މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)-- ފޮޓޯ/ މަޖިލިސް
ހަބަރު
28 Apr 2023 | 20:03
ނެތް އެއްޗެއް ލިބުނީ މޮރިޝަސްއަށް؛ ރާއްޖެއަށް ކުރިން ބޭނުންކުރެވޭ ބައެއް ގެއްލުނީ: ވަހީދު

އިޓްލޮސް އިން މިއަދު އިމުގެ މައްސަލާގައި ނިންމި ނިންމުމާއި ގުޅިގެން، ނެތް އެއްޗެއް ލިބުނީ މޮރިޝަސް އަށް ކަމަށާ، ރާއްޖެއިން ކުރިން ބޭނުން ކުރަމުން އައި ސަރަހައްދެއް ގެއްލިގެން ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށަހަޅާފައިވާ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް (ފޯޅަވަހި) މައްސަލައިގައި މިއަދު އިޓްލޮސް އިން ވަނީ ރާއްޖެއިން ވަކާލާތު ކުރިގޮތާއި އެއްގޮތަށް ނިންމުން ނިންމާފައެވެ. 

އެކަމާއި ގުޅިގެން ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އެއީ ބޮޑު ކާމިޔާބީއެއް ކަމަށް ސިފަ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަށާއި، ދިވެހި ސަރުކާރަށް ތައުރީފް ކުރަމުންދާތީ އެކަމަށް ރައްދު ދެއްވައި ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދުގެ ނިންމުމާއެކު މިހާތަނަށް އޮތްގޮތް ފިޔަވައި އެހެން ދެބަދަލެއް އަންނާނެ ކަމަށެވެ. 

އެގޮތުން ފުރަތަަމަ ބަދަލަކީ، ފެށުނީއްސުރެ ދިވެހިން މަސްވެރިކަން ކުރަމުން އައި ހިސާބުގަނޑެއް ބަންދުވުން ކަމަށާ، އަދި ދެވަނަ ބަދަލަކީ ކަނޑުމަސް އާލާވާކަމަށް ޒަމާނުއްސުރެ މަސްވެރީން ބުނާ، ދެކުނު ކަނޑުގައި ބޮޑުދާ އަޅަން ބޭރުގެ މަސްވެރިން ފެށުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއާއެކު ވައްޑެ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ، ނެތް އެއްޗެއް ލިބިގެން އުޅެނީ މޮރިޝަސްއަށްކަމަަށެވެ. އަދި ރާއްޖެއަށް ކުރިން ބޭނުންކުރެވޭ ބައެއް ގެއްލިގެން ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ދެން މިކަން ޞޮލާޙުއްދީނުލް އައްޔޫބީ ހޯއްދެވި ފަދަ ބޮޑު ނަޞްރަކާ ފަތަޙައަކަށް ހަދައިގެން އުޅޭތީ ހަމަ އަޖައިބުވޭ." ވައްޑެ ވިދާޅުވި އެވެ.

އިޓްލޮސް އިން ޗާގޯސް މައްސަލައިގައި މިއަދު ހުކުމް އިއްވީ ސަރަހައްދީ އިމުގެ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ.

އަދި އެގޮތުން، ބަހާއިރު، އިން ކަނޑައަޅަން ނިންމާފައިވަނީ ރާއްޖެއިން އެދުނު ގޮތަށެވެ. އޭގެ ސަބަބުން ރާއްޖޭގައި މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން 50000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ގެއްލޭނެ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ