ހަނިމާދޫ އެއާޕޯޓު ސަރަހައްދުން ނަގާފައިވާ ގަސް ބޭރުކުރަނީ/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
30 Apr 2023 | 23:32
ހަނިމާދޫ އެއާޕޯޓު ހަދާ ސަރަހައްދުން ގަސް ބޭރުކުރަމުންދާ މައްސަލަ އީޕީއޭގެ ސަމާލުކަމަށް ގެނެސްފި!

ހދ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ކަނޑައަޅާފައިވާ ސަރަހައްދުން ނަގާފައިވާ ބޮޑެތި ގަސްތައް އެ ރަށުގެ ކައުންސިލްގެ ހުއްދަނެތި ބޭރުކުރަމުންދާ މައްސަލަ އެ ކައުންސިލުން އެންވަޔަރުމަންޓު ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ސަމާލުކަމަށް ގެނެސްފި އެވެ.

ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ހުރި ބޮޑެތި ގަސްތައް ކައުންސިލްގެ ހުއްދަ ނުހޯދާ މީގެ ކުރިންވެސް ނަގާފައިވާކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ. 

އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް އަނެއްކާވެސް ގަސްތައް ބޭރުކުރަމުންދާކަން ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަން އެ ކައުންސިލުން އީޕީއެއް އަންގާފައިވާނެ ކަމަށް ފިރާގުވަނީ އެ މައްސަލައާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ހިއްސާ ކުރައްވާފަ އެވެ. 

މީގެ ކުރިން އެ މައްސަލަ އީޕީއޭގެ ސަމާލުކަމަށް ގެނައުމުން، އީޕީއޭއިން ބުނެފައިވަނީ އެއާޕޯޓު ބޮޑުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ހުރި ބޮޑެތި ގަސްތައް ނެގުމަށްފަހު ކައުންސިލުން ދައްކާ ސަރަހައްދެއްގައި އެ ގަސްތައް އިންދުމަށް އަންގާފަ އެވެ. އަދި އެ ސަރަހައްދުން ނަގާ ހުރިހާ ގަހެއް އިންދުމަކީ ކުރެވޭނެ ކަމަކަށް ނުވާއިރު، ގަސްތައް ބޭރު ކުރާނަމަ ކައުންސިލްގެ ހުއްދަ ހޯދައިގެން އެކަން ކުރުމަށް އީޕީއޭއިން ވަނީ އަންގާފަ އެވެ. 

އެހެން ނަމަވެސް އަނެއްކާވެސް ހަނިމާދޫއިން ގަސްތައް ބޭރުކުރަން ފަށާފައިވަނީ ހަނިމާދޫ ކައުންސިލްގެ ހުއްދަ ހޯދުމަކާއި ނުލައެވެ. 

ހަނިމާދޫ އެއާޕޯޓު ސަރަހައްދުން ނަގާފައިވާ ގަސް ގެންދަނީ 

ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ނަގާ ގަސްތައް ކައުންސިލުން ދައްކާތަނެއްގައި އިންދުމަކީ އެ މަސައްކަތް ހަވާލުކުރާ ކުންފުނީގެ ޒިންމާއެއްގެ ގޮތުގައި ހިމަނާފައިވާ މަސައްކަތެކެވެ. 

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ 2.1 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު ހިންގުމަށް ސަރުކާރުން ވަނީ އިންޑިއާގެ ޖޭއެމްސީ ކުންފުންޏަށް ހަވާލުކޮށްފަ އެވެ. 

މި މަޝްރޫއުގެ މަސައްކަތް ނިންމައި 2024ގައި އެއާޕޯޓުން ހިދުމަތް ދޭން ފަށަން ހަމަޖެހިފަވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ގާއިމްކުރާނެ އެވެ.

އެހެން ނަމަވެސް މަޝްރޫއުގެ މިހާ ކުރީކޮޅު މަޝްރޫއު ހަވާލުކުރާ ކުންފުނިން އުސޫލުތަކާއި ޚިލާފުވެފައިވާތީ ކައުންސިލުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ގަސްތައް ބޭރުކުރާ މައްސަލައިގައި އަވަސް ޙައްލެއް ހޯއްދަވާދެއްވުމަށް ކައުންސިލުން ވަނީ ކަމާ ގުޅުންހުރި އިދާރާގައި އެދިފަ

އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.