ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް-- ފޮޓޯ/ ވޮއިސް
ހަބަރު
01 May 2023 | 12:35
ސްޓެލްކޯއަކީ ރައްކާތެރި މާހައުލެއް ހުރިހާ މުވައްޒަފުންނަށް ހޯދަދީފައިވާ ކުންފުންޏެއް: ޝަރީފް

ސަރުކާރުގެ ކަރަންޓް ކުންފުނި، ސްޓެލްކޯ އަކީ ރައްކާތެރި މާހައުލެއްގައި މަސައްކަތް ކުރުމުގެ ހުރިހާ ވަސީލަތްތަކެއް މުވައްޒަފުންނަށް ފުރިހަމަކޮށްދީފައިވާ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. 

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ސްޓެލްކޯގެ އެންމެހައި މުވައްޒަފުންނަށް އަރިސް ކުރައްވައި، ޝަރީފު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ސްޓެލްކޯގެ މުވައްޒަފުންނަކީ ދިވެހި ރައްޔިތުންނަށް ވަރަށް މުހިންމު ޚިދުމަތެއް ކޮށްދެމުންދާ ބައެއް ކަމަށެވެ. އަދި އެކަމަށްޓަކައި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގެ ހައިސިއްޔަތުން އެންމެހައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. 

އަދި ކުރިމަގުގައިވެސް ފެންވަރު ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދެމި ތިބުމަށްވެސް ޝަރީފް ވަނީ މުވައްޒަފުންގެ ފަރާތުން އެދިލައްވާފައެވެ. 

މިއާއެކު ޝަރީފް ވިދާޅުވީ މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ ޝިޢާރަކީ މަސައްކަތުގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމާއި، އަދި ސިއްހީ ގޮތުން ދުޅަހެޔޮ ތަނަކަށް ހެދުން ކަމަށާ، ސްޓެލްކޯ އަކީ އެފަދަ މާހައުލެއް މުވައްޒަފުންނަށް ހޯދަދީފައިވާ ކުންފުންޏެއް ކަމަށެވެ. 

"ސްޓެލްކޯއަކީ ސިއްހީ ދުޅަހެޔޮކަމާއި، ރައްކާތެރި މާހައުލެއްގައި މަސައްކަތް ކުރުމުގެ ހުރިހާ ވަސީލަތްތަކެއް ސްޓެލްކޯގެ މުވައްޒަފުންނަށް ފުރިހަމަކޮށްދީފައިވާ ކުންފުންޏެއް. އަދި މިކަމުގައި އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން."

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.