ޑިޖިޓަލް ލައިސެންސް-- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ
ހަބަރު
26 Apr 2023 | 13:27
ޑިޖިޓަލް ލައިސަންސް ހުރިހާ ރަށަކަށް ފުޅާކޮށްފި؛ މިހާތަނަށް 25000 އެޕްލިކޭޝަން

ރަށުގައި ހުރެ ވެސް ޑިޖިޓަލް ލައިސަންސްގެ ހިދުމަތް ހޯދޭނެ އިންތިޒާމު ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިދީފި އެވެ.

އަންގާރަ ދުވަހު އެ މިނިސްޓްރީން ބުނެފައި ވަނީ މިހާރު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ޑިޖިޓަލް ލައިސަންސްގެ ހިދުމަތް ހޯދޭނެކަމަށެވެ.

އެގޮތުން ސިމްސް އޮންލައިން ޕޯޓަލް މެދުވެރިކޮށް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް 25،000 އެޕްލިކޭޝަނަށް ޑިޖިޓަލް ލައިސަންސްގެ ހިދުމަތް ދީފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެ ޕޯޓަލް މެދުވެރިކޮށް އަތޮޅުތަކުގައި "އޭ" ޒޯން ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކައުންސިލްތަކުންވެސް ހިދުމަތް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ވަނީ އެ ޕޯޓަލް އަށް އެއްވެސް މައްސަލަ އެއް ދިމާވެއްޖެނަމަ އެކަން އެންގުމަށް އެދިފައެވެ. އަދި ޕޯޓަލް އަށް ދިމާވާ މައްސަލަތައް ހައްލުކުރަން އެ މިނިސްޓްރީން މަސައްކަތްކުރާ ކަަމަށް ވެސް ބުނެފައިވެއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ރައްޔިތުންނަށް ހޯދައި ދިނުމުގެ މަގުފަހިކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއިން އަލަށް ތައާރުފު ކުރި "ސިމްސް" ޕޯޓަލް އަކީ ކޮންމެ މީހަކަށްވެސް އެ މީހެއްގެ އީ ފާސް އެކައުންޓް ބޭނުންކޮށްގެން ފަސޭހަކަމާއެކު ޚިދުމަތް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.