ކަރާ
ހަބަރު
26 Apr 2023 | 14:30
ޗަމްޕާ ބްރަދަރސްގެ ފަރާތުން ހަދިޔާ ކުރި ކަރާ އާއި ކާށި މާދަމާ ބަހަން ފަށަނީ

ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކުރި ކާށި އަދި ކަރާ މާދަމާ ބަހަން ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު ޢިއުލާނެއްގައި ބުނީ، ދިވެހި ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދަރސްގެ ފަރާތުން ހަދިޔާ ކޮށްފައިވާ ކާށި އަދި ކަރާ އެ ކައުންސިލު މެދުވެރިކޮށް މާދަމާ ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ވަޑައިގެންނެވުމުން، ފަޤީރުންނަށާއި ޢާންމު ރައްޔިތުންނަށް ކާށި އަދި ކަރާ ލިބޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ކާށި އަދި ކަރާ ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) މާދަމާ ހެނދުނު 09:30 ން 15:00 އަށް، ރޭގަނޑު 21:30 އިން 00:00 އަށް ކަމަށްވެސް އިއުލާންގައި ބުނެފައިވެ އެވެ.

އަދި 29 އޭޕްރިލް 2023 ވަނަ ދުވަހުން ފެށިގެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އަށް، މެންދުރުފަހު 13:00 ން 17:00 އަށް، ރޭގަނޑު 20:30 ން 23:30 އަށް ވެސް އެކަން ކުރިއަށްދާނެ ކަމަށް ބުނެފައިވެއެވެ.

މީގެ ކުރީގައިވެސް ޗަމްޕާ ބްރަދާސްގެ ފަރާތުން ރޯދަ މަހަށް ޚާއްސަކޮށް ހަދިޔާކުރި 25،000 ކާށި ވަނީ މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ބަހާފައެވެ. 

ކޮމެންޓް
ާއާމިން
ރަށްރަށު އުޅޭ މީހަކަށް ނެއް ދޯ
26 Apr 2023
ގުޅޭ ލިޔުންތައް
05 Jun 2026
އަނބިމީހާ ކޮޓަރިއެެއްގައި ބަންދުކޮށް، ހަށިވިއްކުވި މައްސަލައެއް
އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، އޭނާ ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް ފިރިހެނަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
05 Jun 2026
ވ. ތިނަދޫ ރައީސްގެ ގޮނޑިއާމެދު ސުވާލު: ކައުންސިލް ހިންގުން ނާއިބަށް
އެ އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކި ގޮތެއް އަންގަންދެން ކައުންސިލްގެ ރައީސް ޝުޖާއު މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާވުަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް އަންގާފައިވެ އެވެ.
05 Jun 2026
މިއަހަރު ރައީސް މުޢިއްޒު އިސްތިއުފާދެއްވަން ޖެހޭނެ: ޞާލިޙް
މިއަހަރު ނިމުމުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށާ، މަޖިލީހުގެ ތެރެއިން އެމަނިކުފާނު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
05 Jun 2026
ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމަކީ އެންމެންގެ ޒިންމާއެއް
ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކަންތައްތައް ނަހީކުރުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ އިޖުތިމާޢީ އަދި ދީނީ ޒިންމާއެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
05 Jun 2026
ޒުވާން ޝުރުތިކާ މަރުވިއިރު ހޮޓެލުން ޗެކްއައުޓްވާން އޮތީ އެންމެ 30 މިނެޓް
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މާލްވިޔާ ނަގަރުގައި ހުރި ހޮޓަލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، މަޝްހޫރު ޓާޓާ އިންސްޓިޓިއުޓް އޮފް ސޯޝަލް ސައިންސަސް (ޓީ.އައި.އެސް.އެސް) އިން ދަސްވެނިވި އުމުރުން 25 އަހަރުގެ ޝްރުތިކާ ބަރަންވާލް ވަނީ މަރުވެފައެވެ.
05 Jun 2026
އަންހެނަކު، ރޭޕްކުރި ދެ މީހަކު މަރަން ޕާކިސްތާނު ހައިކޯޓުން ހުކުމް ކޮށްފި
ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ލާހޫރު-ސިއާލްކޮޓް މޮޓޯވޭގައި، ތިން ދަރިންގެ ކުރިމަތީގައި ފްރެންޗް އަންހެނަކު ރޭޕްކުރި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންގެ މަރުގެ ހުކުމް ލާހޫރުގެ ހައިކޯޓުން ބުދަ ދުވަހު ދަމަހައްޓައިފިއެވެ.
04 Jun 2026
އިކޯސޮކް އަށް ރާއްޖެ އިންތިހާބުވުމަކީ ތާރިހީ ކާމިޔާބީއެއް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ