އިންތިޚާބެއްގައި ވޯޓްލުމުގެ ތެރެއިން
ހަބަރު
23 Apr 2023 | 12:33
މާއުނގޫދޫ އާއި ރ. މީދޫގެ ޑަބްލިޔުޑީސީ ބައި-އިލެކްޝަން އިންތިޙާބަކާނުލާ ޕީޕީއެމް ކާމިޔާބުކޮށްފި

ށ. މާއުނގޫދޫ އަދި ރ. މީދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި ޕީޕީއެމް އާއި ވާދަކުރާނެ ކެނޑިޑޭޓެއް ނުވުމުގެ ސަބަބުން އިންތިޙާބަކާނުލާ ޕީޕީއެމް ކާމިޔާބުކޮށްފިއެވެ.

އެގޮތުން ށ. މާއުނގޫދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އެރަށަށް ނިސްބަތްވާ ގަހާ، ޢާއިޝަތު ޙަނީފާ، ހޮވިފައިވާއިރު ރ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ހޮވިފައިވަނީ އެރަށަށް ނިސްބަތްވާ ފޭރުމާގެ، ވަސީމާ އިބްރާހީމްއެވެ.

މީގެ އިތުރުން ގދ. ވާދޫގައިވެސް ވާދަކުރާނެ އެހެން ކެނޑިޑޭޓަކު ނެތުމުގެ ސަބަބުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ޕީޕީއެމްގެ ލިއުޝާ އިބްރާހީމް ހޮވިފައިވާ ކަމަށް އެޕާޓީއިން ވަނީ ބުނެފައެވެ.

ޖޫން 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނަށް ހުޅުވާލި 10 ރަށުގެ ތެރެއިން ފ. ބިލެތްދޫއަށް ކެންޑިޑޭޓަކު ކުރިމަތިލާފައިނެތް ކަމުގައި ވިޔަސް ބާކީއޮތް 6 ރަށަށްވެސް ޕީޕީއެމްގެ ކެނޑިޑޭޓުން ވާދަކުރާ ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

އެގޮތުން ބާކީ ހުރި ރަށްތަކަށް ވާދަކުރާ ޕީޕީއެމް ކެނޑިޑޭޓުން:

-ހދ. ފިނޭއަށް ޒުހުދާ މުޙައްމަދު، ވާވެލާވެލި، ކެންޑިޑޭޓް ނަންބަރު 2

-މ. ވޭވަށަށް ޝިފާޒާ އިބްރާހީމް، ސޯސަންވިލާ، ކެންޑިޑޭޓް ނަންބަރު 2

-ކ. ދިއްފުއްޓަށް އާއިޝަތު ސާހިރާ، ހަނދުވަރީގެ، ކެންޑިޑޭޓް ނަންބަރު 1

-ތ. ގާދިއްފުއްޓަށް ނިހާމާ ޢަބްދުالله، ހުދުފިނިފެންމާގެ، ކެންޑިޑޭޓް ނަންބަރު 2

-ގދ.ހޯނޑެއްދޫ އާށް ނަޒުރާނާ ޙުސައިންމަނިކު، ސަޓާ، ކެންޑިޑޭޓް ނަންބަރު 1

-ލ. މާމެންދޫއަށް ސަޢުދިއްޔާ ޙުސައިން، ދެކުނުގެ، ކެންޑިޑޭޓް ނަންބަރު 1

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.