މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު-- ފޮޓޯ/ ވޮއިސް
ހަބަރު
28 Apr 2023 | 14:59
މިއަދަކީ ފަހުގެ ތާރީހުގައި ރާއްޖެއަށް ވެރިއަކު އެންމެ އަނިޔާވެރިވާނެ ދުވަސް: ސަޢީދު

މިއަދަކީ ފަހުގެ ތާރީހުގައި ރާއްޖެއަށް ވެރިއަކު އެންމެ އަނިޔާވެރިވާނެ ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް މިއަދަށް ވަނީ ތާވަލްކޮށްފައެވެ.

އެކަމާއި ގުޅިގެން ގިނަ ސުވާލުތަކަކާއެކު ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ވަޒަންކުރަންދަތި އަދި ދިވެހިންނަށް ވަކާލާތު ކުރުމުގެ ޙައްގުއޮތް މުއްސަނދި ވަސީލަތެއް ފިކުރެއް ހިޔާލެއްނެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދޫކޮއްލާ ދުވަސް ކަމަށެވެ. އަދި މިއީ ޤައުމަށް ޤައްދާރުވުން ނޫންނަމަ ދެން ޤައްދާރުވެވޭނެ އިތުރުގޮތެއްވަކި އޮއްނާނެތޯ އައްސަވައި ސައީދު ވަނީ ސުވާލު އުފައްދާފައެވެ.

"މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިސިއްރުސިޓީ ރައްޔިތުންގެ މަޖިލީހަށްސިއްރުކުރީ ކީއްވެ؟ މިލްކުވެރިކަން ނުނިއްމަނީސް ކަނޑުގެ އިންވަކިކުރަން ދިވެހިސަރުކާރު އެއްބަސްވީ ކީއްވެ؟ ޝައްކު އުފެދުމުން ޗެލެންޖުކޮށް ސިޓީފޮރުވުމުގެ ބަދަލުގައި މަޖިލިސް، މަޖިލީހުގެކަމާއިބެހޭ ކޮމެޓީތައް، ސިޔާސީޕާޓީތައް ނުވަތަ ދިވެހި ރައްޔިތުންނާއި ތަފްސީލްތައް ހިއްސާނުކުރީ ކީއްވެ؟ ވަޒީރުންގެ މަޖިލިސްގައި މަޝްވަރާނުކުރީ ކީއްވެ؟ މިއީ ޤައުމަށް ޤައްދާރުވުން ނޫންނަމަ ދެންޤައްދާރުވެވޭނެ އިތުރުގޮތެއްވަކި އޮއްނާނެތޯ؟" ސައީދު ވިދާޅުވިއެވެ.

ފޯޅަވަހި މައްސަލައިގައި ދިވެހި ދައުލަތުން ދަމަހައްޓަމުން އައި ސްޓޭންޑް ސަރުކާރުން ބަދަލުކުރުމުގެ ސަބަބުން ރާއްޖެއިން ބައެއް ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް ޤާނޫނީ ފަންނުގެ ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުން ނެވެ. 

އެކަމާއި ގުޅިގެން، ކަންބޮޑުވުންފާޅުކޮށް ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީ ތަކާއި، އާއްމު ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް
އައިމިނަ
ދެން މިރޭ ޖަލްސާ ކޮތަޅުން ޗާގޯސް އަށް ބަދަލުވެ، ދެން ކިޔާނީ ކީކޭ ހެއްޔެވެ؟ ފަތަފޮޅި ޖަލްސާ ކިޔަންވީ ނޫންހެއްޔެވެ؟
28 Apr 2023
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ