އަމްރު އާއި ރައީސް މުހައްމަދު ނަޝީދު--
ހަބަރު
12 Apr 2023 | 00:30
"އެހެން ގޮތެއް ޚިޔާރުކުރީ ކަންކަން އިސްލާހުކުރަން ތަކުރާރުކޮށް ކުރި މަސައްކަތަށް އެއްބާރުލުން ނުލިބުމުން"

އެހެން ގޮތެއް ޚިޔާރުކުރަން ޖެހުނީ ގިނަ ފަހަރުތަކެއް މަތިން އިސްލާހުގެ މަގަށް ކަންކަން ގެންނަން ކުރި މަސައްކަތަށް އިޖާބައެއް, އެއްބާރުލުމެއް ސަރުކާރުގެ ފަރާތުން ނުލިބުމުން ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއިދު ނުކޮށް، "ފިކުރެއްގެ ދިރުން" އާއި ގުޅިވަޑައިގެންނެވި ސަބަބު ހާމަކުރައްވައި އަމްރު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ، އެމްޑީޕީ އެމްޑީޕީގެ ގޮތުގައި ވުޖޫދުވުމުގެ ކުރިންވެސް، އެ ސިޔާސަތުތަކާ ފިކުރަކީ ޅަ އުމުރުއްސުރެ ފަރިތަ، ސާފުކޮށް ފަހުމްވެފަވާ، ފުރިހަމައަށް ގަބޫލުކުރި ސިޔާސަތާ ފިކުރެއް ކަމަށެވެ.

އަދި 2010 އިން ފެށިގެން އެމްޑީޕީގެ ސިޔާސަތު ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށް، 2015 އިން ފެށިގެން ސިޔާސަތު ކޮމިޓީގެ މުޤައްރިރުގެ ހައިސިއްޔަތުން މަސައްކަތްކުރީ އެންމެ ފުރިހަމައަށް އެމްޑީޕީގެ ވިސްނުމާ ތަސައްވަރާ އެއްގޮތަށް ސިޔާސަތުތައް ބައްޓަންކޮށް ފަރުމާކުރުމަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.

"2018 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯ ތައްޔާރުކުރުމުގަ މަސައްކަތްކޮށް، އއ އުކުޅަހުގަ ބޭއްވުނު ޕާޓީގެ ކޮންގްރެސްގަވަނީ އެމެނިފެސްޓޯ ފާސްކޮށްފައެވެ. ކޮންގްރެސްއަށް އެ މެނިފެސްޓޯ ހުށަހެޅީ އަޅުގަނޑެވެ." އަމްރު ވިދާޅުވި އެވެ. 

މިއާއެކު އަމްރު ވިދާޅުވީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް 2018 ގެ ރިޔާސީ އިންތިޚާބަށް ވާދަކުރުމަށް ލިބިފައިވާ ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ނުލެވިދާނެކަމަށް ބައެއް ބޭފުޅުންނަށް ފެނިވަޑައިގަތުމާ ގުޅިގެން އެ ކޮންގްރެސްއިން މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ރިޔާސީ އިންތިޚާބުގަ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ޕާޓީގެ ޓިކެޓް ދެވުނު ކަމަށާ، ޓިކެޓާއެކީ ރައީސް މުހައްމަދު ނަޝީދުގެ ފިކުރުގެ މައްޗަށް ތައްޔާރުކުރެވިފައިވާ މެނިފެސްޓޯ ރައީސް ސޯލިހާ ހަވާލުކުރެވުނު ކަމަށެވެ.

"ރިޔާސީ އިންތިޚާބުގަ ވާދަކުރުމަށް ހެދުނު ކޯލިޝަންގެ ޖޮއިންޓް މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ގުޅިފާވާ ޕާޓީތަކުގެ މަންދޫބުންނާ އެކު ކުރީމެވެ. އެމަސައްކަތުގަވެސް ބެލީ އެމްޑީޕީގެ ސިޔާސަތުތައް ދަމަހައްޓާ، ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ އަސާސްތައް ނުގެއްލޭނެ ފަދަ ގޮތަކަށް އެފަރާތްތައް އެއްބަސްވާ މެނިފެސްޓޯއެއް އެކުލަވަލާލުމަށެވެ." އަމްރު ވިދާޅުވި އެވެ. 

އަމްރު އިތުރަށް ވިދާޅުވީ އޭނާ އެސްޓީއޯ އާއި ހަވާލުވީވެސް އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަމަށާ، އެގޮތުން މަސްވެރިކަމުގެ ސިނާއަތު ކުރިއެވުމަށާ، ދަނޑުވެރިކަން ކުރިއެރުމުށާ، ރާއްޖެ އެތެރެކުރެވޭ މުދަލުގެ އަގު ހެޔޮކުރުމަށާ، ކުދި ވިޔަފާރިތަކަށް ޖާގަ ދިނުމަށާ، ޓެކްނޮލޮޖީގެ ރޮގުން ރާއްޖެ ކުރިއެރުވުމަށާ، ކާނާގެ ޔަގީންކަން ހޯދުމަށާ، ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށެވެ. އަދި ރާއްޖެއަށް އިތުރަށް ބޭރު ފައިސާ ވަންނާނެ މަގުތައް ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށާ، ރާއްޖޭގެ އިޤްތިސާދު ވަރަށް ހަލުވި ދުވެއްޔެއްގަ ކުރިއަރާ ރައްޔިތުން ތަނަވަސް ދިރިއުޅުމެއް އުޅެމުންދާތަން 5 އަހަރު ތެރޭ ފެނިގެން ދިޔުމަށް އެދިލެއްވި ކަމަށްވެސް އަމްރު ވިދާޅުވި އެވެ.

ނަމަވެސް، ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލާ ވަކި ސިޔާސަތެއް އަމާޒެއްނެތި ކަންކަން ކުރަމުން ގެންދިޔުމުގެ ސަބަބުން ބޮޑެތި މާލީ، އިޤްތިސާދީ އަދި އިޖްތިމާއީ މައްސަލަތައް މި 4 އަހަރު ކުރިމަތިވެފައިވާކަން އަމްރު ފާހަގަކުރެއްވިއެވެ.

"މިކަމުގެ ސަބަބުން، ވެރިކަމުގެ 5 ވަނަ އަހަރާ ކުރިމަތިލީ ވަގުތު ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަންޖެހި ތަކެތީގެ އަގު ބޮޑުވެއްޖެއެވެ. އަދި ޓޫރިސްޓުން އަތުން ނަގާ ޓެކްސް ކުރިޔާލާ އެންގުމެއްނެތި ނަގަން ފެށުމުން ޓޫރިސްޓް ވިޔަފާރިކުރާ ފަރާތްކަށްވެސް ބޮޑެތި ފޫނުބެއްދޭވަރުގެ ގެއްލުން ވެގެންދިޔައެވެ. މަސްވެރިކަމުގެ ސިޔާސަތުތައް މެނިފެސްޓޯގަ ލިޔެވިފަ އޮއްވާ ކުއްލިޔަކަށް މަސްވެރިން އަތުން މަސް ގަންނަ އަގު ދައްކުރުމުގެ ސަބަބުން މަސްވެރި އެތައް އާއިލާއަކަށް ބޮޑެތި ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ. ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ އިސްރާފު ބޮޑުވުމުގެ ސަބަބުންނާ، ޕްރޮޖެކްޓްތައް ހިނގާނުހިނގާގޮތް ނުބެލުމުގެ ސަބަބުން ޕްރޮޖެކްޓްތައް ލަސްވެ، މަސައްކަތާ ނުބައްދަލު ބޮޑެތި ޚަރަދުތައް ކުރަންޖެހުމުންނާ، ޕްލޭނެއް ނެތި ޕްރޮޖެކްޓް ހިންގުމުން ސަރުކާރު ބަޖެޓްގަ ފައިސާ މަދުވެ، ކޮންމެހެން ކުރަންޖެހޭ ގިނަކަންކަން ދޫކޮށްލާ، އެތައް ފަހަރެއްގެ މަތިން މިދިޔަ 4 އަހަރު ވަނީ ބޮޑު އަގުގަ ދަރަންޏަށް ފައިސާ ނަގާފައެވެ. ބަޖެޓުން ފައިސާ ދީގެން ހިންގާ ސަރުކާރުގެ ކުންފުނިތައް ނުބެލެހެއްޓުމުގެ ސަބަބުން މިއަދު އެ ކުންފުނިތައް ވަނީ އާންމު އެތައް ވިޔަފާރިތަކަކަށް ދަރާ ބަނގުރޫޓު ވުމުގެ މަގުމަތީގައެވެ." އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ، މި ސަރުކާރުގެ 4 އަހަރާ ބައި ތެރޭގަ، ނުރަނގަޅު ކަންކަން ރަނގަޅު ކުރުމަށްޓަކާ ބައްދަލުވުންތަކުގައާ، މެސެޖުންނާ އަދި ސިޓީއިން ވާނީ ލަފާ އަރުވާފައިވާނެ ކަމަށާ، އަދި ސަރުކާރުން ނުކޮށް ދޫކޮށްލެވިގެންދާ ސިޔާސަތުތައް ހިންގުމަށް އެސްޓީއޯ އިން އިސްނަގާ އެކަން ކުރެވިފައިވާނެކަމަށެވެ. ހަމައެހެންމެ، ސަރުކާރުގެ އިޤްތިސާދީ އަދި މާލީ ކަންކަން ރަނގަޅުކޮށް ލުއިކޮށްދިނުމަށްޓަކާ ލަފާއަރުވާ އަދި އެތައް ފަހަރަކު ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކުން ސަރުކާރު ބަޖެޓަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ސަރުކާރު ހިންގުމުގެ ވައްޓަފާޅިއަށް އެއްވެސް ބަދަލެއް ނައުމުން، ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣްލަބިއްޔަތު އޮވެ 5 އަހަރުގެ ވެރިކަމެއް ނިމޭއިރު ކޯލިޝަނަކާ ނުލާ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަމަށް ޤަބޫލުކުރެވުމާ، ބައިއިލެކްޝަންތަކުގަ މުޅި ސަރުކާރު ބަޖެޓް ހުސްވާވަރަށް ޚަރަދުކޮށް މަތިމައްޗަށް ކުއްލިޔަކަށް އެ ދާއިރާއަކަށް ޕްރޮޖެކްޓްތައް ހިންގަން ފަށަންޖެހުމާ، ރަށު އެންމެނަށް ސަރުކާރު ކުންފުނިން ވަޒީފާ ދޭންޖެހުމަކީ ސަރުކާރަށް ރައްޔިތުން ތާއީދު ނުކުރާކަން ދޭހަވާ އަލިގަދަ ހެއްކެއް ކަމަށް އަމްރު ވިދާޅުވި އެވެ. 

އަދި ރައްޔިތުން އެމްޑީޕީއަށް ކުރި އިތުބާރު މިވަގުތު ގެއްލިގެން ގޮސްފަވާތީ އެޕާޓީއަށް ވަފާތެރި އެތައް ބައެއް ޕާޓީއާ ފެއަށް ޖެހިފައިވާ ކަމަށް އެކަން އެހެންވެގެންދިޔައީ ޕާޓީގެ ސިޔާސަތު އޮޅިގެން ނުވަތަ ގަބޫލު ނުކުރެވިގެން ނޫން ކަމަށް އަމްރު ވިދާޅުވި އެވެ.

"އަޅުގަނޑުވެސް ނުހަނު އިޚްލާސްތެރިކަމާ ހެޔޮ ނިޔަތުގާ މަސައްކަތްކުރީ އެސިޔާސަތުތައް ކުރިއަރުވާ ތަންފީޒުކުރުމަށެވެ. އަދި އެހެން ގޮތެއް ޚިޔާރުކުރަން ޖެހުނީ ގިނަ ފަހަރުތަކެއް މަތިން އިސްލާހުގެ މަގަށް ކަންކަން ގެންނަން ކުރި މަސައްކަތަށް އިޖާބައެއް ތަރުހީބެއް އެއްބާރުލުމެއް ނުލިބުމުންނެވެ." 

ހުސައިން ޢަމްރު 

މިއާއެކު އަމްރު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރުމަކީ ކުރާނެ ކަމެއް ނޫން ކަމަށާ، އެހެންކަމުން، އެމްޑީޕީއިން ދެކޭ ތަސައްވަރާ އެއްގޮތަށް ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގަ ދެމިހުންނާނެ ކަމަށެވެ.

ކޮމެންޓް
މިއުސާ
އެހެން ގޮތެއް ހިޔާލު ކުރީ ޕާޓީ އިން ބޮޑުކޮން ނޯ ޖެހީމަ ގިރި ފެޅުމަށް ސަޕޯރޓް ކޮށް އިސްލާމް ދީނަށް ފާޅުގަ ހަޖޫޖެހިމާ ކެނެރީގެނަސީދު ތިހިރީ އޮޑިން ބާލާފަ ސާފު ވެއްޖެ ކަމަށް ހިކުރަން
14 Apr 2023
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.