"ސިމްސް" ޕޯޓަލް
ހަބަރު
16 Apr 2023 | 16:19
ޑިޖިޓަލް ލައިސަންސްއަށް ބޭނުންކުރާނީ "ސިމްސް" ޕޯޓަލް، "އީ ޕޯޓަލް" އެއް ނޫން

ލައިސަންސްއަށް އެދުމުގައި ދަތިތަކެއް އުޅޭކަމަށް ބުނެ އާންމުން އެތައް ޝަކުވާތަކެއް ކުރަމުން ދަނިކޮށް، އެކަން އެގޮތަށް ދިމާވަނީ ނުބައި ޕޯޓަލް އަކުން ވަދެވޭތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "ވޮއިސް" އަށް ވިދާޅުވީ ޑިޖިޓަލް ލައިސަންސްއަށް ބޭނުންކުރާނީ "ސިމްސް" ޕޯޓަލް، ކަމަށާއި "އީ ޕޯޓަލް" ނޫން ކަމަށެވެ. އަދި އީ ޕޯޓަލް އެއީ ޓްރާންސްޕޯޓުގެ އެހެން ހިދުމަތްތަކަށް އެދުމަށް ބޭނުންކުރާ ޕޯޓަކް ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ އީ ޕޯޓަލް މެދުވެރިކޮށް މީގެ ކުރިން އަދި މިހާރުވެސް ޓްރާންސްޕޯޓުގެ ގިނަ ހިދުމަތްތައް ލިބިގެން ދާނެ ކަމަށެވެ. ޑިޖިޓަލް ޕެކޭޖުގެ ތެރެއިން ފުރަތަމަ ތައާރަފް ވެގެން ދިޔައީ ޑިޖިޓަލް ލައިސަންސް ކަމަށާއި، ކުރިއަށް އޮތް ތާނގައި ޓްރާންސްޕޯޓުގެ ހުރިހާ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން "ސިމްސް" ޕޯޓަލްގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށެވެ.

ސިމްސް ޕޯޓަލްގެ ހިދުމަތް ތައާރަފް ކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުގައެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ރައްޔިތުންނަށް ހޯދައި ދިނުމުގެ މަގު ފަހިކުރުމަށްޓަކައި ތައާރަފު ކޮށްފައިވާ "ސިމްސް" ޕޯޓަލް އަކީ ކޮންމެ މީހަކަށްވެސް އެ މީހެއްގެ އީ ފާސް އެކައުންޓް ބޭނުންކޮށްގެން ފަސޭހަކަމާއެކު ޚިދުމަތް ހޯދޭގޮތަށް ފަރުމާކޮށް ފައިވާ ޚިދުމަތެކެވެ.

ކުރިން ލައިސަންސް ޚިދުމަތް ދެމުންގެންދިޔައިރު ބައެއް ފަރާތްތަކުން ޑުރައިވިންގ ޓެސްޓުގައި ބައެއް މައްސަލަތައްދިމާވެ، ލައިސަންސް ލިބުމުގައި ދަތިތަކެއް ދިމާވަމުންގޮސްފައި ވުމާއެކު އީފާސް މެދުވެރިކޮށް އޮތެންޓިކޭޓަރގެ އެހީގައި ލައިސަންސްގެ ޚިދުމަތް ލިބިގަތުމުގެ ސަބަބުން އެ ޚިދުމަތަކީ ސައްހަ ހިދުމަތެއްކަން ޔަގީންކުރެވެއެވެ.

އީފާސް ބޭނުންކުރުމުގެ ސަބަބުން ކުރިން އެޕްލިކޭޝަންއާއެކު ހުށަހަޅުއްވާންޖެހޭ އައި.ޑީ ކާޑުގައި ހިމެނޭ މަޢުލޫމާތުތައް ހުށަހަޅަން ނުޖެހުމާއި އަދި ކޮންމެ ބޭފުޅަކަށްވެސް އެ ބޭފުޅެއްގެ އަމިއްލަ އީފާސްއިން ޚިދުމަތަށް ފަސޭހަކަމާއެކު އެދެވި އެ އެޕްލިކޭޝަންގެ ކަންކަން ކުރިޔަށް ދާގޮތް ވަގުތުން ބަލާލެވުމާއި ހުށަހަޅާ އެޕްލިކޭޝަންއަކީ ސައްހަ ތެދު މަޢުލޫމާތު ހިމެނޭ އެޕްލިކޭޝަނެއްކަން ދެނެގަނެވޭ ގޮތް ސިމްސް ޕޯޓަލްގައި ތަރުތީބުކޮށްފައެވެ.

މި ޚިދުމަތަކީ މިހާރު ރައްޔިތުން ބަލައިގަނެފައިވާ ފަސޭހަ އަދި ރައްކާތެރި ޚިދުމަތަކަށް ވުމާއި މި ޚިދުމަތުގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް ޑިޖިޓަލް ލައިސަންސް ލިބޭނެގޮތަށް ވަނީ ކަންކަން ހަމަޖެހިފައެވެ. އަދި އަމިއްލަ އީފާސް އެކައުންޓުން ސިމްސް ޕޯޓަލްއިން މި ޚިދުމަތް ހޯދުމުން ޑިޖިޓަލް ލައިސަންސް ކޮންމެ އިރެއްގައިވެސް ބަލާލެވޭނެއެވެ.

ކޮމެންޓް
އޭނަ
ދެން މި ޖެހުނީ ސިމްސް ޕޯރޓަލް ހޯދަން. ޙަބަރާއެކު ނުގެސްދެވޭވަރު އެެއްޗެއް ތޯއްޗެ!!
16 Apr 2023
ޢަނީ
ކިހިނެއްތޯ ދެން ލައިސަންސް އާކުރަން ފައިސާ ދައްކަނީ ؟
16 Apr 2023
ާހުމެދު
ކިހިނެއްތޯ ދެން ލައިސަންސް އާކުރަން ފައިސާ ދައްކަނީ ؟
17 Apr 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.