މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު-- ފޮޓޯ/ ވޮއިސް
ހަބަރު
01 May 2023 | 13:50
ސަޢީދު, އިމްރާންއަށް: މޭޑޭގައި ހެދީ ބޮޑެތިދޮގު؛ އަބަދު އެއްގޮތަކަށް އޮވެދާނެކަމަށް ދެކެވަޑައި ނުގައްނަވާ!

ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله މޭ ޑޭގައި ހެއްދެވީ ބޮޑެތި އިތުރުފުޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު، ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ވާހަކަ ދައްކަވަމުން ޢިމްރާން ވަނީ އަނިޔާވެރި ގޮތަކަށް އޮކްޓޯބަރު 2012ގައި އަވަހަރާކޮށްލި އަފްރާޝީމްގެ މަރުގެ ހަގީގަތް ޔާމީންއަށް އެނގިވަޑައިގަންނަވާނެ ކަމަށާ ޑޮކިއުމެންޓްތައް އަތުގައި އެބަހުރި ކަމަށް ވިދާޅުވެފައެވެ. 

"[އަފްރާޝިމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވިކަން ސާބިތުވެ މަރަން ހުކުމްކޮށްފައިވާ] ހުމާމު ބުނީ ތެދެއް. ހުމާމު ބުނީ ޑރ. އަފްރަޝީމް ޝަހީދުކުރި މީހުން އެންމެ ރަނގަޅަށް އެނގޭނީ ރައީސް ޔާމީނާއި އަހުމަދު އަދީބާ ދެ މީހުންނަށޭ. އެ ދެ މީހުންނަށް އެނގޭނެ. އާދެ، މި ގައުމުގައި ތިބި އެންމެ ބޮޑު ދެ އަނިޔާވެރިން އެ ދެ މީހުންނަކީ. އަޅުގަނޑުމެން އެއްވެ މި ތިބީ މި އަނިޔާވެރިކަމާ ދެކޮޅަށް، މި އަނިޔާވެރިކަން ނިންމަން،" 1 މެއި 2015ގައި އޭރުގެ އިދިކޮޅު އިއްތިހާދުން ބޭއްވި ބޮޑު އެއްވުމުގައި އިމްރާން ވިދާޅުވި އެވެ.

"އަފްރާޝީމް[ގެ މަރާ] ގުޅިގެން ގާތްގަނޑަކަށް ހަތް މީހުން މަރާލާފައި މި ބިންމައްޗަށް ވެއްޓުނީ. ކޮބާތޯ ޔާމީނަށް އެނގޭ ހަގީގަތް... މި ހުރީ އަޅުގަނޑު އަތުގައި ހުރި ޑޮކުމަންޓްތައް މިއަދު ވަގުތު ނެތް [ތަފްސީލަށް ދާން]. ދިވެހި ލޮބުވެތި ރައްޔިތުން، މި ހުރީ އަޅުގަނޑު އަތުގައި ޑޮކުމެންޓްތައް."

ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله 

ޢިމްރާން އެފަދައިން ވިދާޅުވި ނަމަވެސް، އެއީ ދޮގުކަން އޭނާގެ އަމަލުތައް މިހާރު ހުރިގޮތުން އެނގޭކަން ގިނަ ބަޔަކު ތުހުމަތު ކުރަމުންދާ މި ދަނޑިވަޅުގައި ޢިމްރާން ވަނީ އެދުވަހަކީ  މެއި ޑޭ މުޒާހަރާ އަކީ ރާއްޖޭގެ ތަރީޚް ބަދަލުކޮށްލި މުޒާހަރާ އެއް ކަމަށް ވިދާޅުވެފައެވެ. 

އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ކިބައިން ދިވެހިން ސަލާމަތްވީ މެއި ޑޭގައި ދިވެހިން ދެއްކި އެއްބައިވަންތަ ކަމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ޢިމްރާންގެ އެ ވާހަކަތަކާއި ގުޅިގެން ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭރުވެސް ރައީސް ޔާމީން އަށް އަނިޔާ ދިނުމަށް ވާގިވެރިވީ އިމްރާން އިސްވެ ހުންނަވައިގެން ކަމަށެވެ.

އަދި ހޯމްމިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ހުރެ މިއަދުވެސް ކުރައްވަނީ އެކަންތައް ކަމަށް ސަޢީދު ވިދާޅުވިއެވެ. 
"މޭޑޭ ގައި ހެދީ ބޮޑެތި ދޮގުތައް. އަބަދު އެއްގޮތަކަށް އޮވެދާނެކަމަށް ދެކެވަޑައި ނުގައްނަވާ! ޤާނޫނު އަރާހަމަކުރާނެ!" ސަޢީދު ވިދާޅުވިއެެވެ. 

ރައީސް ޔާމީނުގެ ވެރިކަން ބަދަލުވެ އިމްރާނަށް ހޯމް މިނިސްޓަރުކަން ލިބިވަޑައިގެންނެވި ފަހުން މޭޑޭގައި ހުރިކަމަށް ވިދާޅުވި ހެކިތަކާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން އެތައް ފަހަރެއްގެ މަތިން އެ ސުވާލަށް ޖަވާބުދެއްވަން އިމްރާނުވަނީ ދެކޮޅުހައްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އެކަމާމެދު ސުވާލުކުރުމުން އިމްރާން ވިދާޅުވެފައިވަނީ މޭޑޭގައި އޭނާގެ އަތްޕުޅުގައި ހުރި ހެކިތައް ފުލުހުން އޭނާ އަތްޕުޅުން އަތުލައިގެން ގެންދިޔައީ ކަމަށެވެ. ނަމަވެސް އެ ހެކި ހޯއްދަވަން ފަހުން މަސައްކަތްކުރެއްވިތޯ ސުވާލުކުރުމުން އެ ސުވާލަށް އިމްރާނު ޖަވާބެއް ނުދެއްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ