ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ހަބަރު
27 Apr 2023 | 13:56
ހަ ރަށެއްގައި ކުރިޔަށް ގެންދާ މަޝްރޫއުތަކަށް 2 މިލިއަން ރުފިޔާ އިންޑިއާއިން ދީފި

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްސީޑީޕީ) ގެ ދަށުން ރާއްޖޭގެ ހަ ރަށެއްގައި މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ހިލޭ އެހީގެ ގޮތުގައި އިންޑިއާ ހައި ކޮމިޝަނުން ދިވެހި ސަރުކާރަށް 2.73 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ، މި ފައިސާ ބޭނުން ކުރެވިގެންދާނީ ގދ.ގައްދޫގައި “ސްޕޯޓްސް ކޮމްޕްލެކްސް” ގާއިމުކުރުމުގެ މަސައްކަތް ފެށުމަށާއި، ގދ.ތިނަދޫ އަބޫބަކުރު ސްކޫލާއި ލ.ގަން ސްކޫލް އަދި ހއ.ދިއްދޫގައި ހުންނަ ހއ އަތޮޅު ތައުލީީމީ މަރްކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް (އައިއީއެސް) ޔުނިޓްތަކުގެ މަސައްކަތް އަވަސް ކުރުމުގެ އިތުރުން ތ. ވޭމަންޑޫގައި 100 މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާ ނިންމުމަށް ކަަމަށެވެ.

ގދ.ގައްދޫގައި “ސްޕޯޓްސް ކޮމްޕްލެކްސް” ގާއިމުކުރުމުގެ މަޝްރޫއުގެ އަމާޒަކީ ރައްޔިތުންނަށް އެކަށީގެންވާ އަދި ދެމެހެއްޓެނިވި ގޮތުގައި މުނިފޫހިފިލުވުމާއި ކުޅިވަރާއި ތަމްރީނާއި ދުޅަހެޔޮކަމުގެ ވަސީލަތްތައް ޤާއިމްވެފައިވާ ބައިނަލްއަޤްވާމީ ފެންވަރުގެ މަލްޓި ޕާޕަސް ސްޕޯޓްސް ކޮމްޕްލެކްސްއެއް ބިނާކޮށްދިނުމެވެ. އަދި އެތަނުގެ ސަބަބުން ޒުވާނުން ބާރުވެރިކުރުވައި މުޖުތަމައުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.

ސްކޫލްތަކުގައި އައިއީއެސް ޔުނިޓްތައް ގާއިމު ކުރަނީ އައިއީއެސް ޔުނިޓްތަކުގެ ކެޕޭސިޓީ އާއި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި ކިޔަވައިދިނުމާއި އުނގެނުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 4.64 މިލިއަން ރުފިޔާއެވެ. މި ދޫކުރެވުނު އިންސްޓޯލްމަންޓް ގެ ސަބަބުން މި މަސައްކަތް އަވަހަށް ނިންމުމަށް މަގުފަހިވެގެންދާނެ ކަމަށް އިންޑިޔާ ހައިކޮމިޝަނުން ބުނެއެވެ. 

ތ.ވޭމަންޑޫގައި 100 މަގުބައްތި ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން ކަރަންޓު ބޭނުންކުރާ މިންވަރު ކުޑަކޮށް، މެއިންޓެނެންސް ހަރަދުވެސް ކުޑަކޮށް، ރަށުގެ މަގުބައްތި ޖެހުމުގެ ރަނގަޅު ނިޒާމެއް ގާއިމުކޮށްދޭނެ ކަމަށް އިންޑިޔާ ހައިކޮމިޝަނުން ބުނެއެވެ.

މީގެއިތުރުން ރާއްޖޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ 18 މަޝްރޫއެއް ހިންގުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ އިން ވަނީ 106 މިލިއަން ރުފިޔާގެ ހިލޭ އެހީ ވެސް ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.