ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު/ ފޮޓޯ: މަޖިލިސް
ހަބަރު
28 Apr 2023 | 06:09
ޗާގޯސް މައްސަލައިގައި ވަކާލާތުކުރަމުން ދައުލަތުން ވަނީ ބައިކޮޅަށް ގޯލު ޖަހާފައި: ތާރިގު

ފޯޅަވަހި މައްސަލައިގައި ދިވެހި ދައުލަތުން ދަމަހައްޓަމުން އައި ސްޓޭންޑް ސަރުކާރުން ބަދަލުކުރީ އެކަނި ނޫން ކަމަށާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައަޅާފައިވާ މައްސަލައިގައި ވަކާލާތު ކުރައްވަމުން ދިވެހި ސަރުކާރުން ބައިކޮޅަށް ގޯލުވެސް ޖަހާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ. 

ތާރިގު މިފަދައިން ވިދާޅުވެފައިވަނީ ފޯޅަވަހި މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރަމުންދާ ތުހުމަތުތަކަށް ރައްދުދީ ސަރުކާރުން ނެރުނު ބަޔާނަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގަ އެވެ. 

އިދިކޮޅުގެ ތުހުމަތުތަކަށް ރައްދުދީ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައާއި ގުޅިގެން ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުކޮށްފައި ނުވާކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތްކުރެވޭނެ އުސޫލުގެ ތެރެއިން ކަމަށެވެ. 

ސަރުކާރުގެ އެ ވާހަކަތަކާއި ގުޅިގެން ގިނަ ސުވާލުތަކެއް އަމާޒުކުރައްވާ ތާރިގު ވިދާޅުވީ ފޯޅަވަހީގެ ސިޔާދަތު މޮއިޝަސްއަށް ލިބެން ޖެހޭކަމަށް ބުނެ ސަރުކާރުގެ ސްޓޭންޑް ބަދަލުކުރި ކުރުމާއި މިހާރު އިޓްލޮސްގައި އޮތް މައްސަލައާއި ގުޅުމެއް ނެތް ނަމަ، އެ މައްސަލައިގައި ވަކާލާތު ކުރަމުން މޮރިޝަސްގެ ވަކީލުން ރައީސް ޞާލިހުގެ ސިއްރު ސިޓީފުޅުގެ ވާހަކަ ދެއްކެވީ ކީއްވެތޯ އައްސަވާފަ އެވެ. 

އޭގެ އިތުރުން އެ މައްސަލައާއި ގުޅިގެން 20 އޮކްޓޫބަރުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެޓާނީ ޖެނެރަލް އެ ސިޓީފުޅުގެ ވާހަކަ ދެއްކެވީ ކޮން ސަބަބަކާއި ހުރެތޯވެސް ތާރިގު ވަނީ ސުވާލު ކުރައްވާފައެވެ. 

އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ގުޅިފައިވާ މައްސަލަތަކެވެ. އަދި އިދިކޮޅުން ދަނީ ރައީސް ޞާލިހުގެ ސިއްރު ސިޓީފުޅުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތްކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. 

ފޯޅަވަހި މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރީ 500 މިލިއަން ޑޮލަރުގެ ޑީލެއްގެ ތެރެއިންކަމަށް އެމްޑީީޕީގެ އިސްބައެއް ބޭފުޅުންވެސް ގެންދަވަނީ ތުހުމަތު ކުރައްވަމުން ނެވެ. އަދި އެ ޑީލު ހެއްދެވުމުގެ ފަހަތުގައި ހުންނެވީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުކަމަށްވެސް ތުހުމަތު ކުރެއެވެ. 

ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ހުކުރު ދުވަހުގެރޭ 8:00 އަށް ތާވަލުކޮށްފައިވާއިރު، ސަރުކާރުން ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން ރާއްޖެއިން ބައެއް ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް ޤާނޫނީ ފަންނުގެ ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުން ނެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.