ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ޕީޕީއެމް
ހަބަރު
02 May 2023 | 16:02
"ރައީސް ޞާލިހުގެ ސިޓީފުޅުގެ ސަބަބުން، ކަނޑުން ގެއްލުނު ބައިގެ އެސެސްމަންޓެއް އެބަ ހަދަން"

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސިޓީ ފުޅެއްގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާ ކަމަށާ، އެކަމާއި ގުޅޭ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ. 

ޕީޕީއެމް/ޕީއެންސީން ފޯޅަވަހީގެ މައްސަލާގައި އުފައްދާފައިވާ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ވިދާޅުވީ، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ އެދިވަޑައިގެންނެވުމުގެ މަތިން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިފައިވާ ސަރަހައްދު ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި އެކަމުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަންނީ ފަރާތްތަކުގެ ލަފާ ހޯއްދަވަމުންދާ ކަމަށާ، އެކަމަށްޓަކައި ޚާއްސަ ކޮމިޓީއެއްވެސް އެކުލަވައިލާފައިވާ ކަން ސަޢީދު ފާހަގަކުރެއްވި އެވެ.

ފޯޅަވަހި މައްސަލައިގެ ކޮމިޓީން މިހާރު ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން ވާހަކަ ދައްކަވަމުން ސަޢީދު އިތުރަށް ވިދާޅުވީ، އެ މައްސަލާގައި ހުކުމް ކުރުމުގެ ކުރިންވެސް އިދިކޮޅުން އިޓްލޮސް އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާ، އެ ސިޓީ އިޓްލޮސް އަށް ލިބިފައިވެސް ވާކަމަށެވެ. އަދި ހުކުމަށްފަހުވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިފައިވާއިރު، އެ ބައްދަލު ވުމާއި ގުޅިގެންވެސް ގިނަ ބައެއްގެ ލަފާ އާއި މަޝްވަރާތަކެއް ލިބިގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ތަޢުލީމީ ބޭފުޅުންނާއި އެ ނޫން ފަރާތްތަކުންވެސް ފަރުދާގެ ފުރަގަހުގައި ހުރެގެންވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ. 

ސަޢީދު ވިދާޅުވީ، ފޯޅަވަހީގެ މައްސަލާގައި އިޓްލޮސްއިން ކުރި ހުކުމް ބަލައި ނުގަންނަވާނެ ކަމަށާ، އަދި އެ މައްސަލަ އާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯއްދެވުމުގެ މަސައްކަތް މިހާރުވެސް ފައްޓަވާފައިވާ ކަމަށެވެ. 

ދެކުނުގެ މަސްކަނޑުން ވަރަށް ބޮޑު ބައެއް ގެއްލިގެން މި ދިޔައީ. މިފަދަ ބޮޑު ބައެއް ގެއްލިގެން ދާއިރު، ރާއްޖޭގެ ބޮޑު ބައެއް ގެއްލިގެން ދާއިރު، އާއްމު ބުއްދިވެސް ގަބޫލު ނުކުރާނެ ނީގެ އަޑީގައި ކޮންމެސް ކަހަލަ ގޯސްތަކެއް ހިނގާފައި ނޯންނާނެ ކަމަކަށް. އެއްވެސް ޝައްކެއްނެތް ވަރަށް ބޮޑެތި ގޯސްތައް ހިނގާފައި އޮންނާނެ. އަޅުގަނޑުމެންނަށް ދިރާސާ ކުރުން، އާއްމު ބުއްދިވެސް ގަބޫލު ނުކުރާނެ މީގެ އަޑީގައި ކޮންމެސް ކަހަލަ ގޯސްތަކެއް ހިނގާފައި ނޯންނާނެ ކަމަށް. އަޅުގަނޑުމެންނަށް ދިރާސާ ކުރުމުން، ވިސްނާލުމުންވެސް އެނގޭ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް، ސަރުކާރަށް، މަޖުބޫރު ތަކެއް މިކަމުގައި ވެފައި އޮތް ކަން. އަޅުގަނޑުމެންނަށް ނޭނގިގެން މިއުޅެނީ ކޮންކަހަލަ މަޖުބޫރީ ހާލަތެއްގައިތޯ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިފަދަ ނިންމުމެއް މި ނިންމެވީ. 

މުހައްމަދު ސަޢީދު 

މީގެ އިތުރުން ސަޢީދު ވަނީ، ރާއްޖޭގެ ކަނޑުން ގެއްލިގެން ދިޔަ ސަރަހައްދުގައި މިހާރުވެސް ދާ އަޅަން ފަށާފައިވާ ކަމަށާ، އެ ސަރަހައްދުތައް މާ ކުރީއްސުރެ، މައްސަލަ ނިމުމުގެ ކުރިންވެސް، މޮރިޝަސް އިން އެކި ގައުމުތަކުގެ މަސްވެރިންނަށް ވިއްކާފައިވާކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެކަން މިއަދު އެނގިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުން ގެއްލިގެން ދިޔަ ސަރަހައްދާއި ގުޅޭ ގޮތުން މަސްވެރިންނާއި، އެންޖީއޯ ތަކާއި، ކައުންސިލް ތަކާއި ބައިނަލްއަގުވާމީ އެކިފަރާތްތަކާއިވެސް މަޝްވަރާތަކެއް ކުރައްވާނެކަމަށް ސަޢީދު ވިދާޅުވިއެވެ. 

"ގެއްލިގެން ދިޔަ، 44000 އަކަ ކިލޯމީޓަރު ގެ، އޭގެ ގާނޫނު އަސާސީގައި ބުނާ ކަނޑާއި ކަނޑުގެ އަޑީއާއި، އެ ސަރަހައްދާއި، އެ ސަރަހައްދުގައި ހިމެނޭ ހުރިހާ ދިވެހިންގެ މިލްކިއްޔާތުގެ ފައިނެންޝިއަލް އިވެލުއޭޝަން އެއްވެސް ހަދަންޖެހޭ. އެއީ ދައުލަތަކީ ދިވެހި ރައްޔިތުންގެ މިލްކިއްޔާތެއް. އަންނަން އޮތް މުސްތަގުބަލާއި، މިހާރު ދިރިތިބީންގެ ހައްގެއް، ރައީސުލްޖުމްހޫރިއްޔާގެ ސިޓީ އަކުން ގެއްލިގެން މިއުޅެނީ. އެހެންވީމާ އިގްތިޞާދީ ގޮތުން، އިޖުތިމާއީ ގޮތުން، އަޅުގަމޑުމެންނަށް މި ގެއްލިގެން ދިޔަ، ބޮޑު ބައިގެ އެސެސްމަންޓެއް ހަދަން މަސައްކަތް ކުރަމުން." ސަޢީދު ވިދާޅުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ