މުހައްމަދު އިސްމާއިލް-- ފޮޓޯ/ ވޮއިސް
ހަބަރު
28 Apr 2023 | 12:42
މުހައްމަދު އިސްމާއިލް ކިޔައިދެއްވީ ޗާގޯސް މައްސަލަ ކުރުކޮށް ފޮނިކޮށް!

ޗާގޯސް މައްސަލަ އާއި ގުޅިގެން ދިވެހިރާއްޖޭގެ އަދުގެ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތް ކުރުކޮށް ފޮނިކޮށް، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ކިޔައިދެއްވައިފިއެވެ. 

ޗާގޯސް މައްސަލަ އާއި ގުޅިގެން މުހައްމަދު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލަ އާއި ގުޅިގެން މޮރިޝަސް އާއިއެކު ހެދުނު "ޑީލް" ގެ ތެރެއިން، ޗާގޯސް އަކީ މޮރިޝަސްގެ ތަނަކަށް ހަދައިދިނުމަށް ރާއްޖެއިން ވޯޓުދޭން އެއްބަސްވެފައިވާ ކަމަށެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން ފޮރިން މިނިސްޓަރު އަބްދުالله ޝާހިދަށް އދ. ގެ ގޮނޑި ލިބިވަޑައިގެންނެވި ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މުހައްމަދު އިސްމާއިލް ވިދާޅުވީ މިހާރު އެ "ޑީލް" ގައިވާ ގޮތަށް ކަންކަން ގޮސްފިނަމަ، އިންޑިއާ އިން 100 އަހަރަށް ޗާގޯސް ކުއްޔަށް ނަގާނެ ކަމަށާ، އަދި އެއަށްފަހު އިންޑިޔާގެ މިލިޓަރީ ބޭސް ވެސް އެތަނުގައި ޤާއިމް ކުރާނެކަމަށެވެ. 

"(ޗާގޯސް) ބޭނުން ކުރާނީ އެމެރިކާ، އިންޑިޔާއިން. އެމެރިކާއިން އަހަރަކު 1 ބިލިޔަން ޑޮަލަރުގެ ކުލި އިންޑިޔާއަށް." ޗާގޯސް މައްސަލައިގެ ތަސައްވުރު އޮތް ގޮތް ކުރުކޮށް ފޮނިކޮށް ބުނެ ދެއްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ. 

ފޯޅަވަހި މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރީ 500 މިލިއަން ޑޮލަރުގެ ޑީލެއްގެ ތެރެއިންކަމަށް އެމްޑީީޕީގެ އިސްބައެއް ބޭފުޅުންވެސް ގެންދަވަނީ ތުހުމަތު ކުރައްވަމުން ނެވެ. އަދި އެ ޑީލު ހެއްދެވުމުގެ ފަހަތުގައި ހުންނެވީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުކަމަށްވެސް ތުހުމަތު ކުރެއެވެ. 

ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް މިއަދަށް ތާވަލުކޮށްފައިވާއިރު، ސަރުކާރުން ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން ރާއްޖެއިން ބައެއް ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް ޤާނޫނީ ފަންނުގެ ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.