީޕީއޭގެ މަސައްކަތަކީ ތިމާވެއްޓަށް ލިބޭ ގެއްލުމާ ގުޅުންހުރި މަސައްކަތްތަކަށް ފިޔަވަޅު އެޅުން ކަަމަށެވެ. 

މީގެ އިތުރުން ނަޢީމް ވިދާޅުވީ، އެ އުޅަނދު ނުނަގާ އޮންނަ ނަމަ އޭގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ނަލަންދޫއަށްވެސް ގެއްލުން ވާން ފަށާނެ ކަމަށެވެ.

ކޮމެންޓް
ސައްޕެ
ނުނެގޭނެ މިސަރުކާރުގަ މޫސަ ލައްވާ
11 Apr 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.