މަޑުއްވަރީ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ގުރުނެގުމުގެ ރަސްމިއްޔާތު ތެރެއިިން
ކުޅިވަރު
18 Apr 2023 | 21:07
މަޑުއްވަރީ ކައުންސިލް ފުޓްސަލް ފިއެސްޓާ ގުރުނަގައިފި

ރ.މަޑުއްވަރީ ކައުންސިލްގެ ފަރާތުން މިއަހަރުގެ ފިތުރު އީދު ބަންދުގައި އެރަށުގައި ބާއްވާ ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ.

ދެ ޑިވިޝަނަކަށް ބަހާލައިގެން އޭޕްރިލް 21-28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 10 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ އަންހެން 3 ޓީމާއި ފިރިހެން 7 ޓީމެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމުގެ މެދުގައި ފައިނަލް ކުޅޭ އިރު، ފިރިހެން ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނައަށް ދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭ އިރު މުބާރާތުގެ ދެ ޑިވިޝަންގެ ވެސް ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރިލް މަހުގެ 28 ވަނަ ދުވަހުގެރޭ އެވެ.

މި މުބާރާތާއި ބެހޭގޮތުން ވޮއިސް އަށް މައުލޫމާތު ދެމުން މަޑުއްވަރީ ކައުންސިލްގެ ފަރާތުން އަހުމަދު ސައީދު ބުނީ މި ރަށުގައި ކޮންމެ އަހަރަކުވެސް އީދު ބަންދާއި ދިމާކޮށް ފުޓްބޯޅަ މުބާރާތެއް ބާއްވާކަމަށާއި، ނަމަވެސް އެކި ސަބަބުތަކާ ހުރެ 2018 ވަނަ އަހަރަށް ފަހު އެކަން ހުއްޓިފައިވާ ކަމަށެވެ. 

މިވަގުތު ރާއްޖޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރަކީ ފުޓްސަލް ކަމަށްވެފައި މިރަށުގެ ޒުވާނުންނަށް ފުޓްސަލްގައި ކުރިއަށް ދިއުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން ބާއްވާ މުބާރާތެއްމިއީ، މީގެ ސަބަބުން ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާވެ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިވެގެންދާނެކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ..

މީގެއިތުރުންވެސް މި މުބާރާތުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންމެ ޓީމެއް ގައި ވެސް ރަށުން ބޭރުގެ ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ދީފައިވާނީ، އަދި އޭގެ ސަބަބުން މިރަށުގެ ޒުވާން ކުޅުންތެރިންނަށް މުސްތަގުބަލުގައި އޭގެ ފައިދާ ކުރާނެކަމަށް ސައީދު ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.