ފިޝަރީސް މިނިސްޓަރު ޑރ ހުސެއިން ރަޝީދު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Apr 2023 | 13:23
މޮރިޝަސްއަށް ލިބުނު ސަރަހައްދުން ދާ ނާޅާނެ ކަމުގެ ޔަގީންކަމެއް ނެތް: ފިޝަރީސް މިިސްޓަރު

ދިވެހިރާއްޖޭގެއާއި މޮރިޝަސްއާއި ދެމެދު އޮތް ފުށުއަރާ ސަރަހައްދުގެ އިން ކަނޑައަޅާފައި ވާއިރު، މޮރިޝަސްއަށް ލިބުނު ސަރަހައްދުން ދާ އަޅައިގެން މަސްވެރިކަން ނުކުރާނެކަމުގެ ޔަގީންކަން ނުދެވޭނެކަމަށް ފިޝަރީސް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ. 

މޮރިޝަސްއަކީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުން ދާއަޅައިގެން މަސްވެރިކަން ކުރުމަށް އެހެން ފަރާތްތަކަށް ލައިސެންސް ދޫކޮށްގެން އާމްދަނީ ހޯދާ ގައުމަކަށް ވުމުން، ރާއްޖޭގެ ދެކުނުން މޮރިޝަސްއާއި ދެމެދު އޮތް ފުށޫ އަރާ ކަނޑުގެ ސަރަހައްދު އިން ވަކިކުރެވިގެން ދިޔައިރު، އެ ސަރަހައްދުން ދާ އަޅަން ފަށައިފި ނަމަ ރާއްޖޭގެ މަސްވެރިކަމަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ފަންނީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުން ނެވެ. 

ދާ އަޅައިގެން މަސްވެރިކަން ކުރުމަކީ ދެމެހެއްޓެވި ގޮތެއްގައި މަސްވެރިކަން ކުރުމަށް އޮތް ބޮޑު ހުރަހެއްގެ ގޮތުގައި ދިވެހިރާއްޖެއިން ވެސް ވަކާލާތު ކުރަމުންދާ ކަމަކަށް ވެފައި، ފޯޅަވަހި ސަރަހައްދަކީ ރާއްޖެއިން މައިގަނޑު ގޮތެއްގައި ބާނާ ކަޅުބިލަމަސް އާލާވާ ސަރަހައްދަކަށް ވާއިރު، އެ ސަރަހައްދުން ދާއަޅައިގެން މަސްވެރިކަން ނުކުރާނެކަމުގެ ޔަގީންކަން ދެއްވިދާނެތޯ ރޭ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ފިޝަރީސް މިނިސްޓަރާއި ސުވާލުކޮށްފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މޮރިޝަސްއާއި ރާއްޖެއާއި ދެމެދުއޮތް ފުށުއަރާ ސަރަހައްދުގެ އިން ވަކިކޮށް އެމީހުންނަށް އެ ލިބުނު ސަރަހައްދުގައިކުރުން ހުއްދަކޮށްފައި އޮތްކަމެއް ނުކުރާނެކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށެވެ. 

"ޓެކްނިކަލީ ދަންނަވަން އޮތީ މޮރިޝަސްގެ އިޤްތިޞާދީ ސަރަހައްދެއްގައި ކަންތައް ކުރާނެ ގޮތްތައް ވަކި ގޮތަކަށް ކަންތައް ކުރުމުގެ ޔަގީންކަމެއް އަޅުގަނޑުމެންނަކަށް ނުދެވޭނެއޭ"

ފިޝަރީސް މިނިސްޓަރު ޑރ ހުސެއިން ރަޝީދު 

މިނިސްޓަރު ވިދާޅުވީ މޮރިޝަސްގެ އީއީޒެޑް ސަރަހައްދުން ނޫނަސް އިންޑިއާ ކަނޑުގެ ކޮންމެ ހިސާބެއްގައި ވެސް ދާ އަޅައިގެން މަސްވެރިކަން ކުރާނަމަ އެކަމުގެ ނޭދެވޭ އަސަރުތައް ދިވެހި މަސްވެރިކަމަށް ކުރާނެ ކަމަށެވެ.

އެހެންކަމުން އިންޑިއާ ކަނޑުން ދާ އެޅުން ހުއްޓުވުމަށް ރާއްޖެއިން އިސް ނަގައިގެން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އަދި މޮރިޝަސްއާއި ދެމެދު އިން ކަނޑައެޅުމާއެކު، އެކަމަށް ރިއާޔަތްކޮށް ވާހަކަ ދެކެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ސަރަހައްދަކީ ރައްކާތެރި ކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ބާއްވާނެކަމަށް މޮރިޝަސްއިން ބުނަމުންދާ ކަމަށެވެ. އަދި ފޯޅަވަހީގައި އެމެރިކާގެ މިލިޓަރީ ބޭހެއް ހަދާފައި ހުންނައިރު، އެ ސަރަހައްދަށް މަސްވެރި ބޯޓުފަހަރު ވަދެ ހަރަކާތްތެރި ވުމަކީ އެމެރިކާއިންވެސް ރުހުންދޭނެ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ

ދިވެހިރާއްޖޭގެ ދެކުނުން އޮންނަ މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ދާ ނާޅާނެކަމުގެ ޔަގީންކަން މުތުލަގަށް ނުދެވުނު ކަމުގައި ވީ ނަމަވެސް އެ ސަރަހައްދު މިހާރު އޮތް ގޮތަށް ކޮންވެންޝަނަލް ޒޯނެއްގެ ގޮތުގައި އޮތުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ފިޝަރީސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ