ފިޝަރީޒް މިނިސްޓަރ -- ފޮޓޯ/ ސަން
ހަބަރު
02 May 2023 | 12:49
ޗާގޯސް ސަރަހައްދު ހިމާޔަތް ކޮށްފައި ބޭއްވުމަށް އިނގިރޭސީންނާއި މޮރިޝަސްއާއެކު މަސައްކަތް ކުރާނަން: މިނިސްޓަރ

ޗާގޯސް ސަރަހައްދު ހިމާޔަތް ކޮށްފައި ބޭއްވުމަށް އިނގިރޭސީންނާއި މޮރިޝަސްއާއެކު މަސައްކަތް ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ދެކުނުގައި އެއޮތީ މި ސަރަހައްދުއި ހިމާޔަތް ކުރެވިފައިވާ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން އެތަން އެގޮތަށް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އެހެންވީމަ ރާއްޖެއިން މަސައްކަތް ކުރާނެ އަދިވެސް މި ދެންނެވީ އިނގިރޭސީންނާ ގުޅިގެންވެސް އަދި މޮރިޝަސްއާ ގުޅިގެންވެސް އެ ސަރަހައްދު ހިމާޔަތްކޮށްފަ އޮތް ސަރަަހައްދެއް ގޮތުގަ ބާއްވަން" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، އެ ސަރަހައްދު ހިމާޔަތް ކުރާން ބޭނުންވާ ކަމަށް ކަމަށް މޮރިޝަސްއިން ބުނެފައިވާ ކަމަށާއި އެއީ ހިމާޔަތް ކޮށްފައި އޮތް ސަރަހައްދެއްގެ ގޮތުގައި ދަމަހައްޓަންވެސް ބޭން ކަމަށް މޮރިޝަސްއިން ބުނެފައިވާ ކަމަށެވެ.

މިދިޔަ ޝަރީޢަތުގެ ތެރޭގަވެސް މޮރިޝަސްއިން އެ ވާހަކަތައް ދައްކާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އޭގެ އިތުރަށް، ކުރިން އަޅުގަނޑު މި ދެންނެވިހެން، މިލިޓްރީ ބޭސްއަކާ އިންވެގެން އޮންނަ ސަރަހައްދު ތަކުގަ މަސްވެރިން ވަދެ މަސް ބާނާ ސަރަހައްދެއްގަ، ދާއަޅާ ސަރަހައްދެއް ގޮތުގަ ބާއްވާކަށް، ޗާގޯސް އަތޮޅުތަކުގެ ތެރޭގަ އެކަން ކުރާކަށް އެމެރިކާ މީހުންވެސް ބޭނުން ވާނެ ކަމަކަށް އަޅުގަނޑު ނުދެކެން" މިނިސްޓަރު ވިދާޅުވިއެވެ.

އަލަށް ލިބުނު އިމުގެ ތެރޭގަ ހިމެނޭ ހުރިހާ ސަރަަހައްދެއް ވެސް ބޭނުންކުރާނީ މަސްވެރިކަން ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ