ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަދި ޗީފް އޮފް ޑިފެންސް މޭޖަ ޖެނެރަލް ޝަމާލު/ ފޮޓޯ: ޑިފެންސް މިނިސްޓްރީ
ހަބަރު
29 Apr 2023 | 15:01
ކަނޑު ބަލަހައްޓަން އިންޑިއާގެ އިތުރު މަނަވަރުތައް ގެންނާނެތޯ ކުރި ސުވާލަށް ޖަވާބެއް ނުދިން!

އިޓްލޮސްގައި އޮތް މައްސަލަ ނިމި ދެކުނުގެ އިން ކަނޑައެޅިގެން ދިއުމާއި އެކު, އެ ސަރަހައްދު ބެލެެހެއްޓުމަށް އިންޑިއާގެ އިތުރު މަނަވަރުތައް ގެންނާނެތޯ ކުރި ސުވާލަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޖަވާބެއް ނުދެއްވި އެވެ. 

ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮޑު ސަރަހައްދަކަށްވުމުން، ސަރަހައްދު ބަލަހައްޓަން ސިފައިންނަށް ދަތިވާކަމަށް މީގެކުރިން ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން ދެކުނުގެ އިން ކަނޑައެޅުމާއި ގުޅިގެން ކަނޑުގެ ސަރަހައްދުން ބަލަހައްޓަން ބެހޭ ބައި އިތުރުވުމާއި އެކު، އެ ސަރަހައްދު ބެލެހެއްޓުމަށް އިންޑިއާގެ މަނަވަރުތައް ގެންނާނެތޯ ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ ސުވާލުކޮށްފަ އެވެ. 

އެ ސުވާލަށް މިނިސްޓަރު މާރިޔާ ސާފު ޖަވާބެއް ދެއްވާފައި ނުވި  ނަމަވެސް ކަނޑުގެ ސަރަހައްދު ބެހެއްޓުމަށް އިންޑިއާގެ ޑޯނިއާތަކާއި މަނަވަރުތައް ގެންނަން ޖެހިދާނެކަމުގެ އިޝާރާތެއް އެކަމަނާ ވަނީ ކުރައްވާފަ އެވެ. 

މިނިސްޓަރު މާރިޔާ ވިދާޅުވީ ކަނޑުގެ ސަރަހައްްދުގެ ސަވައިލެންސް ބެލެހެއްޓުމަށް އަވައްޓެރި ގައުމުތަކާއެކު މަސައްކަތް ކުރުމަކީ ޒަމާނުއްސުރެ ރާއްޖެއިން ކުރަމުން އަންނަ ކަމެއް ކަމަށެވެ. މަހަކު އެއްފަހަރު ކަނޑުގެ ސަރަހައްދުގައި އެފަދަ ސަވައިލެންސްތައް ހަދާ ކަމަށާއި، އެއީ އަލަށް ކުރާކަމެއް ވެސް ނޫން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ އީއީޒެޑް ސަވައިލެންސް އެއީ ޒަމާނުއްސުރެ ހަމަ އަޅުގަނޑުމެންގެ އަވައްޓެރި ގައުމުތަކާ އެކީގައި ކުރަމުން އަންނަ ކަމެއް. މަހަކު އެއްފަހަރު ހަމަ ކުރިންސުރެ އެ ސަވައިލެންސްތައް ހަދާ މިތަނަށް އައިސް. އެއީ އަލަށް ކުރާ ކަމެއް ނޫން"

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ 

މިނިސްޓަރުގެ މާރިޔާގެ ޖަވާބާއި ގުޅިގެން ނޫސްވެރިއާ ވަނީ އެ ސުވާލު ތަކުރާރުކޮށްފަ އެވެ. އެގޮތުން އިންޑިއާގެ އިތުރު މަނަވަރުތަކާއި ޑޯނިއާތައް ގެންނާނެތޯ ނޫސްވެރިޔާ އެހިއެވެ. އެ ސުވާލަށް ވެސް މިނިސްޓަރު ޖަވާބު ނުދެއްވާ ހިނިފުޅު ވަޑުވާލެއްވުމަކުން ނިންމަވާލެއްވީ އެވެ. 

އެފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެ ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ ވަރަށް ގިނަ ގައުމުތަކުގެ އެކުވެރިކަމުގެ ދަތުރުތަކުގައި މަނަވަރު އަންނާނެ ކަމަށެވެ. އަދި އެކަން ނުހުއްޓުވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުވެސް މި ސުވާލަށް ސާފުޖަވާބެއް ދެއްވާފައި ނުވާއިރު، މޮރިޝަސްއަކީވެސް އިންޑިއާއިން ވަރަށް ބޮޑަށް ކޮންޓްރޯލުކުރާ ގައުމަކަށް ވުމުން ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ އަސްކަރީ އުޅަނދުތައް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ތުހުމަތު ކުރަމުން ނެވެ. 

ކޮމެންޓް
އަހުމަދު
ރާއްޖޭގެ ކަނޑު ބަލަހައްޓަން އިންޑިއާއިން ފޮނުވާ އުޅަނދެކޭ ރަޝިޔާއިން ޔުކުރޭނަށް ފޮނުވާ އުޅަނދެކޭ މާބޮޑު ތަފާތެއް ނެތް. ޔުކުރޭނަށް އައިސް ތިބެނީ ރަޝިއާ ސިފައިން، ރާއްޖެއަށް އައިސް ތިބެނީ އިންޑިއާ ސިފައިން.
29 Apr 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.