މޮރިޝަސްގެ ފޮރިން މިނިސްޓަރު އަލަން ގަނޫ.
ހަބަރު
27 Apr 2023 | 13:06
އަޅުގަނޑަކި ރާއްޖޭގެ ނިންމުންތަކަށް ނުފޫޒު ފޯރުވޭ ފެންވަރުގެ މީހެއް ނޫން: މޮރިޝަސް ފޮރިން މިނިސްޓަރ

ޗާގޯސް މައްސަލައިގައި ރިޝްވަތު ހިމެނޭ ކަމަށް ކުރާ ތުހުމަތުގެ ރައްދުގައި، އެއީ މޮރިޝަސްގެ ފޮރިން މިނިސްޓަރަށް ނުފޫޒު ފޯރުވޭ ވަރުގެ ކަމެއް ނޫން ކަމަށް މޮރިޝަސްގެ ފޮރިން މިނިސްޓަރު އަލަން ގަނޫ ވިދާޅުވެއްޖެއެވެ.

އިންޑިއަން އޯޝަން ޑްރަގް އެބިއުސް ކޮންފަރެންސްގެ ހަވާސާގައި ފޮރިން މިނިސްޓަރާ ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސުވާލުކުރުމުން ގަނޫ ވިދާޅުވީ އޭނާއަކީ ރާއްޖޭގެ ނިންމުންތަކަށް ނުފޫޒު ފޯރުވޭ ފެންވަރުގެ ބޭފުޅެއް ނޫން ކަމަށައި، އެ ތުހުމަތާ ބެހޭ ގޮތުން އިތުރު އެއްޗެއް ދެންނެވޭނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ދެއްކި ވާހަކަތައް އެނގިވަޑައިގަތުމުން ކަމަށެވެ.

މީގެ އިތުރުން ގަނޫ ވިދާޅުވީ 500 މިލިއަނުގެ ވާހަކަ ފެނިވަޑައިގަތީ އެހެން މީހުންނަށް ވެސް ފެނުނު ގޮތަށް ނޫސްތަކުން ކަމަށެވެ.

ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ތާވަލު ކޮށްފައި ވަނީ މާދަމާއެވެ.

އިޓްލޮސް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުން އޮންނާނީ މާދަމާ 11:00 ގައި ކަމަށެވެ. އެއީ ރާއްޖެ ގަޑިން 8:00 ގައެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ. މި މައްސަލަ އިޓްލޮސްއަށް ހުށަހެޅި ހިސާބުން ފެށިގެން ރާއްޖެއިން އަންނަނީ އެ މައްސަލަ އިޓްލޮސްއަށް ނުބެލޭނެ ކަމަށް ވަކާލާތުކުރަމުންނެވެ.

މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވަނީ ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތާއި ބަންޑާރަ ނައިބުގެ ނައިބު، ހަދީޖާ ޝަބީން އެވެ.

މި މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައިވާއިރު، ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަނެ، އެ ގައުމާ އެއްކޮޅަށް އދ. ގައި ވޯޓު ދިނުމަށް ރާއްޖެއިން މިދިޔަ އަހަރު ވަނީ ނިންމާފައެވެ.

އެއާއެކު މި ނިންމުމަކީ އިމުގެ މައްސަލައިގައި ހިލާފު އުފެދިފައިވާ ސަރަހައްދު މޮރިޝަސް އަށް ދޭން ނިންމުން ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ފަރާތްތައް އަދި ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި ހަރަކާތްތެރިވެފައިވާ ފަރާތްތައް ގެންދަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުން ނެވެ. 

ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވަމުން ދިއުމާއި ގުޅިގެން، ދިފާއުގައި ސަރުކާރުން ބުނީ ސްޓޭންޑު ބަދަލުކުރީ ޗާގޯސްގެ މިނިވަންކަމާއި މެދުގައި ކަމަށާއި، އިމުގެ މައްސަލައިގައި ދައުލަތުގެ ސްޓޭންޑު ބަދަލު ނުކުރާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.