ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމް
ހަބަރު
20 Apr 2023 | 06:21
ފަލަކީ ހިސާބުން ދައްކާ ގޮތުން މާދަމާއަކީ އީދު: މައުމޫން

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން ވިދާޅުވީ އިތުބާރު ހުރި ފަލަކީ ހިސާބު ކަށަވަރުކޮށްދޭ ގޮތުގައި، މި ހިނގާ 1444 ވަނަ އަހަރުގެ ރަމަޟާން މަސް ވާނީ 29 ދުވަހުގެ މަހަކަށް ކަމަށެވެ. ސަބަބަކީ 20 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސުމަށްފަހު ވަރަށް ގިނަ އިސްލާމީ ޤައުމުތަކަށް ހަނދު ނޯއްސި ހުންނާނެތީ ކަމަށް މައުމޫން ވިދާޅުވިއެވެ.

"މިގޮތުން، ދިވެހިރާއްޖެއަށް އެދުވަހު އިރުއޮއްސެނީ ހަވީރު 6:11 މިނެޓުގައި. ހަނދު އޮއްސެނީ 6:27 މިނެޓުގައި. އެހެންކަމުން، އެދުވަހު އިރުއޮއްސުމަށްފަހު 16 މިނެޓުއިރު ރާއްޖެއަށް ހަނދު ނޯއްސި ހުންނާނެ" މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން މައުމޫން ވިދާޅުވީ މިއަދުގެ އިރުއޮއްސުމަށްފަހު މައްކާއަށް 24 މިނެޓު ހަނދު ނޯއްސި ހުންނާނެ ކަމަށާއި މިސުރަށް 27 މިނެޓު ހަނދު ނޯއްސި ހުންނާނެ ކަމަށެވެ. އަދި އިންޑޮނީޝިޔާގެ ޖަކާޓާއަށް 9 މިނެޓް ހަނދު ނޯއްސި ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ތުރުކީއަށް 31 މިނެޓު ، މޮރޮކޯގެ ރަބާޠަށް 35 މިނެޓު، ސައުތު އެފްރިކާގެ ކޭޕް ޓައުނަށް 13 މިނެޓް އަދި އާޖެންޓީނާގެ ބުއެނޮސް އެއާރީސްއަށް 20 މިނެޓު ހަނދު ނޯއްސި ހުންނާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

އެހެންކަމުން، މިއަހަރުގެ ޝައްވާލު މަހުގެ 1 ވާނީ، ފަލަކީ ހިސާބުން ދައްކާގޮތުގައި، މި އެޕްރީލް މަހުގެ 21 ވާ ހުކުރު ދުވަހަށް ކަމަށް މައުމޫން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.