ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރައަށް އައި ކުރިއެރުންތައް ތަފްސީލުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައޫސް އޮފީސް
ހަބަރު
01 May 2023 | 11:20
މުސާރައަށް ގެނައި ބަދަލާއެކު ޞިއްޙީދާއިރާގެ 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެ: ސަރުކާރު

ސަރުކާރުން ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައަށް ގެނައި ބަދަލާއެކު 3710 ދިވެހި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ. 

ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މިއައި ހެޔޮ ބަދަލުތައް ތަފްސީލުކޮށްދިނުމަށް ރޭ ރައީސް އޮފީހުގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. 

ހެލްތު މިނިސްޓަރު އަޙްމަދު ނަސީމާއި ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީ އަދި ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ފައިޒަލް ބައިވެރިވެވަޑައިގެން މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ފްރޭމްވޯކްގެ ދަށުން ޞިއްޙީ ދާއިރާގެ މުސާރަތަކަށް ގެންނަވާފައިވާ މައިގަނޑު ބަދަލުތައް ހާމަކުރައްވަމުން ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ފައިޒަލް ވިދާޅުވީ މި ބަދަލާއެކު އެލައިޑް ހެލްތުގެ ފަންނުތަކަށް މުސާރައިގެ އެކަށީގެންވާ ކުރިއެރުމެއް ގެންނަވާފައިވާނެކަމަށެވެ.

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ ޖުމްލަ 3710 މުވައްޒަފުންގެ މުސާރައަށް މި ބަދަލާއެކު ހެޔޮބަދަލުތަކެއް އަންނައިރު އެބަދަލުތައް އަންނާނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށްކަމަށް ވެސް ފައިޒަލް ފާހަގަކުރެއްވިއެވެ.

މީގެ ތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލުތަކުގެ 471 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 އަދި އައި.ޖީ.އެމް.އެޗްގެ 1004 މުވައްޒަފުންނާއި ހުޅުމާޅެ ހޮސްޕިޓަލުގެ 298 މުވައްޒަފުން އަދި މިނިސްޓްރީ އޮފް ހެލްތާއި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ 452 މުވައްޒަފުންނެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހުރި ބައެއް ފަންނުތަކާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ބައެއް ފަންނުތަކާއި ސްކޫލްތަކުގެ ޞިއްޙީ ދާއިރާއާ ގުޅުންހުރި ފަންނުތަކެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރަ ބޮޑުކޮށްދޭނެކަމަށް ރައީސް ޞާލިހު އިއުލާނުކުރައްވާފައި ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ނެވެ.

އެއާއެކު މި ގެނައި ބަދަލުގެ ސަބަބުން ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި މި ދާއިރާއަށް ނިކުންނަ ފަރާތްތަކަށް އިތުރު ހިތްވަރު ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Aug 2026
ބޮސްނިއާގެ މުސްލިމުން ޤަތުލުކުރި މޭސްތިރި "ރަޓްކޯ މްލަޑިޗް" ޖަލުގައި އޮވެ މަރުވެއްޖެ
އޭނާގެ ބެލުމުގެ ދަށުން 1995 ވަނަ އަހަރު ސްރެބްރެނިކާގައި ކުށެއް ނެތް 7000 އަށް ވުރެ ގިނަ މުސްލިމު ފިރިހެނުންނާއި ކުޑަކުދިން ރަޙުމެއް ނެތި ޝަހީދުކޮށްލެވުނެވެ. ހަމައެހެންމެ ސަރަޖޭވޯ ވަށައިލައިގެން އެތައް އަހަރެއް ވާންދެން ދެވުނު ހަމަލާތަކުގައި 10000 އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރައިލެވުނެވެ
27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ކާރިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ، 10 ގައުމެއްގެ 500 މީހަކު ގެއްލުނު
ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ މިނިސްޓަރީން ގެންދަނީ އެކަން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް މިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށެވެ
27 Aug 2026
ރައީސާ ބައްދަލުވުމުގެ ފުރުސަތު؛ އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ހުޅުވާލައިފި
ހުޅުވައިލީ ހެންވޭރު އުތުރު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި ތުޅާދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މުލަކު ދާއިރާ އާއި ނިލަންދޫ ދާއިރާގެ އިތުރަށް ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ
27 Aug 2026
ހަނދުގައި ފެން ހުރިތޯ ބަލަން ފޮނުވާ މިޝަން ޗައިނާއިން ފަސްކޮށްފި
27 Aug 2026
ތިނަދޫގެ އާބާދީ އޮޅުވައިލި މައްސަލަ: ޕީޖީއަށް ބަލައިގަނެ ދިރާސާކުރަނީ
ޕީޖީން ބުނީ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. މައްސަލާގައި އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެ ކަމަަށް ވެސް ބުންޏެވެ
27 Aug 2026
މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ
27 Aug 2026
ޕާކިސްތާނުގައި އަނެއްކާވެސް ހަމަލާދީ ބަޔަކު މަރާލައިފި، ހަމަލާތައް އިތުރުވަނީ
މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
27 Aug 2026
ތިނަދޫ އާބާދީ އޮޅުވާލި ކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ 2024 ވަނަ އަހަރު މި މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން ތިނަދޫގެ އާބާދީގައި 10150 މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.