ރޮނާލްޑޯ އަލް ވަހްދާއި ދެކޮޅަށް ކުޅެނީ
ކުޅިވަރު
25 Apr 2023 | 01:43
އަލް ވަހްދާ އަތުން ބަލިވެ، ކިންގް ކަޕުން އަލް ނަސްރު ކަޓައިފި!

ސައޫދީ ކިންގް ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ރަށުން ބޭރުގައި އަލް ނަސްރު ބަލިކޮށް އަލް ވެހްދާ މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިދެޓީމު އެންމެ ފަހުން ސައުދީ ލީގުގައި ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން އަލް ނަސްރު މޮޅުވެފައި އޮތުމުން މިރޭގެ ސެމީ ފައިނަލް މެޗު އެޓީމަށް ފަސޭހަ މެޗަކަށް ވާނެކަމަށް ގިނަބަޔަކު ތިބީ ގަބޫލުކޮށްގެންނެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅެއް ނުހޯދި، އެއްވަނައިގައި އޮތް އަލް އިއްތިހާދާއި ދެމެދުގައި ތިން ޕޮއިންޓްގެ ފަރަގެއް ވާއިރު، ސައުދީ ސުޕަކަޕްގެ ފައިނަލުގައި އެޓީމު ބަލިވީ ވެސް އަލް އިއްތިހާދު އަތުންނެވެ.

މި ހުރިހާ ސަބަބަކާއި ހުރެ މިސީޒަނުގައި ތައްޓެއް ކާމިޔާބު ކުރުމުގެ އެންމެ ފަސޭހަ ފުރުސަތަކަށް އޮތީ މިރޭގެ މެޗުން މޮޅުވެ ފައިނަލުގައި އަލް ހިލާލް ބަލިކުރުމެވެ.

ނަމަވެސް މެޗުގެ ކުޅުން ފެށުމާއެކު ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. އަލް ވަހްދާގެ ކުޅުންތެރިން ރޭވުންތެރިކަމާއެކު ޑިފެންސިވް ގޭމެއް ކުޅެމުންދިޔައިރު، އަލް ނަސްރުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ފަރުވާކުޑަކަމާއި އެއްވެސްކަހަލަ ރޫހެއްނެތި ކުޅެމުންދިޔަ މަންޒަރެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަަމަ ހާފުގައި އަލް ވަހްދާ އިން ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ.

މިލަނޑު ފުރަތަަމަ ހާފުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވާޑް ޑޭވިޑް ބިއުގުއެލް އެވެ. މިއީ އެޓީމުގެ ކޮސްޓަރީކާ ޑިފެންޑަރު އޮސްކާ ޑުއާޓޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފުގައި ވެސް އަދި ދެވަނަ ހާފުގައި ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް މި މެޗުގައި އަލް ނަސްރަށް ލިބުނު އިރު، ދެވަަނަ ހާފުގެ 53 ވަނަ މިނެޓުގައި އަލް ވަހްދާގެ ކުޅުންތެރިއަކު އެޓީމުގެ ޕެނަލްޓީ އޭރިއާ ބޭރުން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

މިމެޗުގައި އަލް ނަސްރުގެ ޓަލިސްކާއާއި ގަރީބުގެ އިތުރު ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ދިފާއުކުރުމުގައި އަލް ވަހްދާގެ މޮރޮކޯ ގޯލްކީޕަރު މުނީރު ވަނީ މޮޅު ކުޅުމެއް ދައްކައިދީފައެވެ. އަދި ފަހުހާފު ނިމެން އުޅެނިކޮށް އަލް ވަހްދާގެ ޕެނަލްޓީ އޭރިއާ ތެެރެއިން މުޅިން ހުސްކޮށް ހުރެ ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.