ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު/ ފޮޓޯ: ވޮއިސް
ހަބަރު
27 Apr 2023 | 22:28
އެއާޕޯޓު ހޯދިހެން ސަރަހައްދު ހޯދުމަށް ނިކުންނަން ޖެހުނަސް ފަސްޖެހުމެއް ނެތް: އާޒިމާ

ދިވެހިންގެ މައި ދޮރޯށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދިވެހިންގެ އަތްމަތިން ގެއްލުނު ދުވަހު އެއާޕޯޓު ހޯދުމަށް ކުރަންޖެހުނު މަސައްކަތް ރާއްޖޭގެ ސަހަރައްދު ހޯދަން ކުރައްޖެހުނަސް، ފަސް ނުޖެހި ދިވެހިން އެ މަސައްކަތް ކުރާނެކަމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ. 

އާޒިމާ މިފަދައިން ވިދާޅުވެފައިވަނީ މާދަމާއަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ހުށައަޅާފައިވާ މައްސަލައާއި ގުޅިގެން ގޮތް ނިންމުމަށް ތާވަލުކޮށްފައިވާއިރު އެ މައްސަލައިގެ ހުކުމް އައިސްދާނެ ގޮތަކާއި މެދު އަމިއްލަފުޅު ޚިޔާލުތަކާއި ގާނޫނީ ނުގުތާތަކުގެ އަލީގައި، އަދި އެ ޝަރީއަތް ހިނގާދިޔަ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލިޔުމެއް ހިއްސާކުރައްވާ ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގަ އެވެ. 

އާޒިމާ ވިދާޅުވީ މާދަމާ އިޓްލޮސްގައި އޮތް މައްސަލަ ދިވެހިންނާއި ދެކޮޅަށްވެސް ނިމިދާނެ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލުމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުކަމަށެވެ. 

އެހެން ނަމަވެސް އެ ކޯޓުގައި އެފަދައިން ނިންމި ނަމަވެސް ދިވެހިރާއްޖޭގެ ޚާއްސަ އިޣްތިޞާދީ ސަރަހައްދު ހޯދުމަށް ދިވެހިން މަސައްކަތްކުރާނެކަމަށް އާޒިމާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ދިވެހިންގެ މައި ދޮރޯށި ޖީއެމްއާރު ކުންފުނީގެ އަތުން އަނބުރާ ހޯދީވެސް ދިވެހި ދަރިން ނިކުމެ ކުރި މަސައްކަތުން ކަމަށެވެ. 

އެހެންކަމުން އިޓްލޮސްގައި އޮތް މައްސަލަ ދިވެހިންނާއި ދެކޮޅަށް ނިމުމުކަމުގައި ވިޔަސް ދިވެހިންގެ ސަރަހައްދު ހޯދުމަށް ކުރާ މަސައްކަތްތައް ފަސްޖެހުމެއް ނެތި ކުރައްވާނެކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި ޚުދު އޭނާވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އާޒިމާ ވަނީ ވިދާޅުވެފަ އެވެ. 

ސަރަހައްދާއި ގުޅޭ އެ މައްސަލައިގައި މޮރިޝަސްއިން އެދިފައިވާ ގޮތަށް އިކުއިޑިސްޓެންސް އުސޫލުން ބައިކުރުމުން ލިބޭނެ މިންވަރަށްވުރެ ބޮޑުމިންވަރެއް ހައްގުވާ ގާނޫނީ އެތައް ސަބަބެއް ހުރިއިރު ދިވެހި ދައުލަތުން އެކަންކަމަށް ވަކާލާތުކޮށް ކޯޓަށް އެކަންކަން ހުށައަޅާފައި ނުވާކަން އިޓްލޮސްގައި ކުރިއަށް ދިޔަ އަޑުއެހުންތަކުގެ ޔައުމިއްޔާތަކުން ހާމަވެއެވެ. 

އަދި އެ މައްސަލައިގައި ދައުލަތުން ވަކާލާތު ކުރަމުންދަނީ ދިވެހިންގެ މަސްލަހަތު ހިމާޔަތް އިސްކޮށްގެން ނޫންކަން ފާހަގަކޮށް ކުރީގެ ބަންޑާރަ ނައިބުންނާއި ޤާނޫނީ ފަންނުގެ ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ