ސްޓެލްކޯގެ މުއަޒަފުން
ހަބަރު
22 Apr 2023 | 15:59
ކަރަންޓު އިގްތިސާދު ކުރުމަށް އަނެއްކާވެސް ސްޓެލްކޯއިން ހަނދާންކޮށްދީފި

މި މަހާއި އަންނަ މަހަކީ މިއަހަރުގެ އެންމެ ހޫނުގަދަ ދެމަސް ކަމަށް ވުމުން މި ދެމަހުގައި ކަރަންޓަށް އިގްތިޞާދު ކުރުމަށް އަނެއްކާވެސް ސްޓެލްކޯއިން އިލްތިމާސްކޮށް، ހަނދާންކޮށްދީފިއެވެ.

ސްޓެލްކޯއިން ބުނީ، މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައި ވާގޮތަށް، މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

ސްޓެލްކޯއިން ބުނީ، އޭޕްރީލް އަދި މެއި މަހަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައް ކަމުގައި ކަމާއިބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ކަމަށެވެ. އަދި މިދުވަސްތައް ރޯދަ މަހާއި ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

މިއާއެކު ސްޓެލްކޯއިން ބުނީ، އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެހެންދުވަސްތަކާއި ޚިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުގައިވެސް ކަރަންޓު އުފައްދަންޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން ކަރަންޓު ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮންމެ އަހަރަކުވެސް މިދުވަސްވަރު ހޫނުގަދަވެ، ކަރަންޓު ބިލްތަކަށް ބޮޑު ބަދަލެއް އަންނާތީ ކަސްޓަމަރުންގެ ސަމާލުކަމަށް މިކަންގެނެސް ކަރަންޓުގެ ޚަރަދު ކުޑަކުރަން ކުރެއްވެން ހުރި ކަންކަން ހާމަކޮށްދީ ޚަރަދު ކުޑަކުރުމަށް ސްޓެލްކޯއިން ބާރުއަޅައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފްފައިދާ އިތުރުވެއްޖެ
އެސްޓީއޯގެ ޓްރޭޑިން އެކައުންޓަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުރީ ކުއާޓަރުތަކަށްވުރެ އިދާރީ ހަރަދުތައް ކުޑަކޮށްފައި ވުމެވެ
29 Jul 2026
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
29 Jul 2026
ސައުދީން ދިން ހަމަލާއާ ގުޅިގެން އިރާގުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
އިރާގުގެ 'ޕޮޕިއުލާ މޮބިލައިޒޭޝަން ޔުނިޓްސް' އިން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގެ އެކި ޕްރޮވިންސްތަކުގައި ހުރި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ 20 މެންބަރަކު ވަނީ މަރުވެފައެވެ. އަދި އިތުރު 32 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.
29 Jul 2026
ޔެލީ ސުޕަމާޓް" ނަމުގައި އައު ފިހާރައެށް ހުޅުމާލެ ފޭސް 2 ގައި
އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔެލީގެ ފަސްވަނަ ފިހާރަ ކަމަށްވާ "ޔެލީ ސުޕަމާޓް" ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފިއެވެ. މި އާ ސުޕަމާޓު ރަސްމީކޮށް ހުޅުވައިދެއްވީ ޔެލީގެ އޯނަރުންގެ ބައްޕަ މުހައްމަދު ސަލީމެވެ.
29 Jul 2026
ހުޅުމާލެ ރަށު މާރުކޭޓު ރެއިޑްކޮށް 20 ބިދޭސީއަކު ހައްޔަރުކޮށްފި
ޓާސްކް ފޯސް އިން ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި އޮޕަރޭޝަނެއްގައި 55 ބިދޭސީއެއްގެ ލިޔެކިޔުން ބަލައި، ޤަވާއިދާ ޚިލާފުވި 20 މީހަކު ހައްޔަރުކޮށްފިއެވެ.
29 Jul 2026
މުޅިން އަލަށް ވާދަކޮށް، އެއިޓީން ތާޓީ ކްލަސިކްގެ ތަށި އެޗްޑީސީން އުފުލާލައިފި
މިއީ މި މުބާރާތުގައި އެޗްޑީސީން ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޓީމުން ތަށި އުފުލާލީ ފައިނަލްގައި ސްޓެލްކޯގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
29 Jul 2026
އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ
މި މުއާމަލާތާ ބެހޭ މައުލޫމާތު ހުރި ތިން މަސްދަރަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގާތްގަނޑަކަށް 60 އާއި 70 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މި އެއްބަސްވުމުގެ ދަށުން 300 އާއި 400 އާ ދެމެދުގެ އަދަދަކަށް "މޭން-ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމްސް" އީރާނަށް ލިބޭނެއެވެ. މީގެ ތެރޭގައި ޗައިނާގެ QW-12 އާއި FN-16 މަރުކާގެ މިސައިލްތައް ހިމެނެއެވެ.
29 Jul 2026
ސަރުކާރުން ޝޯވ ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް
އޮސްޓްރޭލިއާގެ ބޭންޑެއް ކަމަށްވާ 'ބިޔޯން އަގެއިން' އިން މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މިއުޒިކް ޝޯ ސަރުކާރުން ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.