މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު--
ހަބަރު
27 Apr 2023 | 14:33
ޗާގޯސް މައްސަލައަކީ ސަރުކާރުން ކޮށްފައިވާ އެންމެ ބޮޑު ހިޔާނާތް: މުއިއްޒު

ޗާގޯސް މައްސަލައަކީ ސަރުކާރުން ކޮށްފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗާގޯސް މައްސަލަައިގައި ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދުން އެންމެ އަކަ އިންޗިއެއްވެސް ބޭރު ބަޔަކަށް ދޫކޮށްލުމަކީ ޤަައުމުގެ އިސްތިޤްލާލަށް ދެވޭ ޙަމަލައެއް ކަމަށެވެ.

"ޗާގޯސް މައްސަލައިގައި ދިވެހި ރައްޔިތުންގެ ބަހެއް ހޯދުމަކާ ނުލާ ސަރުކާރުން ކޮށްފައިވަނީ އެއްމެ ބޮޑު ޚިޔާނާތުގެ ޢަމަލެއް!" މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ތާވަލު ކޮށްފައި ވަނީ މާދަމާއެވެ.

އިޓްލޮސް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުން އޮންނާނީ މާދަމާ 11:00 ގައި ކަމަށެވެ. އެއީ ރާއްޖެ ގަޑިން 8:00 ގައެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ. މި މައްސަލަ އިޓްލޮސްއަށް ހުށަހެޅި ހިސާބުން ފެށިގެން ރާއްޖެއިން އަންނަނީ އެ މައްސަލަ އިޓްލޮސްއަށް ނުބެލޭނެ ކަމަށް ވަކާލާތުކުރަމުންނެވެ.

މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވަނީ ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތާއި ބަންޑާރަ ނައިބުގެ ނައިބު، ހަދީޖާ ޝަބީން އެވެ.

މި މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައިވާއިރު، ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަނެ، އެ ގައުމާ އެއްކޮޅަށް އދ. ގައި ވޯޓު ދިނުމަށް ރާއްޖެއިން މިދިޔަ އަހަރު ވަނީ ނިންމާފައެވެ.

އެއާއެކު މި ނިންމުމަކީ އިމުގެ މައްސަލައިގައި ހިލާފު އުފެދިފައިވާ ސަރަހައްދު މޮރިޝަސް އަށް ދޭން ނިންމުން ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ފަރާތްތައް އަދި ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި ހަރަކާތްތެރިވެފައިވާ ފަރާތްތައް ގެންދަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުން ނެވެ. 

ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވަމުން ދިއުމާއި ގުޅިގެން، ދިފާއުގައި ސަރުކާރުން ބުނީ ސްޓޭންޑު ބަދަލުކުރީ ޗާގޯސްގެ މިނިވަންކަމާއި މެދުގައި ކަމަށާއި، އިމުގެ މައްސަލައިގައި ދައުލަތުގެ ސްޓޭންޑު ބަދަލު ނުކުރާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ