ހައިކޯޓު--
ހަބަރު
30 Apr 2023 | 17:13
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކުޑަކުދިންގެ އަދަބު ލުއި ނުކުރެވޭނެ: ހައިކޯޓް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކުޑަކުދިންގެ އަދަބު ލުއި ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

ހައިކޯޓުން މިފަދައިން ކަނޑައަޅާފައިވަނީ، ކުޑަކުދިން ހިމެނޭ ޖިންސީ ގޯނާގެ މައްސަލަ އެއްގައި ޖުވެނައިލް ކޯޓުން ކުރި ހުކުމެއް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލާގައި މިއަދު ކުރި ހުކުމުގައެވެ. 

އެ މައްސަލަ އަކީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހު 15 އަހަރުގެ އަންހެން ކުއްޖެއްގެ ނުރުހުމުގައި އެ ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައިވާތީ، އަންހެން ކުއްޖާ އާއި މެދު އެ އަމަލު ހިންގި ކުއްޖާގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަސްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ އާއި ގުޅިގެން ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި އެ ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފީ މައްސަލަ އެވެ. 

އެ އެމައްސަލާގައި ނޮވެމްބަރު، 2021 ޖުވެނައިލް ކޯޓުން ހުކުމް ކުރީ، ޖިންސީ ގޯނާ ކުރި ކުއްޖާއަށް، އެ ކުށުގެ އަދަބު ކަމުގައިވާ ފަސް އަހަރުގެ ޖަލު ހުކުމުން ތިން ބައި ކުޅަ ދެ ބައި ކަމަށްވާ ތިން އަހަރާއި ދެ މަހަށް ޖަލަށް ލުމަށެވެ. އަދި އެއް އަހަރުގެ މުއްދަތަށް ކަނޑައެޅި ޝަރުތުތަކާ އެކު، ޖަލު ހުކުމް ތަންފީޒު ފަސްކޮށް، އެ ކުއްޖާ ދޫކޮށްލި އެވެ.

މައްސަލައިގެ އިސްތިއުނާފް އަޑުއެހުމުގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، އަސްލު އަދަބުގެ ތިން ބައި ކުޅަ ދެ ބައި ކުޑަކުދިންނަށް ދޭންޖެހޭ ގޮތަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި އޮތީ ކުޑަކުދިންނަށް އަދަބު ކަނޑައަޅާނެ މިންވަރު ބަޔާން ކޮށްފައިނުވާ މައްސަލަތަކުގައި ކަމަށެވެ.

އަދި ޖިންސީ ގޯނާގެ މައްސަލަތަކުގައި ކުޑަކުދިންނަށް ދެވޭނެ އަދަބު ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައިވާތީ އަދަބު ކަނޑައަޅަން ޖެހޭނީ އެ ގާނޫނުގައި އޮތްގޮތަށް ކަމަށާ، އެގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާގެ ކުރުމުގައި ކުޑަކުއްޖަކު ބައިވެރިވެއްޖެ ނަމަ އެފަދަ ކުއްޖެއްގެ އަދަބަކީ ފަސް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުޑަކުދިންނަށް ހާއްސަ ޖަލެއްގައި ބަންދު ކުރުން ކަމަށެވެ. 

އެހެން ކަމުން، ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު މުހައްމަދު ސަލީމް, ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު ހަސަން ޝަފީއުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ޖުވެނައިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ ކުއްޖާއަށް ކަނޑައަޅަންޖެހޭ އަދަބާ މެދު ޖުވެނައިލް ކޯޓުން އަލުން ގޮތެއް ނިންމަން އަންގާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.