މެމްބަރު އުޝާމް --
ހަބަރު
15 Apr 2023 | 16:21
ވޯޓުލާ ވަގުތު އިތުރު ކުރެވޭނެ ހާލަތްތައް ލިޔުމުން ފެންނަން އޮތުމަކީ މުހިންމު ކަމެއް: މެމްބަރު އުޝާމް

ވޯޓުލާ ވަގުތު އިތުރު ކުރެވޭނެ ހާލަތްތައް ލިޔުމުން ފެންނަން އޮތުމަކީ މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ، ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންއަށް ވޯޓުލުމުގެ ވަގުތު އިތުރު ކުރުމާ ގުޅިގެންނެވެ.

އުޝާމް ވިދާޅުވީ، އީސީއިން އިންތިހާބުތަކުގައި ވޯޓުލާ ވަގުތު އިތުރުކުރުމަކީ ކޮމިޝަންގެ މެންބަރުން ބޭނުންވާއިރަށް ކުރެވޭ ކަމެއްގެ ބަދަލުގައި، މިކަން ކުރެވޭނެ ހާލަތްތައް ލިޔުމުން ފެންނަން އޮތުމަކީ މުހިންމު ކަމެއް ކަމަށާއި މިހާރު މިކަންކުރުމުގައި އެއްވެސް 'ކަންސިސްޓެންސީ' އެއް އޮންނަތަން ނުފެންނަ ކަމަށެވެ.

މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގައި، ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދިޔުމަށް ދަތިވެފައިވާތީ ކަމަށް ބުނެ، ވޯޓުލުމުގެ ވަގުތު މިއަދު 17:00އަށް ވަނީ އިތުރު ކޮށްފައެވެ.

މިދާއިރާގެ ބައި-އިލެކްޝަންގައި 3 ސިޔާސީ ޕާޓީގެ ކެނޑިޑޭޓުން ވާދަ ކުރެއެވެ. އެއީ ޕީޕީއެމްގެ ފަރާތުން ހުސައިން ރިޒާ، އެމްޑީޕީގެ ފަރާތުން އިބްރާހިމް ޝާޒް އަދި އެމްއެންޕީގެ ފަރާތުން އަލީ އާރިފްއެވެ.

މި ދާއިރާގެ ރަށްތައް ކަމަށްވާ ގުރައިދޫއާއި މާފުއްޓާއި ގުޅީގެ އިތުރުން މާލޭގައި ވޯޓް ފޮށި ބަހައްޓާފައި ވެއެވެ. އެގޮތުން މާފުށީގައި 3 ވޯޓް ފޮށި ބެހެއްޓިފައިވާއިރު ގުރައިދޫގައި 2 ވޯޓް ފޮށި އަދި މާލެއާއި ގުޅީގައި 1 ވޯޓް ފޮށި ބެހެއްޓިފައިވެއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 3423 މީހުންނަށެވެ.

މި ދާއިރާގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެ މަގާމު ފުރުއްވަމުންދިޔަ ޕީޕީއެމްގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރާވުމާއި ގުޅިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jul 2026
މެދުއިރުމަތީގެ ހާލަތު ގޯސްވުމާއެކު ސޯމާލިއާގެ ކަނޑުފޭރޭމީހުންގެ ހަރަކާތްތައް އިތުރުވެއްޖެ
ކަނޑުފޭރުމުގެ މި ނުރައްކަލަކީ އިންޑިއާ ކަނޑުގެ ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ގޮންޖެހުމެކެވެ
27 Jul 2026
މިރޭ ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާފާނެ
މޫސުމީ އެލާޓްގައި މެޓް އޮފީހުން ބުނެފައިވަނީ، މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނޭކަމަށެވެ
27 Jul 2026
ދުވާ ޓްރެކާ ދިމާ ނެރުން ވަންނަން އުޅުނު ލޯންޗެއް އަރިއަޅާލައި އަޑިއަށް
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލޯންޗްގެ ބޮޑުބައި އަޑީގައި އޮތްއިރު އެ ހިސާބު މޫދުގައި އެއްބަޔަކު ތިއްބެވެ.
27 Jul 2026
މާފުށީގައި ޕެރެސެއިލިން އެއް ފަޅައިގެންގޮސް ނުރައްކާތެރި ހާދިސާއެއް
މި ހާދިސާގައި މޫދަށް ވެއްޓުނު މީހާއަށް މާބޮޑެތި އަނިޔާތަކެއް ނުވިނަމަވެސް މާފުށި ސިއްހީ މަރުކަޒުން ފަރުވާ ހޯދިކަމަށް އެރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ
27 Jul 2026
އިސްރާއިލް ސިފައިން ފަރުވާ ހުރަސްއެޅުމުން ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެ
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަސްކަރީ ޗެކްޕޮއިންޓެއްގައި އިސްރާއީލް ސިފައިން އެމްބިއުލާންސް ހުއްޓުވައި ލަސްކުރުމުގެ ސަބަބުން، ބަނޑަށް ހަ މަސްވެފައިވާ ފަލަސްތީނުގެ އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެއެވެ.
27 Jul 2026
ކޯސްޓްގާޑުގެ އެމްއާރުސީސީ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި
މިއަދު ހެނދުނު ވިލިމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިމާރާތް ހުޅުވައިދެއްވައި، އެމްއާރުސީސީގެ އޮޕްސްރޫމް ބައްލަވާލައްވައި ސެންޓަރުގެ އޮޕަރޭޝަނަލް ޤާބިލުކަމާއި ވަސީލަތްތައް ބައްލަވާލައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިމާރާތުގެ ގޯތިތެރޭގައި ގަހެއް ވެސް އިންދަވައިދެއްވާފައެވެ.
27 Jul 2026
ފަޅުރަށަކުން ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، ވެލި ބަސްތާތައް ހުސްކުރުވައިފި
ފަޅުރަށަކުން ޤަވާއިދާ ޚިލާފަށް ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، އެ އެމީހުން ނަގާފައިވާ ވެލިތައް އަނބުރާ ހުސްކުރުވައިފިއެވެ.
27 Jul 2026
އީރާނުގެ އުޅަނދަށް ޔޫކްރެއިނުން ދިން ހަމަލާއަށް ރައްދުދޭނަން
ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އެ ގައުމުގެ އުޅަނދަކަށް އަމާޒުކޮށް ޔޫކްރެއިނުން ދިން މި ހަމަލާގައި އެއްޗެއް ގޮވައި، އުޅަނދުގައި ހުރި ފަޅުވެރިއަކު ވަނީ މަރުވެފައެވެ. އަދި މި ހާދިސާގައި އިތުރު ފަޅުވެރިއަކަށް އަނިޔާވެފައިވާ ކަމަށްވެސް އީރާނުން މައުލޫމާތު ދެއެވެ.