ކެޔޮދޫ މިސްކިތަށް ގެއްލުންދީފައި--
ހަބަރު
26 Apr 2023 | 10:35
މުސްހަފު ވީދާލައި މިސްކިތަށް ގެއްލުންދިން މީހާ ޝަރީޢަތް ނިމެންދެން ބަންދަށް

ވ.ކެޔޮދޫ މިސްކިތުގައި ހުރި މުސްހަފުތައް ވީދައި، މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައި މިސްކިތަށް ގެއްލުންދިންކަމަށް ތުހުމަތުވާ މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

ކެޔޮދޫ މިސްކިތުގެ ބިއްލޫރި ގަނޑު ތަޅާލައި މިސްކިތަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޢުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ 

އެމީހާ އަތުލައިގަތީ ރޭގެ ވަގުތެއްގައި މިސްކިތް ކައިރީގައި އުޅޭ ޒުވާނެކެވެ. އެޒުވާނާ ބޭރަށް ނުކުތް ވަގުތު ބިއްލޫރިގަނޑެއް ތަޅައިގެންދިޔަ އަޑު އިވިގެން ކިހިނެއް ވެގެން އުޅޭ ކަމެއްތޯ ބެލިއިރު، މިސްކިތަށް ގެއްލުން ދިނުމަށްފަހު މީހަކު މިސްކިތުން ނުކުމެގެން ދަނީއެވެ. އެވަގުތު އޭނާ ހިފަހައްޓައި ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ގޮތުން ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތުން ގޮތެއް ނިންމަންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

ކެޔޮދޫ މިސްކިތަށް ގެއްލުންދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފައި މިވަނީ، މިސްކިތުގައި ހުރި ގިނަ ޢަދަދެއްގެ މުސްޙަފް ވީދާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

އެގޮތުން މިސްކިތުގައި ހުރި ގިނަ ޢަދަދެއްގެ މުސްޙަފްތައް ވިދާލާފައިވާއިރު، އެންމެ ފުރަތަމަ އެކަން ފާހަގަވީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ. އެފަހަރު 10 މުސްޙަފް ވިދާލައިފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު 20 މުސްޙަފް ވިދާލާފައިވާކަމަށް ކައުންސިލުން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.