ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް-- ފޮޓޯ/ ވޮއިސް
ހަބަރު
28 Apr 2023 | 13:08
ޗާގޯސް މައްސަލަ އާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޤާސިމްވެސް އިޓްލޮސްއަށް ސިޓީއެއް ފޮނުވައިފި

ޗާގޯސްގެ މައްސަލައިގައި ކަނޑުގެ ޤާނޫނުގެ ބައިނަލްއަޤުވާމީ ޓްރައިބިއުނަލް (އިޓްލޮސް) ގައި މިއަދު ހުކުމް ކުރުމަށް ތައްޔާރުވަމުންދާ މައްސަލާގައި، ޖުމްހޫރީޕާޓީ އިން ކަންބޮޑުވާކަންކަން ބަޔާންކޮށް އެ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ގެ ސިޓީފުޅެއް އިޓޮލްސް އަށް ފޮނުއްވައިފިއެވެ.

ޤާސިމް އިޓްލޮސް އަށް ފޮނުއްވި ސިޓީ ހިއްސާ ކުރައްވައި، ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ، ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ހާއްޞަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން އޮތް ކަމަށެވެ. 

އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، ދިވެހި ޤައުމުގެ ޤާނޫނު އަސާސީގެ 3 ވަނަ މާއްދާއާއި ފުށުއެރުންތަކެއް ހުރިކަމަށް ޤަބޫލު ކުރެވޭކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އިޓްލޮސް އަށް ސިޓީ ފޮނުއްވާފައިވަނީ މިމައްސަލާގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރުމުގެ ނިޔަތުގައި ކަމަށެވެ. 

ގާސިމްގެ އިޓްލޮސް އަށް ފޮނުއްވި ސިޓީގައި އޭނާ ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކާއި، ދިވެހި ހުރިހާ ރައްޔިތުން ވެސް ކަންބޮޑުވާ ކަމެއް ކަން ފާހަގަކުރައްވާފައެވެ. އަދި އެ ސިޓީގައި، ދިވެހިރާއްޖެއިން މޮރިޝަސް އާއި އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާކަމަށް ބުނެފައިވާއިރު، އެ ނިންމުމަކީ އޭގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިގެން ދާނެ ކަމުގެ ބިރު އޮތް ނިންމުމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.  

މީގެ އިތުރުން، ގާސިމް ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އަށް އެފަދަ ނިންމުމެއް އަމިއްލައަށް ނުނިންމޭނެ ކަމަށާ، އެ ނިންމުން ނިންމޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރުހުންވެސް ލިބިގެންކަން ފާހަގަކުރައްވާފައެވެ.

ރާއްޖެއަކީ މަސްވެރިކަމަށް ނުހަނު ބަރޯސާވެފައިވާ ގައުމެއް ކަމަށްވާއިރު ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުން ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން، އެކަމަށް އަސަރު ކުރާނެ ކަމަށް ދެކެވޭކަން ފާހަގަކުރައްވައި، ގާސިމް ވަނީ އެ މައްސަލައިގައި އިޓްލޮސް އިން ގޮތެއް ނިންމުން ލަސްކުރުމަށް އެދިލައްވާފައެވެ. އަދި މައްސަލައިގައި ނިންމުމެއް ނިންމާއިރު, ދިވެހި ސަރުކާރުން ސްޓޭންޑް ބަދަލު ކުރުމުގެ ސަބަބުން އެއްވެސް ކަހަލަ މައްސަލައެއް ރާއްޖެއަށް ފެންމަތިވާނަމަ، އެކަމެއް އެއްކިބާކޮށް، ނިންމުން ނިންމުމަށްވެސް ގާސިމްވަނީ އެދިލައްވާފައެވެ. 

ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ހުކުރު ދުވަހުގެރޭ 8:00 އަށް ތާވަލުކޮށްފައިވާއިރު، ސަރުކާރުން ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން ރާއްޖެއިން ބައެއް ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް ޤާނޫނީ ފަންނުގެ ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.