ޖޭސީއައި ގެ ފަރާތުން ހަދިޔާ ޕެކޭޖްތައް ބަހަނީ -- ފޮޓޯ/ ޖޭސީއައި
ހަބަރު
16 Apr 2023 | 15:17
ބޭނުން ޖެހިފައިވާ އާއިލާތަކަށް ޖޭސީއައިގެ ފަރާތުން ހަދިޔާ ޕެކޭޖް ބަހައިފި

ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލް (ޖޭސީއައި) ގެ ފަރާތުން ބޭނުން ޖެހިފައިވާ އާއިލާތަކަށް ހަދިޔާ ޕެކޭޖް ބަހައިފިއެވެ.

'އެކުގައި' ނަމުން ނަން ދެވިފައިވާ މި ޕްރޮގްރާމާ ބެހޭގޮތުން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ޖޭސީއައިގެ ސިޔާސަތާއި ބައިނަލްއަގުވާމީ ގުޅުންތަކާއި ބެހޭ ޚާއްސަ އެޑްވައިޒަރ މުހައްމަދު ހޫދު ވިދާޅުވީ މިއީ ބޭނުން ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމި ކުރިއަށް ގެންދާތާ ދެތިން އަހަރެއް ވެދާނެ ކަމަށެވެ.

ހާއްސަކޮށް ރޯދަމަހާ ގުޅުވައިގެން، އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ހަދިޔާ ޕެކޭޖް ބެހުމަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މިއަދު 30 އާއިލާއަކަށް ޕެކޭޖް ބަހާފައިވާ ކަމަށް ހޫދު ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ހިޔާ ފްލެޓް ސަރަހައްދުގައި ހަރަކާތްތެރިވާ އާންމު އެކުވެރިންގެ ގުޅުން (އޭއީޖީ) އާއި ގުޅިގެން، އެއްކޮށް އެއްތަނެއްގައި ކަމަށެވެ.

މީގެކުރިން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާ ގޮތަށް ބަލާއިރު، 'ފުޑް ޕެކޭޖް' ގޮތުގައި އެހީ ތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް ފޯރުކޮށްދީފައިވާނެ ކަމަށް ހޫދު ވިދާޅުވިއެވެ.

މި ޕްރޮގްރާމް ޖޭސީއާއެކު ޕާޓްނާކުރާ އޭއީޖީއިން، އެހީއަށް ބޭނުންވާ މީހުންގެ ލިސްޓުތަކެއް ގެންގުޅޭކަން ފާހަގަކޮށް ހޫދު ވިދާޅުވީ، މިއީ އާއްމުކޮށް އިއުލާނު ކޮށްގެން، ސޯސަލް މީޑިޔާއާއި ހިޔާ ކޮމިއުނިޓީ ގްރޫޕްތަކުގައި ޖަހައިގެން އެހީ ބޭނުންވާ ފަރާތްތައް ހޯދައި ނަންތައް ނޯޓުކޮށްގެން ހަދާފައިވާ ލިސްޓުތަކެއް ކަމަށެވެ.

މިއަދުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހިޔާ ޓަވަރު 3 އަދި 4 ކައިރީގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.