ޝަރީފު އެމްޑީޕީގެ ކެންޑިޑޭޓު ޝާޒާއެކު/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
16 Apr 2023 | 22:17
ގުރައިދޫ ގޮނޑި ލިބުމަކީ ރިޔާސީ އިންތިޚާބު ކާމިޔާބުވާނެކަމުގެ ހެޔޮ ފާލެއް: ޝަރީފު

ނިމިދިޔަ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވެސް އެ ޕާޓީއަށް ކާމިޔާބު ވާނެކަމުގެ ހެޔޮ ފާލެއް ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަދި މިހާރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައި ވަނީ ހުސްވެފައިވާ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރުމާއި ގުޅިގެން އެމްޑީޕީގެ ކެންޑީޑޭޓު ޝާޒަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

ޝަރީފު ސިފަކުރެއްވި ގޮތުގައި ގުރައިދޫ ދާއިރާގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވުމަކީ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރަށް ލިބުމަށް އޮތް ހެޔޮ ފާލެކެވެ. 

ޝަރީފަކީ މި އިންތިޚާބުގައި އެމްޑީޕީއަށް ގޮނޑި ކާމިޔާބު ކޮށްދިނުމަށް ދާއިރާގެ ރަށްތަކަށް ވަޑައިގެން ވަރަށްް ގާތުން އިންތިޚާބުގެ ކަންކަން ބައްލަވާ މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. 

"ތީ އަޅުގަނޑުމެން އެމްޑިީޕީ ވަރަށް ފަޚުރުވެރިވާ ގޮނޑިއެއް. އިބްރާހިމް މުޙައްމަދު ޞާލިހަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އޮތް ހެޔޮ ފާލެއް. މިހާރު މިސްރާބު ޖަހާފައި މިވަނީ ރިޔާސީ އިންތިޚާބަށް"

ސްޓެލްކޯ އެމްޑީ އަހުމަދު ޝަރީފު 

މި އިންތިޚާބަކީ ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮތްވާ ބޭއްވި އިންތިޚާބަކަށް ވެފައި، އިންތިޚާބުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީން ވާދަކޮށްފައިވާއިރު، އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވުމަކީ އެ ޕާޓީ މިހާރު ދަތުރުކަމުންދާ މިސްރާބު ރަނގަޅުކަމަށް ބުނެދޭ ކަމެއްކަމަށް އެމްޑީޕީގެ ސަރުކާރު ފަޅީގެ ބޭބޭފުޅުން ވެސް ދަނީ ވިދާޅުވަމުން ނެވެ. 

މި އިންތިޚާބު އެމްޑީޕީން ކާމިޔާބުކޮށްފައި ވަނީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި އޭނާގެ ވަފާތެރިން ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. 

މި ކާމިޔާބަށްފަހު ރައީސް ޞާލިހުގެ ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުން ވިދާޅުވަމުން ދަނީ ނަޝީދާއި ނުލާވެސް އެމްޑީޕީ ހިންގޭކަން މި އިންތިޚާބުން ޔަގީންވެގެން ދާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.