ޕީޖީ ޝަމީމަށް މަޤާމުގެ ފަތްކޮޅު އަރުވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
17 Apr 2023 | 23:58
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޕީޖީ ޝަމީމު ގެނައުމަށް ސިއްރު މަޝްވަރާތަކެއް ކޮށްފި!

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމުގައި ހުންނެވި ހުސެއިން ޝަމީމު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ސިއްރު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށް ތުހުމަތުކޮށްފި އެވެ. 

އެ ތުހުމަތު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ކުރެއްވި ޓްވީޓެއްގަ އެވެ. 

މުޙައްމަދު އިސްމާއިލް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މަޤާމުން އަލްއުސްތާޛު މުއުތަސިމް އަދުނާމު ވަކިކުރުމަށްފަހު އެ މަޤާމަށް މިހާރު ޕީޖީގެ މަޤާމުގައި ހުންނެވި ހުސައިން ޝަމީމު ގެނައުމަށް ރައީސް ޞާލިހު ސިއްރު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ. 

އަދި ޕީޖީގެ މަޤާމަށް ގެނައުމަށް މަޝްވަރާކޮށްފައިވަނީ ސުޕްރިމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދުގެ ކޮއްކޮ ޝަހުދީ އަންވަރުކަމަށް އެ ޓްވީޓުގައި ފާހަގަކޮށްފައި ވެއެވެ. 

އެކަން ހާމަކުރައްވާ މުޙައްމަދު އިސްމާއިލް ވިދާޅުވީ އެއީ ސައްތައިން ސައްތަ ޔަޤީން ޚަބަރެއް ކަމަށެވެ. 

އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކޮށް ހުސްނުއްސުޢޫދުގެ ކޮއްކޮ ޝަހުދީ އަންވަރު ޕީޖީ ކަމުގެ މަޤާމަށް ގެނެސް އުއްތަމަ ފަނޑިޔާރަކަށް އެމްޑީއެންގެ ( މިހާރުގެ ޕީޖީ) ޝަމީމު ހަމަޖައްސަން ރައީސް ސިއްރު މަޝްވަރާ ތަކެއް ކުރައްވައިފި. މިއީ ސައްތައިން ސައްތަ ޔަޤީން ޚަބަރެއް"

ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް 

ޝަމީމު އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ގެނައުމަށް ސިއްރު މަޝްވަރާތަކެއް ކުރަން ފަށާފައިވާކަމުގެ ތުހުމަތު ކުރައްވާފައިވަނީ ރައީސް ޞާލިހުގެ އޯޑަރަށް އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ދައުވާ އުފުލާފައިވާ މި ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ އަނބުތާ ގެނައުމަށް ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. 

އެ މައްސަލަ އަނބުރާ ގެނައުމަށް ކްރިމިނަލް ކޯޓަށް ސިޓީ ފޮނުމަށް ޕީޖީ ޝަމީމު ދައުލަތުގެ ވަކީލުންނަށް އަންގާފައިވަނީ ރައީސް ޞާލިހު ވިދާޅުވެގެންކަމަށް ޕީޖީގެ ޕްރޮސެކިއުޓަރުންނާއި ހަވާލާދީ ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ. 

އެކަން ޕީޖީ ޝަމީމު ދޮގުކުރައްވާފައެއް ނުވެއެވެ. އޭގެ އިތުރުން މަހުލުފުގެ މައްސަލަ އަނބުރާ ގެނައުމާއި މެދު ދެކޮޅު ހެދުމުގެ ސަބަބުން އެ މައްސަލަ ބަލާ ޕީޖީގެ ޕްރޮސެކިއުޓަރުންގެ ޓީމަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. 

ކޮމެންޓް
އަހުމަދު
މީ އުއްތަމަ ފަނޑިޔާރަކަށް އެންމެ ކަމުދާ ހިޔަޅު. މުޅިޤައުމުގެ ކްރިމިނަލް ޖަސްޓިސް ސިސްޓަމް ހަލާކުކޮއްލީ މިކަލޭގެ.
18 Apr 2023
ޢަލީ ރަޝީދު
ރަމްޒާން މަހުގެ 27 ވިލޭރޭ ފާހަގަ ކުރަންވެސް މި މުހަންމަދު މެންނަށް މިއެގުނީ ބޮޑު ސިންގާ ދޮގަކުންނެވެ. ތިޔަކަން ކުރަން ދަންނަ މީހުން ތިޔަ ތަނުގައި ވަރަށް ގިނަވާނެއެވެ. ދިވެހިންނަށް ކަލޭމެން ބަރާބަރަށް އެގެއެވެ.
18 Apr 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.