ޗާގޯސް ސަރަހައްދު/ ފޮޓޯ: އިންޓަނެޓް
ހަބަރު
24 Apr 2023 | 05:13
ފޯޅަވަހި މައްސަލައިގައި ހުކުރު ދުވަހު ގޮތް ނިންމަނީ

ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް އަންނަ ހުކުރު ދުވަހަށް ތާވަލުކޮށްފި އެވެ. 

އިޓްލޮސް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ 11:00 ގައި ކަމަށެވެ. އެއީ ރާއްޖެ ގަޑިން 8:00 ގައެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ. މި މައްސަލަ އިޓްލޮސްއަށް ހުށަހެޅި ހިސާބުން ފެށިގެން ރާއްޖެއިން އަންނަނީ އެ މައްސަލަ އިޓްލޮސްއަށް ނުބެލޭނެ ކަމަށް ވަކާލާތުކުރަމުންނެވެ.

މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވަނީ ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތާއި ބަންޑާރަ ނައިބުގެ ނައިބު، ހަދީޖާ ޝަބީން އެވެ.

މި މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައިވާއިރު، ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަނެ، އެ ގައުމާ އެއްކޮޅަށް އދ. ގައި ވޯޓު ދިނުމަށް ރާއްޖެއިން މިދިޔަ އަހަރު ވަނީ ނިންމާފައެވެ.

އެއާއެކު މި ނިންމުމަކީ އިމުގެ މައްސަލައިގައި ހިލާފު އުފެދިފައިވާ ސަރަހައްދު މޮރިޝަސް އަށް ދޭން ނިންމުން ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ފަރާތްތައް އަދި ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި ހަރަކާތްތެރިވެފައިވާ ފަރާތްތައް ގެންދަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުން ނެވެ. 

ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވަމުން ދިއުމާއި ގުޅިގެން، ދިފާއުގައި ސަރުކާރުން ބުނީ ސްޓޭންޑު ބަދަލުކުރީ ޗާގޯސްގެ މިނިވަންކަމާއި މެދުގައި ކަމަށާއި، އިމުގެ މައްސަލައިގައި ދައުލަތުގެ ސްޓޭންޑު ބަދަލު ނުކުރާ ކަމަށެވެ. 

ޗާގޯސް މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙާއްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިއްރު ސިޓީފުޅެއް ފޮނުވާފައިވާ މައްސަަވެސް ވަނީ ހޫނުވެފަ އެވެ.

ކުރީގެ ބަންޑާރަ ނައިބު ޑރ މުނައްވަރުގެ އިތުރުން އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން ގެންދަވަނީ ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑު ބަދަލުކުރީ ފައިސާގެ ޑީލެއް ހަދައިގެންކަމަށް ތުހުމަތު ކުރައްވަމުން ނެވެ. 

މި މައްސަލައިގައި ގޮތް ނިންމުން ހުކުރު ދުވަހަށް ތާވަލުކޮށްފައިވާއިރު، މި މައްސަލަ ރާއްޖެއާއި ދެކޮޅަށް ނިމިއްޖެ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭނެކަމަށް ޤާނޫނީ ފަންނުގެ ބޭބޭފުޅުން އިއްތިފާގު ވެއެވެ. އަދި އެކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެކަމަށް އެ ފަރާތްތައް ދަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.