އައިޖީއެމްއެޗް-- ފޮޓޯ/ ރާއްޖެ އެމްވީ
ހަބަރު
17 Apr 2023 | 19:58
ތަޖުރިބާކާރު ޑޮކްޓަރުންނާއި އެކު ހިތުގެ ބަލިތަކަށް ހާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވަނީ

ތަޖުރިބާކާރު ޑޮކްޓަރުންނާއި އެކު އައިޖީއެމްއެޗްގެ ހިތުގެ ބަލިތަކަށް ޚާއްސަ ވޯކްޝޮޕް، ކޮމްޕްލެކްސް ޕީ.ސީ.އައި ވިތު އިމޭޖިންގ، މިމަހު ފަހު ކޮޅު ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ އައި.ޖީ.އެމް.އެޗް ގެ ނޭޝަނަލް ކާޑިއެކް ސެންޓަރުން ބާއްވާ މިފަދަ ދެވަނަ މަސައްކަތު ބައްދަލުވުމެވެ.

އައިޖީއެމްއެޗް އިން ބުނީ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޭޕްރިލް މަހުގެ 28، 29 އަދި 30 ވަނަ ދުވަހު ކަމަށެވެ.

މިއާއެކު އެ ހޮސްޕިޓަލުން ބުނީ މިފަހަރުގެ ބައްދަލުވުމުގައި ބޭރުގެ 4 ކާޑިއޮލޮޖިސްޓުން ކިޔަވައިދިނުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އެއީ އިޓަލީގެ ޑރ. އިމާދު ޝައިބާންއާއި، ޖަރުމަނުގެ ޑރ. ޖެރަލްޑް ވާރނަރ އާއި އިންޑިއާގެ ޑރ. ޕަރަތާޕް ކުމާރު އާއި، ބަންގްލަދޭޝްގެ ޑރ. ޤުލާމް އަޒަމްއެވެ. މީގެ އިތުރުން އަދި މި ބައްދަލުވުމުގައި އައި.ޖީ.އެމް.އެޗް ގެ 4 ކާޑިއޮލޮޖިސްޓުންވެސް ކިޔަވައިދިނުމުގައި ބައިވެރިވާނެ ކަން އައިޖީއެމްއެޗް އިން ވަނީ ފާހަގަކޮށްފައެވެ.

އައިޖީއެމްއެޗް އިން އިތުރަށް ބުނީ، މި ބައްދަލުވުމަށް މިފަހަރު 30 އަށްވުރެ ގިނަ ރާއްޖެއިންބޭރުގެ ކާޑިއޮލޮޖިސްޓުން ތަމްރީނު ހޯދުމަށްޓަކައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ ފަސޭހައިން ނުހުޅުވޭގޮތަށް ބެދިފައިހުންނަ ހިތުގެ ހޮޅިތައް އެކިވައްތަރުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮއްގެން އަދި ހިތުގެ ހޮޅީގެ އެތެރެއަށް ލައްވާ ސްކޭންކުރާ ކެމެރާތަކުގެ އެހީގައި ހުޅުވާނެގޮތްތައް ކިޔަވައިދިނުން ކަމަށް ވެސް އައިޖީއެމްއެޗުގައި ބުނެއެވެ. އަދި މި ކިޔަވާދެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނަކީ މި ހުނަރާއި ތަޖުރިބާގައި ދުނިޔެއަށް މަޝްހޫރު ބޭފުޅުން ކަން އައިޖީއެމްއެޗް އިން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.